01 އެޕްރީލް

April 01, 2019 86
ޔާމީނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ނުލިބޭނެ: ސަމީރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ނުނިމެނީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުން އެންމެ ލާރިއެއް ވެސް ނުނެގޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2019 45
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރެއް އެބައޮތް

މަނީ ލޯންޑެރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރިޔަސް، އެކައުންޓްތައް ފްރީޒްކުރުމަށް ފަހުން ނެރުނު އަމުރެއް އެބަ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

30 މާޗް

March 30, 2019 21
ޔާމީން އެކައުންޓް ފްރީޒްކުރި މައްސަލައިގެ ހުކުމް މާދަމާ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2019 38
ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް: ސައީދު

ހެކި ނައްތާލާނެ ކަމުގެ ތުހުމަތާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓެވުން ދެކޮޅު ނުޖެހޭ ކަމަށާއި ގާނޫނާ ޚިލާފު ބަންދުން އެމަނިކުފާނު ވީއްލަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2019 41
"ކެންޑިޑޭޓުންގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކޮންގްރެސް ޕާޓީން މިރޭ ގޮވާލައިފި އެވެ.

20 ފެބުރުއަރީ

February 20, 2019 80
ޔާމީންގެ ސަޕޯޓަރުން ކޮންޓްރޯލްކުރަން ޕެޕަ ސްޕްރޭޖަހައިފި

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް މިރޭ ގެނައުމާ އެކު އެ ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުން ފުލުހުންނާ ޒުވާބުކޮށް، އަޑުގަދަކުރަން ފެށުމުން ޕެޕަ ސްޕްރޭ ޖަހައިފި އެވެ.

06 ޖެނުއަރީ

January 06, 2019 24
ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތު ފައިސާ ލޯންޑަކުރިކަމަށް

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ...

05 ޖެނުއަރީ

January 05, 2019 46
ޔާމީން، އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގަށް މާދަމާ ވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

15 ޑިސެމްބަރ

December 15, 2018 102
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހިންގަވާފައިވާ ބައެއް މުއާމަލާތްތަކުގެ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވާތީ، އެމްޑީޕީ އާއި...

December 15, 2018 60
ގާނޫނުގެ ބާރު އެންމެންނަށް ހިނގާނެ: އިމްރާން

ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 81
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި...

December 14, 2018 118
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި...

13 ޑިސެމްބަރ

December 13, 2018 161
ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

12 ޑިސެމްބަރ

December 12, 2018 41
ޒަމީރު މާދަމާ ވެސް ފުލުހަށް ހާޒިރު ކުރަނީ

ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު މާދަމާ ވެސް ހާޒިރުވާން އަންގައި ދޫކޮށްލައިފި...

December 12, 2018 53
ޒަމީރު މިއަދު ޕޮލިހަށް ހާޒިރު ކުރަނީ

ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

21 ނޮވެމްބަރ

November 21, 2018 26
ސިއްދީގަށް ހަމަލާދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގަށް މިއަދު ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

08 ނޮވެމްބަރ

November 08, 2018 37
ކަރުދާސް ނައްތާލި މައްސަލައިގައި ފުލުހުން ކުށްވެރިކޮށްފި

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި މައްސަލައިގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފުލުހުން މިއަދު ކުށްވެރިކޮށްފި އެވެ.

07 ނޮވެމްބަރ

November 07, 2018 3
ވޯޓް ކަރުދާސް ނައްތައިލި މައްސަލަ ތަހުގީގެއް ނުކުރޭ

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނައްތައިލި މައްސަލަ ފުލުހުން ތަހުގީގު ނުކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2018 40
ބޮޑެތި މަރުގެ އެންމެ ފުނަށް ފީނަން ޖެހޭ!

ދީނީ އިލްމުވެރިޔާ އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލިތާ ހަ އަހަރެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރުވީ އެވެ. އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު ގަތުލުކޮށްލިތާ އަހަރަކަށްވުރެ ގިނަ ދުވަހެވެ. އޭގެ ފަހުން ވެސް، ވީގޮތެއް ނޭނގި ކުއްލި އެތައް މަރެއް ފެނިއްޖެ...

21 އޮކްޓޯބަރ

October 21, 2018 27
ޕީޕީއެމްގެ އެއްވުން ހުއްޓުވަން އީސީން ޕޮލިހަށް

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އަޑުއުފުލަން، ޕީޕީއެމުން އެއްވުންތައް ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2018 46
ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.