11 ޖުލައި

July 11, 2020 36
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އިއްޔެ އަޑުއުފުލުމުން އެކަމާ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

10 ޖުލައި

July 10, 2020 13
އަނިޔާއާ ދެކޮޅު އަޑުގަދަ، ނުކުތީ ޒިންމާ އަދާނުކުރީމާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުންނަށް އަނިޔާކުރުމުގެ ސީރިއަސް މައްސަލަތެކެވެ. އިންސާފު ނުލިބި އަނިޔާ ތަހައްމަލުކުރަމުންދާ އެތައް ބައެކެވެ. ރޭޕްކުރުމާ ދެކޮޅު އަޑުތައް ގަދަވަމުންދާއިރު، އާއްމުންގެ ކަންބޮޑުވުމަކަށް ވަނީ، އެފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުގެ ޒިންމާ އަދާނުކުރުމެވެ. ތުހުމަތުކުރެވޭ މީހުން،...

06 ޖުލައި

July 06, 2020 3
ކައުންސިލަރަކު، ކުއްޖަކާ "ބެހެން" އުޅުނު މައްސަލައެއް

ދެކުނު އަތޮޅެއްގެ ރަށެއްގެ ކައުންސިލަރަކު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާ ބަދުއަޚުލާގީ އަމަލެއް ހިންގަން އުޅުނު ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން އިއްޔެ ބަލަން...

July 06, 2020 22
ހައްދެއް ނެތް އިންޓަނެޓާ އެކު ބެލެނިވެރިންގެ ޒިންމާ

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ އާއި ރާއްޖޭގެ ރަށްތައް ބަންދުކޮށްފައި އޮތް ދުވަސްވަރު އެހެން ސީރިއަސް ގިނަ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިން...

05 ޖުލައި

July 05, 2020 4
ރައީސް ފުލުހުންނަށް: ކުޑަކުދިންގެ މައްސަލައަށް ސަމާލުވޭ

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

04 ޖުލައި

July 04, 2020 33
ރޭޕްގެ މައްސަލާގައި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދު

އުމުރުން 15 އަހަރުގެ އޯޓިޒަމް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި އެ ކުއްޖާގެ ޅިޔަނު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ.

03 ޖުލައި

July 03, 2020 4
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ބަނޑުބޮނޑުވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

30 ޖޫން

June 30, 2020 22
ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ބަލަނީ

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ ކުއްޖާ މިހާރު ބަނޑުބޮޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

29 ޖޫން

June 29, 2020 6
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި

ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި ޖެންޑާ މިނިސްޓްރީ ކައިރީ މިއަދު މުޒާހަރާކޮށްފި އެވެ.

28 ޖޫން

June 28, 2020 14
ޖިންސީ ގޯނާގެ ތުހުމަތަށް ބައްޕައަކު ހައްޔަރުކޮށްފި

އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

27 ޖޫން

June 27, 2020 18
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން...

June 27, 2020 19
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

24 ޖޫން

June 24, 2020 25
ހިޝާންގެ މައްޗަށް ދައުވާ ކުރެވޭ ވަރަކަށް ހެއްކެއް ނެތް

ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ނިންމައިފި އެވެ.

20 ޖޫން

June 20, 2020 17
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

12 ޖޫން

June 12, 2020 4
"ކުޑަކުއްޖާ ރޭޕްކުރި މީހާ އަވަހަށް ހައްޔަރުކުރޭ"

މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް މިދިޔަ ބުދަ ދުވަހު، 11 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުން އަވަސް ކުރުމަށް، އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

June 12, 2020 84
ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

09 ޖޫން

June 09, 2020 5
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ޓީޗަރު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

08 ޖޫން

June 08, 2020 33
ގުރުއާން ޓީޗަރަކު ދަރިވަރުންނާ ބެހުނު މައްސަލައެއް

އުތުރުގެ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ މީހަކު، އޭނާ ކިޔަވައިދޭ ފިރިހެން ދަރިވަރުންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

04 ޖޫން

June 04, 2020 4
16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް ދައުުވާ

އުތުރުގެ ރަށެއްގައި، 16 އަހަރުގެ ފިރިހެން ކުއްޖަކާ ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

08 މެއި

May 08, 2020 14
16 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު ހައްޔަރު ކޮށްފި

އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

13 މާޗް

March 13, 2020 12
ކުޑަކުއްޖަކަށް އަނިޔާކޮށްގެން ޑޮކްޓަރަކު ހައްޔަރުކޮށްފި

ސްޕީޗް ތެރަޕީ ދިނުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ޑޮކްޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

02 މާޗް

March 02, 2020 2
ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އުމުރުން 14 އަހަރުގެ ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2020 3
ދެ އަހަރުނުވާ ކުއްޖާގެ މައްސަލާގައި ބައްޕަ ދޫކޮށްލައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.