13 މާޗް

March 13, 2019 95
ޔާމީން ގެ އަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިދެންމެއަކު މާފުށީ ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2019 23
ތަހުގީގު ފެށުމުން ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވާ!

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގުކުރަން ފެށުމުން، އޭނާ އޮފީހަށް ނުނިކުންނަވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

25 ފެބުރުއަރީ

February 25, 2019 38
ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް: ސައީދު

ހެކި ނައްތާލާނެ ކަމުގެ ތުހުމަތާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓެވުން ދެކޮޅު ނުޖެހޭ ކަމަށާއި ގާނޫނާ ޚިލާފު ބަންދުން އެމަނިކުފާނު ވީއްލަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2019 27
ޕީޖީ އާއި އެކްޓިން ސީޕީ މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ޕޮލިސް...

February 21, 2019 7
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ މިއަދު ހަވާލުކޮށްފި...

20 ފެބުރުއަރީ

February 20, 2019 71
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އައިޖީއެމްއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.

February 20, 2019 39
ޔާމީން، ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފި

މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

19 ފެބުރުއަރީ

February 19, 2019 85
އެމްއެމްއޭގެ ވެރިންތަކަކަށް ދައުވާކުރަން ފޮނުވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ މައްސަލައިގައި އެ ތަނުގެ ކުރީގެ...

17 ފެބުރުއަރީ

February 17, 2019 36
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި...

February 17, 2019 71
އޭސީސީ ރައީސްގެ ލޯންޑަރިން މައްސަލައެއް ތަހުގީގުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

13 ފެބުރުއަރީ

February 13, 2019 115
ޔާމީނަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

07 ފެބުރުއަރީ

February 07, 2019 37
އެސްއޯއެފުން ޖަމާކުރީ ހިޔާނާތުގެ ފައިސާކަމެއް ނުނިންމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމެއް އެއްވެސް ފަރާތަކުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިރޭ ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2019 14
ޔާމިން ވަނީ އެމްއެމްޕީއާރުސީން ފައިސާގެ މަންފާ ހޯދާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

February 06, 2019 68
ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ...

27 ޖެނުއަރީ

January 27, 2019 30
ޔާމީނާއި އަދީބުގެ މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2019 31
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެއަށް ބަދަލުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވާހަކައެއް ނުދެއްކި އެވެ.

08 ޖެނުއަރީ

January 08, 2019 118
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި...

January 08, 2019 54
ކުރީގެ ރައީސް ޔާމީން، ފުލުހުސް އޮފީހުގައި 6 ގަޑިއިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ ޚިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާގައި ހަ ގަޑިއިރު ހޭދަކުރައްވައިފި އެވެ.

06 ޖެނުއަރީ

January 06, 2019 24
ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތު ފައިސާ ލޯންޑަކުރިކަމަށް

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން...

January 06, 2019 116
1 މިލިއަން އޭސީސީއާ ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކޮރަޕްޝަނުގެ...

05 ޖެނުއަރީ

January 05, 2019 46
ޔާމީން، އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގަށް މާދަމާ ވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

01 ޖެނުއަރީ

January 01, 2019 67
ތަހުގީގަށް އާޒިމާ ފުލުސް އޮފީހުގައި ހަތަރު ގަޑިއިރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރުވަންދެން ސުވާލުކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2018 29
ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި އާޒިމާ ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

14 ޑިސެމްބަރ

December 14, 2018 118
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2018 161
ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

09 ޑިސެމްބަރ

December 09, 2018 70
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ...