06 ޖޫން

June 06, 2017 11
މައުމޫން ފެކްޝަނުުގެ އެކްޓިވިސްޓު ގޭބަންދަށް ދޫކޮށްލައިފި

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އިންޒާރު ދިން ކަމަށް ބުނެ ހައްޔަރު ކުރި، ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ އެކްޓިވިސްޓް ރަހުމާ އައްބާސް (ރަހޫ) މިއަދު ގޭބަންދަށް ދޫކޮށްލައިފި އެވެ.

01 ޖޫން

June 01, 2017 14
ފާރިސްއާ މެދު އަމަލުކުރީ ރަހުމްކުޑަކޮށް: އެމްޑީޕީ

ހާލު ދެރަ ބޮޑުދައިތައާ ބައްދަލުކުރުމުގެ ފުރުސަތު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ނުދީ އޭނާއާ މެދު ސަރުކާރުން އަމަލުކުރީ ވަރަށް ރަހުމްކުޑަ، ލާއިންސާނީ ގޮތަކަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

31 މެއި

May 31, 2017 35
ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސް ފުލުހަށް

ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާދަމާ ރޭ 9:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

24 މެއި

May 24, 2017 21
ރީކޯމޫސަ ވަކިކުރަން ފައިސާ ބެހިތޯ އަލީމްއާ ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް ފައިސާ ބެހިންތޯ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ މިއަދު ފުލުހުން ސުވާލުކޮށްފި އެވެ.

05 މެއި

May 05, 2017 10
ލޮރީބުރު ހުއްޓުވިން، ހުއްދައެއް ނުދެން: ޕޮލިސް

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތާއީދު ހޯދުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ލޮރީބުރު ހުއްޓުވާފައިވާ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ހުއްދަ ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.

18 އެޕްރީލް

April 18, 2017 89
އެއްކަހަލަ މައްސަލަތަކެއް، ސަރުކާރުގެ އަމަލުތައް ތަފާތު

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޝަރީއަތަށެވެ. މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް ކުރަނީ ރިޝްވަތުގެ ތުހުމަތެވެ. އެ ތުހުމަތާ އެކު އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށް، ތަހުގީގު ނިންމަން ދެ...

16 އެޕްރީލް

April 16, 2017 4
ޒައިދު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގެއަށް ބަދަލުކޮށް، ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު އިތުުރުކޮށްދީފި އެވެ.

13 އެޕްރީލް

April 13, 2017 13
އެޗްއާރުސީއެމަށް ހިމާޔަތްކުރެވެނީ ކޮން އިންސާނީ ހައްގެއް

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްސަލަ ބަލައި ދިނުމަށް އޭނާގެ އަންހެނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން އެކަން ނުބަލަން އެ ކޮމިޝަނުން ނިންމާފައިވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް...

10 އެޕްރީލް

April 10, 2017 26
ފުލުހުންގެ ތަހުގީގަށް މައުމޫންގެ އަރިސް ބޭފުޅަކު ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން މިރޭ އިއުލާން ކޮށްފި އެވެ.

09 އެޕްރީލް

April 09, 2017 4
ޒައިދުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްދީފި އެވެ.

07 އެޕްރީލް

April 07, 2017 12
ފޯނު އަތުލުމަށް ފަހު އަފްރާތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމުގެ ތުހުމަތަށް ފުލުހުން މިރޭ...

April 07, 2017 16
މައުމޫންގެ ފެކްޝަންގެ މީހެއްގެ ގެ ބަލައި ފާސްކޮށްފި

ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަންގެ މީހެއްގެ ގެއެއް މިރޭ ފުލުހުން ކޯޓު...

05 އެޕްރީލް

April 05, 2017 37
ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ހުށަހަޅައިފި

ޕީީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލާހްގެ މައްޗަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުންނަށް ރޭ ހުށަހަޅައިފި އެވެ.

01 އެޕްރީލް

April 01, 2017 20
ފާރިސް މަސައްކަތްކުރައްވަނީ ތަހުގީގު ލަސްކުރަން: ޕޮލިސް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތްކުރައްވަނީ ފުލުހުން އޭނާގެ މައްޗަށް ހިންގަމުންދާ ތަހުގީގު ލަސްކުރަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

April 01, 2017 73
އަމިއްލަ ނަންފުޅު ވިދާޅުވެވިދާނެތޯ މައުމޫން އައްސަވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތަކުން ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކަށް އިޝާރަތްކުރައްވައި، ވަރުގަދަ ސުވާލުތަކެއް ޓްވިޓާއިން...

31 މާޗް

March 31, 2017 30
އޮފީހަށް ގެއްލުން ދިން މީހުންނަށް ދައުވާކުރާނަން

ހ. ތެމާގައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން އަބްދުލް ގައްޔޫމް ހިންގަވަމުން ގެންދަވާ އޮފީހަށް މިރޭ ގެއްލުން ދީފައިވާ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

March 31, 2017 82
މައުމޫން އޮފީހުގެ ނަންބޯޑާއި ދިދަ ފުލުހުން ގެންގޮސްފި

ހ. ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި އެ ޕާޓީގެ ދިދަ ފުލުހުން ދެންމެ ގެންގޮސްފި އެވެ.

March 31, 2017 32
މައުމޫންގެ އޮފީހުގައި ހުރި ތަކެތި ނަގަން އަންގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު މިއަދުގެ ހަވީރު ހައެއްގެ ކުރިން ނަގަން ފުލުހުން...

30 މާޗް

March 30, 2017 46
މައުމޫންގެ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވަން އަންގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް މި ރޭ އަމުރުކޮށްފި އެވެ.

23 މާޗް

March 23, 2017 16
ފާރިސް ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

22 މާޗް

March 22, 2017 25
މައުމޫންގެ އޮފީހުގައި ނެގި ގައުމީ ދިދަ ބާލުވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީހުގައި ނަގާފައި ހުރި ގައުމީ ދިދަ ފުލުހުން މިއަދު ބާލުވައިފި އެވެ.

March 22, 2017 11
އެމްޑީޕީ ކެންޑިޑޭޓް ހައްޔަރުކުރީ ޑްރަގް މައްސަލައެއްގައި

އެމްޑީޕީގެ ފަރާތުން ތ. ވިލުފުށީ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2017 17
އިންޒާރުގެ ލިޔުންތައް އެޅި ދެ ފުލުހުން ވަކިކޮށްފި

ސަރުުކާރުގެ ކަންކަމާ މެދު ހިތްހަމަނުޖެހިގެން އިސްކަންދަރު ކޮށި ތެރެ އަށް އިންޒާރުގެ ލިޔުންތަކެއް އެޅި މައްސަލާގައި ހައްޔަރުކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކޮށްފި އެވެ.

24 ފެބުރުއަރީ

February 24, 2017 30
ދޮގު ބަޔާނެއް ހޯދަނީ ސިޔާސީ ބޭނުމެއްގައި: މައުމޫން

ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން މެދުވެރިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވަގުތުން ހުއްޓާލަން އެމަނިކުފާނު މިރޭ ގޮވާލައްވައިފި އެވެ.

23 ފެބުރުއަރީ

February 23, 2017 10
ޒައިދުގެ ބަޔާނުގައިވާ ކަންކަން ދަނީ ބަލަމުން: ޕޮލިސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން އެދެމުންދާ ކަމަށް ބުނެ، މިހާރު ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.