30 ޖެނުއަރީ

January 30, 2019 22
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 30
ޔާމީނާއި އަދީބުގެ މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2019 31
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)...

January 09, 2019 37
މުއާޒަށް މަންފާތަކެއް ލިބުނު ކަމަށް ޔާމީންގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސެޕްޓެމްބަރު، 28، 2015 ގައި ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމަކީ ޑްރާމާއެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނުގެ ކުރީގެ ތަރުޖަމާން...

08 ޖެނުއަރީ

January 08, 2019 118
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި...

January 08, 2019 54
ކުރީގެ ރައީސް ޔާމީން، ފުލުހުސް އޮފީހުގައި 6 ގަޑިއިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ ޚިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާގައި ހަ ގަޑިއިރު ހޭދަކުރައްވައިފި އެވެ.

06 ޖެނުއަރީ

January 06, 2019 24
ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތު ފައިސާ ލޯންޑަކުރިކަމަށް

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން...

January 06, 2019 116
1 މިލިއަން އޭސީސީއާ ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކޮރަޕްޝަނުގެ...

05 ޖެނުއަރީ

January 05, 2019 46
ޔާމީން، އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގަށް މާދަމާ ވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

03 ޖެނުއަރީ

January 03, 2019 40
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރައްވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2019 113
އޭސީސީއާ ޔާމީން ހަވާލުކުރެއްވީ ޒަމީރު ދެއްވި ފައިސާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރެއްވީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ކަމަށް ބުނެ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ...

01 ޖެނުއަރީ

January 01, 2019 67
ތަހުގީގަށް އާޒިމާ ފުލުސް އޮފީހުގައި ހަތަރު ގަޑިއިރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރުވަންދެން ސުވާލުކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2018 29
ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި އާޒިމާ ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2018 107
ޔާމީން ހައްޔަރުކުރަން ފުލުހުން ފަހެއް ނުޖެހޭނަން:ހަމީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތުތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ އެކަމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 95
އެކައުންޓްގައި ހުންނާނީ ޖާއިޒް ފައިސާ: ޔާމީން

އެމަނިކުފާނުގެ އެކައުންޓްގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ފްރީޒް ކޮށްފައިވާ އިރު އެކައުންޓްގައި "ގާނޫނާ ހިލާފަށް ހޯދި އެންމެ ލާރިއެއް ވެސް ނޯންނާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 80
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި...

December 14, 2018 118
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި...

13 ޑިސެމްބަރ

December 13, 2018 161
ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

09 ޑިސެމްބަރ

December 09, 2018 70
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ...

12 ނޮވެމްބަރ

November 12, 2018 25
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވެ، ނާޒިމް ދެއްކެވި...

November 12, 2018 38
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!

ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި، ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައި، އެ...

06 ނޮވެމްބަރ

November 06, 2018 13
ޝަރީފަށް ކުރި ތުހުމަތު، ތަހުގީގު ވެސް ގޯސް: ޝަމީމް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ "ހުއްދަ ނޫން ތަނަކަށް ވަނުން" ކަމަށާއި އެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2018 25
"ސްނައިޕާ" އަށް ބޮޑެތި އަނިޔާތަކެއް ދިން: އެމްނެސްޓީ

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ލަހިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާ އަށް ރާއްޖޭގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތު ކޮށްފި އެވެ.

17 އޮކްޓޯބަރ

October 17, 2018 50
ރައީސް ޔާމީން ނުފިއްލަވާނެ: ތަރުޖަމާނު

ރައީސް އަބްދުﷲ ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން އެ މަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ދޮގު ކުރައްވައިފި އެވެ.

October 17, 2018 47
ރައީސް ޔާމީން ފުރާވަޑައިގަތުން ހުއްޓުވައި ދޭން އެދެފި

ރައީސް އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ ފުލުހުންގެ އިދާރާ އަށް މައްސަލައެއް...

October 17, 2018 46
ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ...