27 ޖޫން

June 27, 2020 17
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.

23 ޖޫން

June 23, 2020 26
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

22 ޖޫން

June 22, 2020 10
މަގުތަކުގައި އެއްނުވެ ހިޔާލުފާޅު ކުރޭ: ފައިރޫޝް

ކޮވިޑް-19ގެ ސަބަބުން ގައުމު މިހާރު އޮތް ހާލަތުގައި ހިޔާލު ފާޅުކުރުމަށް ތަންތަނަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތަކަށް އެކަން ކުރުމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އިލްތިމާސްކުރައްވައިފި އެވެ.

19 ޖޫން

June 19, 2020 36
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2020 9
ނުގަވައިދުން ޕާކްކުރި ވެހިކަލްތައް ނަގަން އަންގައިފި

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން މިރޭ އަންގައިފި އެވެ.

June 14, 2020 32
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

13 ޖޫން

June 13, 2020 31
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

04 ޖޫން

June 04, 2020 122
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި...

June 04, 2020 25
ބިޒްނަސް ޕާމިޓަށް މިހާރު އެދެވެނީ ޕޮލިސް ޕޯޓަލުން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ އެކު، ވިޔަފާރިތަކަށް ހުއްދަ ހޯދަންް މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް އެެދެން ޖެހޭ ގޮތަށް ކުރިން...

29 މެއި

May 29, 2020 39
އެއްފަހަރު ނުކުމެވޭ ގޮތަށް ފާސްދެވުނީ އޮޅުމަކުން:ޕޮލިސް

ލޮކްޑައުނަށް ލުއިތަކެއް ދީފައިވާ ކަން އިއުލާންކުރުމަށް ފަހު، ވިޔަފާރިކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ކަނޑައަޅައި ބައެއް މީހުންނަށް ފާސް ދޫކުރެވުނީ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

28 މެއި

May 28, 2020 16
ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ޖޫން 10 ގެ ފަހުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދުން ފެށިގެން ލުއިކުރަން ނިންމާފައިވާއިރު، ކުޑަކުދިންނަށް ބޭރަށް ނުކުންނަށް ހުއްދަ ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

26 މެއި

May 26, 2020 54
ޖަލްސާއަށް ވަޑައިގަތުމަށް ފުލުހުން ހުއްދަ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވާ ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޭން ފަށައިފި އެވެ.

20 މެއި

May 20, 2020 10
މާލެ އަންނަން 3،000 މީހަކަށް ހުއްދަ ދީފި

ލޮކްޑައުންގެ ސަބަބުން އެކި ރަށްރަށުގައި ތާށިވެ މާލެ ނާދެވިފައި ތިބި 3،016 މީހަކަށް މާލެ އައުމުގެ ހުއްދަ ފުލުހުން ދީފި އެވެ.

15 މެއި

May 15, 2020 38
ލޮކްޑައުން ހަރުކަށިކޮށް މުދާ ވިއްކުން މަޑުޖައްސާލައިފި

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކުމަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހުއްދަ ދިނުން ވަގުތީ ގޮތުން މިއަދު މަޑުޖައްސާލައިފި އެވެ.

May 15, 2020 14
ލޮކްޑައުންއާ ހިލާފުވެގެން 200 މީހުން ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ހިލާފު ވެގެން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

May 15, 2020 61
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު...

11 މެއި

May 11, 2020 19
އެންގުމަށް އަމަލުނުކުރާ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަނީ

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށް، ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފިހާރަތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ޚިދުމަތް ނުދޭ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަން ނިންމައިފި އެވެ.

09 މެއި

May 09, 2020 6
5 ފުލުހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވޭ: އިމްރާން

ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަސް ފުލުހަކު، އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

08 މެއި

May 08, 2020 22
ހުއްދަ ނަގައި، ނުހުޅުވާ ފިހާރަތަކަށް ފިޔަވަޅު އަޅަނީ

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދުވަސްވަރު ވިޔަފާރި ކުރުމަށް ފުލުހުން ޚާއްސަ ހުއްދަ ދޫކޮށްފައިވާ ތަންތަން ބަންދު ކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެ ތަންތަން ނުހުޅުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.

02 މެއި

May 02, 2020 3
މާލެ އަންނަން 24 ގަޑިއިރު ތެރޭ 454 މީހަކު އެދެފި

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ބަންދުކުރުމުން، ރަށްރަށުގައި ތިބި މާލެ ނާދެވިފައި ތިބި މީހުންގެ ތެރެއިން 454 މީހަކު މާލެ އަންނަން ބޭނުންވެގެން މި ދިޔަ 24 ގަޑިއިރު ތެރޭ ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

26 އެޕްރީލް

April 26, 2020 9
މާލެ އަރަން 185 މީހަކަށް ހުއްދަ ދިނިން: ޕޮލިސް

މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހުން ފެށިގެން މިހާތަނަށް މާލެ އައުމުގެ ހުއްދަ ދެނީ ވަކި ކަންތައްތަކެއް ބެލުމަށް ފަހު ކަމަށާއި މިހާތަނަށް 108 އަށް ވުރެ ގިނަ މީހުންނަށް އެ ހުއްދަ...

April 26, 2020 1
ލޮކްޑައުންއާ ހިލާފުވެގެން 18 މީހުން އިއްޔެ ހައްޔަރަށް

ލޮކްޑައުންނާ ހިލާފުވެގެން 18 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

25 އެޕްރީލް

April 25, 2020 4
އިއްޔެ އެކަނި 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ

ލޮކްޑައުންއާ ޚިލާފަށް މަގުމައްޗަށް ނުކުމެގެން އިއްޔެ 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިި އެވެ.

21 އެޕްރީލް

April 21, 2020 1
ލޮކްޑައުންއާ ހިލާފުވި ތިން މީހަކު ހައްޔަރުކޮށްފި

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ލޮކްޑައުންގެ އުސޫލުތަކާ ޚިލާފަށް މިއަދު ބޭރުތެރެއަށް ނުކުމެ އުޅުނު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ޚިލާފު ވެގެން ހައްޔަރުކުރި ފުރަތަމަ ތިން މީހުންނެވެ.

19 އެޕްރީލް

April 19, 2020 8
ލޮކްޑައުންއާ ޚިލާފްވެގެން 78 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް ބޭރަށް ނުކުމެގެން މިހާތަނަށް 78 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.