26 މެއި

May 26, 2020 80
ޖަލްސާ ބޭއްވުމުގެ އުސޫލުތައް އެޗްޕީއޭއިން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ ދޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަކި ކަންތައްތަކެއް މަޖިލީހުގެ އިދާރާ އިން ފުރިހަމަ ކުރުމުން ކަމަށް ފުލުހުން އެ އިދާރާ އަށް އަންގައިފި އެވެ.

18 މެއި

May 18, 2020 15
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުން އެ ބަލި ހުރި ޓޫރިސްޓަކު ފުރުވާލައި އިހުމާލުވި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގާ ތަހުގީގުގައި، ރިސޯޓު ހިންގާ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްް ކޮށްފި އެވެ.

17 މެއި

May 17, 2020 5
ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހުން ޕޮޒިޓިވް

ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހުން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

15 މެއި

May 15, 2020 61
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ފުލުހުން ކަނޑައަޅައިފި އެވެ.

09 މެއި

May 09, 2020 6
5 ފުލުހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވޭ: އިމްރާން

ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަސް ފުލުހަކު، އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2020 3
ކެނަރީފުން ފިލި މީހުންގެ ބަންދަށް 15 ދުވަސް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ކެނަރީފް ރިސޯޓް (ހެރެތަރަ) ގެ ކަރަންޓީން ފެސިލިޓީސްގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލި އެންމެންގެ ތަހުގީގަށް އެ މީހުން 15 ދުވަހަށް ބަންދު ކުރަން ހުޅުމީދޫ ކޯޓުން އަންގައިފި އެވެ.

02 މެއި

May 02, 2020 5
ކޮވިޑަށް ޓެސްޓްކުރަން ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފި

ކޮވިޑް-19 ގެ އަލާމާތްތައް ހުރި ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމިއްލައަށް އެންގުމަށްފަހު، ޓެސްޓް ކުރަން ދެކޮޅު ހެދި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

May 02, 2020 13
ސަލާމަތީ ބާރުތަކުގެ ކޭސްތައް ހާމަނުކުރަން ވިސްނަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އަދަދު ވަކިވަކިން ހާމަ ނުކުރުމަށް މަޝްވަރާ ކުރަމުން އަންނަަ...

26 އެޕްރީލް

April 26, 2020 8
ކުރެއްދޫގެ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެ

ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުމަށް ފަހު ބަންދުކޮށްފައި އޮންނަތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓްކޮށް...

April 26, 2020 10
ކަރަންޓީނަށް އިތުރު މީހަކު ގެންދަން ކޯޓުއަމުރެއް ނެރެފި

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނަށް ގެންދަން އުޅުމުން ދެކޮޅު ހެދި އިތުރު މީހަކު ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންދަން ސިވިލް ކޯޓުން ރޭ އަމުރެއް ނެރެފި އެވެ.

17 އެޕްރީލް

April 17, 2020 9
ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ

މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ކުރިއަށް އޮތް 14 ދުވަހަށް ލޮކްޑައުން ކުރުމާ ގުޅިގެން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން 24 ގަޑިއިރަށް މި ވަގުތު ޑެލިވަރީ ކުރެވޭނެ ކަމަށް ފުލުހުން...

April 17, 2020 199
ގެއަކުން އެކަކަށް ފިހާރައަަކަށް ދާން ނުކުމެވޭނެ

މާލޭގެ އިތުރު ހަތަރު ތަނެއް މިއަދު މޮނިޓަރިން އަށް ލައިފައިވާ ކަމަށް ނެޝެނަލް އިމަޖެންސީ ސެންޓަރުން ދެންމެ ބުނެފި އެވެ.

14 އެޕްރީލް

April 14, 2020 8
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

06 އެޕްރީލް

April 06, 2020 52
ކާފިއުގެ ވަގުތު ބޭރުގައި އުޅޭ މީހުން ވަނީ އިތުރު!

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރަން ފެށިތާ މިއަދަށް ފަސް ދުވަސްވީ އިރު، އެ ވަގުތު ބޭރަށް ނިކުންނަ މީހުންގެ އަދަދު މަދު ނުވެ މިއަދު ވެސް އެތައް ބަޔަކަށް ނަސޭހަތްދީފި އެވެ.

03 އެޕްރީލް

April 03, 2020 61
ކާފިއުގެ ވަގުތު ބޭރުގައި އުޅުނު މީހުން އިތުރުވެއްޖެ!

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުތް މީހުންގެ އަދަދު އިއްޔެއާ އަޅާބަލާއިރު މިއަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ...

April 03, 2020 14
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި...

29 މާޗް

March 29, 2020 4
ކޮވިޑް-19: ފުލުހުންގެ ދައުރު މުހިންމު: ރައީސް

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަނީ ވަރަށް މުހިންމު އެކަމަކު ނުރައްކާތެރި މަސައްކަތްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

21 މާޗް

March 21, 2020 12
އެންގުމާ ހިލާފަށް ރިސޯޓަށް ދިޔަ މުވައްޒަފަކު ހައްޔަރު

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައިފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ އެ ރިސޯޓަށް އެރުމުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

19 މާޗް

March 19, 2020 17
އިޓަލީ މީހާ ކޮވިޑަށް ޝައްކުވި، ރިސޯޓުން އެކަން ނާންގާ

ރާއްޖޭގައި އުޅުމަށް ފަހު ގައުމަށް އެނބުރި ގޮސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ރާއްޖޭގައި ހުރިއިރު އެ ވައިރަސްގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނަސް، ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

March 19, 2020 13
ބޭނުމެެއް ނެތި މަގުމަތީގައި އުޅޭ ނަމަ، ނަސޭހަތްދެނީ

ކޮރޯނާވައިރަސްއާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާތީ، ބޭނުމެއް ނެތި މަގުތަކާއި އާންމު ތަންތަނުގައި އުޅޭ މީހުންނަށް ގެއަށް ދިއުމަށް ފުލުހުން މިއަދު...

March 19, 2020 79
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި

ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް މާލެ އާއި ރަށްރަށުގެ މަގުތަކުގައި ނޫޅުމަށް އެދި ފުލުހުން މިއަދުން ފެށިގެން ނަސޭހަތް ދީ، ގޭގައި މަޑުކުރުމަށް އަންގަމުންދާނެ ކަމަށް ފުލުހުން ދެންމެ...

18 މާޗް

March 18, 2020 25
އިޓަލީ މީހާގެ ތަހުގީގުގައި ގޮންޖެހުންތައް އެބަހުރި:ޕީޖީ

ރާއްޖެ އިން ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ޓޫރިސްޓު މީހާގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގު ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

17 މާޗް

March 17, 2020 48
ޓެސްޓްކުރަން ދެކޮޅު ހެދި މީހަކު އެޗްޕީއޭއާ ހަވާލުކޮށްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ޓެސްޓު ހެދުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ ކުރިން ގޭގައި މަޑުކުރަން އެންގުމުން، އެކަމަށް އެއްބާރުލުން ނުދިން...

March 17, 2020 25
ރިސޯޓުން ފަތާފައި ދިޔަ މީހާގެ ބަންދަށް 15 ދުވަސް

ކޮވިޑް-19 އިތުރަށް ފެތުރުނަނުދިނުމަށްޓަކައި، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާކޮށްފައި ވަނިކޮށް، އައްޑޫގެ ރިސޯޓަކުން އެ ސިޓީގެ މީދު އަށް ފަތާފައި ދިޔަ މީހާ 15...

11 މާޗް

March 11, 2020 14
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން

ރާއްޖެ އަށް ކޮވިޑް-19 އަންނަން މެދުވެރިވި އިޓަލީ މީހާ ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާގެ ގައިގައި ބަލި ހުރިކަން ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ފުރުސަރު ނުލިބި ކަމަށް ވާތީ އެކަމުގައި އިހުމާލެއް އޮތްތޯ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.