06 އޯގަސްޓް

August 06, 2018 60
އާދަމް ޝަރީފް ބޭނުންވީ ގިނަބަޔަކަށް މައުލޫމާތު އަންގަން

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފޭސްބުކް ގައި އާންމު ކުރެއްވީ ހުރިހާ "ކުލައެއްގެ މީހުންނަށް" އެ ކަން ހިއްސާ ކުރަން ބޭނުން ވާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2018 9
އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބަށް ހުރަސްއެޅުން؟

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ނުބާއްވަން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

04 އޯގަސްޓް

August 04, 2018 181
އަމާންކަން ނަގާލަން ބަޔަކު އެބަ ރާވާ: އާދަމް ޝަރީފް

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

31 ޖުލައި

July 31, 2018 10
އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ފޯމުތައް ޕޮލިހަށް

ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދި ހުށަހަޅާފައިވާ ރީ ރަޖިސްޓްރޭޝަން ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފޯމުތައް ފުލުހުންނަށް މިއަދު ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

30 ޖުލައި

July 30, 2018 27
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.

08 ޖުލައި

July 08, 2018 51
ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ...

04 ޖުލައި

July 04, 2018 49
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި

ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޯނާއި އިލެކްޓްރޯނިން ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފަހައްޓައިފި އެވެ.

28 ޖޫން

June 28, 2018 31
ގާނޫނީ އިމުން ބޭރު، ހަރަކާތްތައް ހުއްޓުވާނަން: ނަވާޒް

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، ގާނޫނީ އިމުން ބޭރުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2018 7
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"

ގާނޫނާ އެއްގޮތަށް ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

26 ޖޫން

June 26, 2018 22
ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކޮށްފި

ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާ އެކު ހަރަކާތް ހިންގަން ފުރުސަތު ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.

04 އެޕްރީލް

April 04, 2018 5
ޕީޕީއެމް ޖަގަހައިގައި ރޯކުރުމުން މީހަކު ހައްޔަރުކޮށްފި

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

25 މާޗް

March 25, 2018 9
ޖަގަހަތަކާއި މުދާ ހިމާޔަތްކޮށްދޭން އެމްޑީޕީން ގޮވާލައިފި

ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކާއި އެ ނޫން ވެސް ސިޔާސީ ހަރަކާތް ހިންގާ ތަންތަނަށް ރައްކާތެރިކަން ފޯރުކޮށްދޭން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

19 މާޗް

March 19, 2018 13
ބިރުދައްކައިގެން ހައްޔަރުކުރި ސްމިތު ދޫކޮށްލައިފި

އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

17 މާޗް

March 17, 2018 37
ސިފައިންނާއި ފުލުހުން އިދިކޮޅަކާ ނުގުޅޭނެ:އަބްދުއްރަހީމް

ދިވެހި ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

March 17, 2018 19
ނޫސްވެރިން ހައްޔަރުކުރީ ސްޓޭޝަން ބަންދުކުރަން:ރާއްޖެޓީވީ

ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ އެ ޗެނެލް ބަންދުކުރުމުގެ ނިޔަތުގައި ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.

14 މާޗް

March 14, 2018 88
"އެއް މިލިއަން ޑޮލަރު ވީ އޭސީސީގެ ބެލުމުގެ ދަށުގައި"

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު...

08 މާޗް

March 08, 2018 50
މާލޭގެ އަމަން ނަގާލުމަށް އެމްޑީޕީން ބޭނުންވޭ: ނިހާނު

މާލޭގެ ހަމަނުޖެހުން ނަގައިލުމަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ...

March 08, 2018 37
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ...

05 މާޗް

March 05, 2018 63
އިލްހާމް ދެއްވި ހޫނު ފެނުގެ އިންޒާރު ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުު އިލްހާމް އަހްމަދު، މަޖިލީހުގެ މެމްބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު...

04 މާޗް

March 04, 2018 32
ކުނޫޒަށް ރޭގަނޑު ވަދެ ޖެއްސުންކޮށް، މާރާމާރީ ހިންގަނީ

ޖުމްްހޫރީ ޕާޓީ (ޖޭޕީ)ގެ މައި ޖަގަހަ، މ. ކުނޫޒަށް ކޮންމެ ރެއަކު ވެސް ގްރޫޕަކުން ވަދެ އެތަނުގައި ތިބޭ މީހުންނަށް ޖެއްސުންކޮށް، މާރާމާރީ ހިންގަމުންދާ ކަމަށް ބުނެ، އެ ޕާޓީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

01 މާޗް

March 01, 2018 24
ފުރަތަމަ ޕީޕީއެމްގެ ދުލުން، ދެން އަޅަނީ ފިޔަވަޅު!

ދައުލަތުގެ އެކި މުއައްސަސާތަކުން ބަލަމުން ދާ މައްސަލަތަކާއި އެ ތަންތަނުން ކަންކުރަންވީ ގޮތް ޕީޕީއެމުން ބުނަމުން ދާތީ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2018 87
ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނެތް: ރައީސް ޔާމީން

ރާއްޖެ ފުނޑާލައި، އަމިއްލަ ދަހިވެތިކަމުގައި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ހައްގު އެމީހުންނަށް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.