23 އެޕްރީލް

April 23, 2018 41
ސިފައިންނާއި ފުލުހުންގެ ފްލެޓް އަޅާ މީހުން ހަޅުތާލުގައި

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލު ކުރަން ފަށައިފި އެވެ.

22 އެޕްރީލް

April 22, 2018 26
ގެއްލިގެން ހޯދާ ކުއްޖެއްގެ ޓީޝާޓެއް ފެނިއްޖެ

އައްޑޫ ހިތަދޫގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓް ކަމަށް ބެލެވޭ އެއްޗެއް މިއަދު ފެނިއްޖެ އެވެ.

11 އެޕްރީލް

April 11, 2018 3
ކުނި ސައިޓްގައި ރޯވިޔަސް ހިދުމަތަކަށް ބުރުލެއް ނާރާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެ ކުންފުނިން އެ ރަށުގައި ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް މިއަދު ބުނެފި އެވެ.

20 މާޗް

March 20, 2018 73
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން...

17 މާޗް

March 17, 2018 37
ސިފައިންނާއި ފުލުހުން އިދިކޮޅަކާ ނުގުޅޭނެ:އަބްދުއްރަހީމް

ދިވެހި ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018 12
ސިފައިންގެއިން ކަނޑާލި ތިން މީހަކު ހައްޔަރުކޮށްފި

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރަނިކޮށް ކަނޑާލި ތިން މީހުން ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

11 މާޗް

March 11, 2018 57
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ކުށެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2018 24
ނައިބު ރައީސްގެ ބޮޑީގާޑުގެ ފޯނު އަތުލައިފި

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު، އައްބާސް އުމަރުފުޅުގެ ފޯނު އަތުލައިފި އެވެ.

08 މާޗް

March 08, 2018 37
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2018 32
ހައްޔަރު ކުރި އެސްޕީޖީގެ ދެމީހުން ވަޒީފާއިން ވަކިކޮށްފި

ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ މީހުން ވަޒީފާއިން ވަކިކޮށްފި އެވެ.

05 މާޗް

March 05, 2018 20
ޒަކަރިއްޔާ މަންސޫރު ބަންދެއް ނުކުރޭ: އެމްއެންޑީއެފް

ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ދޮގުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018 87
ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނެތް: ރައީސް ޔާމީން

ރާއްޖެ ފުނޑާލައި، އަމިއްލަ ދަހިވެތިކަމުގައި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ހައްގު އެމީހުންނަށް ނެތް ކަމަށް...

February 27, 2018 65
ސިފައިންނާއި ފުލުހުންގެ އެލަވަންސް ބޮޑުކޮށްފި

ދިވެހި ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2018 7
ސިފައިންގެ ދެ މީހަކު އަދިވެސް ބަންދުގައި

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ މީހަކު މިހާރު ވެސް ތިބީ ސިފައިންގެ ބަންދުގައި ކަމަށް، "މިހާރު" އަށް އެނގިއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 17
ސިފައިންނާއި ފުލުހުންނަށް އަމުރުކުރަނީ ނިހާނާއި އަދުރޭ

ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު އަމުރުކުރާ ކޮމާންޑަރުންނަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ...

February 21, 2018 7
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ...

19 ފެބުރުއަރީ

February 19, 2018 142
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ އަށް، މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2018 2
ކަރަންޓު ފޮށީގައި ރޯކުރި މީހުންގެ ބަންދަށް 15 ދުވަސް

މާލޭގައި ބަހައްޓާފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2018 7
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސިފައިންނާއި ފުލުހުން ހުރަސްއެޅުމުން ހިނގި ކުރިމަތިލުމުގައި ބައެއް...

February 15, 2018 24
ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި

މާލޭގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޭ ފަތިހު ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2018 50
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި

އަންނަ ހުކުރުދުވަހު މާލެއަށް އެކި ރަށްރަށުން މީހުން އެއްވެ" ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން" އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުންނާއި ސިފައިން ދާދި ދެންމެއަކު ދީފި އެވެ.

10 ފެބުރުއަރީ

February 10, 2018 24
ސިފައިންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދައްކަން އެދެފި

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސިފައިންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެކަން ނުކުރުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2018 22
ސުޕްރީމް ކޯޓަށް ވަން މީހުންނަށް ހުކުމެއް ނެތް

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ރޭ، އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި ނުވާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.