18 ޖެނުއަރީ

January 18, 2020 14
ކުއްޖަކު ރޭޕްކުރިކަމުގެ މައުލޫމާތު ނުލިބޭ:އެމްއެންޑީއެފް

ސިފައިންގެ ދެ މީހަކު، ކުޑަ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ސިފައިންނާ ހިއްސާ ކޮށްފައިވާ ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

13 ޖެނުއަރީ

January 13, 2020 5
އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާ

އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި ފަސް މީހަކު ޒަހަމްވެއްޖެ އެވެ.

09 ޖެނުއަރީ

January 09, 2020 6
ކައްޕި ހޯދަން ފީނި ސަރަހައްދުން ވަޅިއެއް ފެނިއްޖެ

މާލެ އަތޮޅު ކަގި ކައިރީގައި އޮތް ފަރަކަށް އުރިފައިވާ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން މިއަދު ފީނި ސަރަހައްދުން ކަޅުކޮތަޅަކަށް ލާފައި އޮތް ވަޅިއަކާއި ފޯނެއްގެ ބައިތަކަކާއި އަދި ތުވާލި ކޮޅެއް ފެނިއްޖެ އެވެ.

08 ޖެނުއަރީ

January 08, 2020 2
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

މާލެ އަތޮޅު ކަގި ކައިރީގައި އޮންނަ ފަރަށް އުރިފައިވާ "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

07 ޖެނުއަރީ

January 07, 2020 1
ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ

މާލެ އަތޮޅު ކަގި ކައިރީގައި އޮންނަ ފަރަކަށް އުރިފައިވާ "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ގޮތް ތަހުގީގު ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2020 18
ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިއްޖެ

ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

January 02, 2020 9
ސިފައިންގެ އެލާޓް ލެވެލް އާންމު ހާލަތަށް ބަދަލުކޮށްފި

ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެމްއެންޑީއެފް އިން މިދިޔަ މަހު ހިންގި އޮޕަރޭޝަން ނިންމައި، އެލާޓް ލެވެލް އާންމު ހާލަތަށް މިއަދު ބަދަލުކޮށްފި އެވެ.

24 ޑިސެމްބަރ

December 24, 2019 4
އެލާޓަކު ނެތިން: ޕޮލިސް

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން މިރޭ އިރާކޮޅުން ފެށިގެން "ޔެލޯ އެލާޓް 2" ނެރެފައި ވިޔަސް ފުލުހުން ތިބީ އެފަދަ ހާލަތެއްގައި ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

23 ޑިސެމްބަރ

December 23, 2019 17
ހަރުކަށި ފިކުރުގެ ނުރައްކާ މަޑުއްވަރީގައި ކުޑަކުރެވިއްޖެ

ރ. މަޑުއްވަރީ ދިރިއުޅޭ މީހުންގެ ތެރެއިން މަދު ބަޔަކު ފަތުރަައި އަމަލުކުރަމުން ދިޔަ ހައްދުފަހަނާޅާފައިވާ ފިކުރުގެ ނުރައްކާ އެ ރަށުގައި ކުޑަކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2019 17
މަޑުއްވަރީގެ އޮޕަރޭޝަން އަދިވެސް ކުރިއަށް

ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

19 ޑިސެމްބަރ

December 19, 2019 118
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!

ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި ޅަ އަންހެން ކުދިން ރޭޕްކުރުމާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުން ފަދަ އަމަލުތަކުން ރ. މަޑުއްވަރި މުޅިން ބިރުވެރިކޮށްލައިފި އެވެ. މަޑުއްވަރީގައި މަޑުމަޑުން ފެތުރެމުން އައި...

17 ޑިސެމްބަރ

December 17, 2019 90
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!

ހަރުކަށި ފިކުރުގެ މޫތައް، ރާއްޖޭގެ އެކި ކަންކޮޅުގައި ވަރުގަދަކޮށް، އަނިޔާވެރި އަމަލުތަކުގެ "ހާއްޔަކަށް" މި ކުޑަ ގައުމު ވެސް ހަދައިފި އެވެ. ކަމާ ބެހޭ އިދާރާތަކުން ފުރަތަމަ ފަހަރަށް އިއްޔެ އާއްމުކުރި، ވޭތުވެދިޔަ 12 އަހަރުގެ މައުލޫމާތުން ތިލަވީ ރާއްޖެ އޮތް ބިރުވެރި ހާލަތެވެ!

16 ޑިސެމްބަރ

December 16, 2019 44
ތައުލީމުން މަހްރޫމްކޮށް، ވެކްސިން ނުދޭ މައްސަލަ ގިނަ!

އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން މިއަދު ބުނެފި އެވެ.

02 ޑިސެމްބަރ

December 02, 2019 62
ވޭނެއް ވަނުމުން ސިފައިންގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މިދިޔަ މަހު ވެހިކަލެއްގައި ސިފައިންގެ މައި މަރުކަޒަށް ވަން މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

25 ނޮވެމްބަރ

November 25, 2019 59
ނަޝީދަށް އަނެއްކާވެސް ފާޑުކިޔުން!

ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރަށް ލެނބި އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2019 113
ފުލުހުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި: ނަޝީދު

ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2019 45
ޒަހަމްވި މީހާގެ މައްސަލާގައި ފަޅުވެރިން ހައްޔަރުކޮށްފި

ބޮޑެތި ޒަހަމްތަކަކާ އެކު އއ. މާޅޮހަށް ރޭ ދަންވަރު ފަތާފައި އެރި މީހާ ހޯދަން އޭނާ ދަތުރުކުރި ދޯނީގެ މީހުން ވެސް އެރަށަށް އެރި ކަމަށާއި އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަން،...

November 22, 2019 40
ކަނޑަށް އެއްލާލާފައި އޮތް މީހަކަށް ފަރުވާ ދެނީ

މާރާމާރީއަކަށް ފަހު، ކަނޑަށް އެއްލާލާފައި އޮތް މީހެއްގެ ހާލު ސީރިއަސް ވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

17 ނޮވެމްބަރ

November 17, 2019 7
އީރާން ބޯޓުގައި މަސްތުވާތަކެއްޗެއް ނެތް: ފުލުހުން

އޮޔާ ދަނިކޮށް ރާއްޖޭ ސަރަހައްދުން ފެނުނު އީރާން ބޯޓުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް އެމްއެންޑީއެފުން ކުރިން ބުނި ނަމަވެސް އެ ބޯޓުގައި މަސްތުވާތަކެތި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2019 37
ގިރިފުށީގައި ޖެހި ބަޑިއަކުން ޓޫރިސްޓަކު ޒަހަމްވެއްޖެ

ގިރިފުށީގައި ޓްރެއިނިންނެއް ހަދަމުން ދަނިކޮށް، އެ ސަރަހައްދު ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް ވަޒަނެއް އަރައި މިއަދު ޒަހަމްވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 10
ނާސިރު އަދިވެސް ނޮވެމްބަރު 3 ގެ ހަމަލާގެ ވޭނުގައި!

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހަނދާތައް އެކި މީހުން ކުރަނީ އެކި ގޮތަށެވެ. އޭރު ސިފައިންގެ ޕްރައިވެޓަކަށް ހުންނެވި އަބްދުއްނާސިރު ޔޫސުފްގެ ހާލަތު އަދި މުޅިން ތަފާތެވެ. އެ ދުވަހު ލިބިވަޑައިގެންނެވި ޒަހަމްގެ ވޭން އަދިވެސް އޭނާ ގެންދަވަނީ ތަހައްމަލްކުރައްވަމުންނެވެ.