17 އޮކްޓޯބަރ

October 17, 2018 46
ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

14 އޮކްޓޯބަރ

October 14, 2018 53
މިނިސްޓަރު މުއިއްޒާ ދިމާކޮށްލައިފި

ފްލެޓް ބަހާފައި ވަނީ ނާއިންސާފުން ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ގިނަ ބަޔަކު މިއަދު ދިމާކޮށްލައިފި އެވެ.

October 14, 2018 70
މާދަމާގެ އަޑުއެހުމަށް ނަންނޯޓުކުރުން 8:30ން ފެށިގެން

ބޮޑު ތަފާތަކުން ބަލިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމާ ދިމާކޮށް ސުޕްރީމް ކޯޓު...

11 އޮކްޓޯބަރ

October 11, 2018 47
އެއްވެސް މީހަކަށް ރިޝްވަތެއް ނުދެން: ޕީޕީއެމް

އެއްވެސް މީހަކަށް ބިރުދައްކައި ރިޝްވަތު ދީފައި ނުވާނެ ކަމަށް، ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

October 11, 2018 77
އެމް ސެވަންއަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ބަލަނީ

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން...

07 އޮކްޓޯބަރ

October 07, 2018 31
މުޒާހަރާކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުން ދަނީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

04 އޮކްޓޯބަރ

October 04, 2018 40
ނިހާނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް، ޕީޕީއެމުން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

02 އޮކްޓޯބަރ

October 02, 2018 15
އީސީގެ ސެކްރެޓަރީ ޖެނެރަލަށް މަރުގެ އިންޒާރު ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ރޭ މަރުގެ އިންޒާރު ދީފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 35
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް އެމްޓީސީސީން ހެދި ކޯޒްވޭ، ބަޔަކު ނުކުމެ ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2018 5
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 4
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލަނީ

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން އަންގާފައިވާ އެމީހުންގެ ވަކީލުން މިއަދު ބުނެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2018 17
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

22 ސެޕްޓެމްބަރ

September 22, 2018
ރައީސް ޔާމީނާއި އިބޫގެ ކެމްޕޭން ނިންމައި ވޯޓަށް

މާދާމާ ބާއްވާ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދަން...

September 22, 2018 61
އައިޑީކާޑު "ވިއްކި" ކަމަށް ބުނެ ބަޔަކު ހައްޔަރުކޮށްފި

އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި، ގދ. ރަތަފަންދޫން އިދިކޮޅު އެމްޑީޕީގެ ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2018 48
ވޯޓަކީ ރައްޔިތުންގެ ހުކުމް، އެ ހުކުމާ ނުބެހޭތި!

އެ ދުވަސް މި އޮތީ އައިސް ޖެހިފަ އެވެ.

18 ސެޕްޓެމްބަރ

September 18, 2018 141
އޮފީހުގައި ޝަހީބު "ރަހީނުކުރި" މައްސަލަ ޕޮލިހަށް!

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު އޭނާގެ އޮފީސް ކޮޓަރީގައި "ރަހީނުކޮށް"، އަދި މަގާމުން އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫރުކުރެއްވި ކަަމަށް ތުހުމަތުކޮށް، އެ މައްސަލަ ޝަހީބުގެ ފަރާތުން ޕޮލިހަށް މިރޭ ހުށަހަޅުއްވައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 13
ކޮލަމާފުށީ 18 މީހުންގެ ބަންދަށް އިތުރު 15 ދުވަސް!

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދީގެން ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީގެ 18 ސަޕޯޓަރުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 6
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި މާލެއިން ބޮޑު ޓީމެއް ދިއުމުން ގއ. ވިލިނގިލިން އެ ވަކީލުންނަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

September 13, 2018 65
ފުލުހުން ވެސް ކެމްޕޭންގައިތަ؟

"ރައީސް ވަޑައިގަންނަވާތީ، ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ނަގައިފި"، "ކުރެންދު އަށް ރައީސް ވަޑައިގަންނަވާތީ އެމްޑީޕީ ހަރުގެ ބަންދުކޮށް ދިދަތައް ނަގައިފި"،...

31 އޯގަސްޓް

August 31, 2018 29
ކޮލަމާފުށީ 18 މީހުންނަށް ޓެރަރިޒަމްގެ ތުހުމަތު

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން އިއްޔެ ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް، ގއ. ވިލިނގިލީ ކޯޓުން ރޭ އިތުރުކޮށްދީފި އެވެ.

30 އޯގަސްޓް

August 30, 2018 58
ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބަލަން އެދިއްޖެ

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާޥިސް އިން މިއަދު އެދިއްޖެ އެވެ.

August 30, 2018 30
އިބޫގެ ކޮލަމާފުށީ ދަތުރު ފަސްކުރަން ފުލުހުން އެދިއްޖެ

ގއ. ކޮލަމާފުށީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން މިއަދު...

August 30, 2018 39
ޕީޕީއެމް ޖަގަހަ ހަލާކުކޮށްލުމުން 18 މީހަކު ހައްޔަރު

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި އެ ރަށުން މިއަދު 18 މީހަކު ހަައްޔަރުކޮށްފި އެވެ.

29 އޯގަސްޓް

August 29, 2018 44
ކޮލަމާފުށީ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލަ އެ ޕާޓީން ފުލުސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

26 އޯގަސްޓް

August 26, 2018 37
ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ފުލުހަށް

ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

August 26, 2018 15
ނަޝީދުގެ ކަރު ބުރިކުރަން ގޮވި މައްސަލަ ބަލަން އެދެފި

ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގުކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

21 އޯގަސްޓް

August 21, 2018 12
މަރިޔާދުގޭގައި ރޯކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މި މަހު ގދ. ގައްދު އަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.