02 އޯގަސްޓް

August 02, 2018 10
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް އޭނާގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖުލައި

July 30, 2018 27
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.

25 ޖުލައި

July 25, 2018 8
ރައީސަށް ބިރުދެއްކި މައްސަލާއި ދައުވާނުކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާ ގައި ބިރު ދެއްކި ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރަން ނިންމައި އެ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.

23 ޖުލައި

July 23, 2018 47
ފުލުހުންގެ މިއަށް ވުރެ މިނިވަން ޒަމާނެއް ނާދޭ:އަޒުލީން

ދިވެހި ފުލުހުންގެ މުއައްސަސާ މިއަށް ވުރެ މިނިވަންކޮށް އޮތް ޒަމާނެއް ނާންނަ ކަމަށް، ހޯމް މިނިސްޓަރު އަޒުލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 53
ރައީސް ދިރިއުޅުއްވާ ތަންތަން ތަހުގީގުކުރަން ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކްރިމިނަލް ކޯޓުގައި މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ތަންތަނާއި އެ މަނިކުފާނުގެ ހަވާލުގައި ހުރި ތަންތަން ބަލައި ފާސްކޮށް ޖިނާއީ ތަހުގީގެއް ހިންގަން އެމްޑީޕީން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

04 ޖުލައި

July 04, 2018 49
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި

ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޯނާއި އިލެކްޓްރޯނިން ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފަހައްޓައިފި އެވެ.

08 މެއި

May 08, 2018 4
ވަކީލަކު ހަމަޖައްސަން ޔުމްނާ އަށް ފަސް ދުވަސް ދީފި

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން...

May 08, 2018 6
ވަކީލެއް ހަމަޖައްސަން ޔުމްނާއަށް އިތުރު ފުރުސަތެއް ނެތް

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ...

06 މެއި

May 06, 2018 24
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަނީ

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާ އަށް ޗިޓް ފޮނުވައިފި އެވެ.

19 އެޕްރީލް

April 19, 2018 4
ފުލުހުން ދަމަހައްޓަން ޖެހެނީ ސަރުކާރެއް ނޫން: އިދިކޮޅު

ފުލުހުންނަކީ ސަރުކާރު ދަމަހައްޓަން ތިބި ބައެއް ނޫން ކަމަށާއި ފުލުހުންގެ ޒިންމާއަކީ ގާނޫނުތައް ނެގެހެއްޓުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

18 އެޕްރީލް

April 18, 2018 28
ފުލުހުންގެ އިތުބާރު ވަނީ އާލާކުރަން ޖެހިފައި: ރައީސް

ބައެއް ފުލުހުން އަމަލު ކުރި ގޮތުން ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރު އާލާކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

April 18, 2018 56
ވެރިކަމަށް އަންނާނީ ކާކުތޯ ފުލުހުން ވިސްނާކަށް ނުޖެހޭ

ފުލުހުންނަކީ އަބަދު ސިޔާސީ މީހުންނަށް ތަބާވާންޖެހޭ ބައެއް ނޫން ކަމަށާއި ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ފުލުހުން ވިސްނަން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ...

16 މާޗް

March 16, 2018 27
ރައްޔިތުންގެ އަޑު ރައީސަށް މިރޭ އިއްވާނެ: އިދިކޮޅު

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި، ރައްޔިތުންގެ އަޑު ރައީސް އަބްދުﷲ ޔާމީނަށް އިއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

14 މާޗް

March 14, 2018 88
"އެއް މިލިއަން ޑޮލަރު ވީ އޭސީސީގެ ބެލުމުގެ ދަށުގައި"

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު...

08 މާޗް

March 08, 2018 37
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2018 23
ފުލުހުންނަށް ނަވާޒު ޝުކުރު އަދާކުރައްވައިފި

ގައުމުގެ ސުލްހަ އާއި އަމާންކަމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް، ފުލުސް އޮފީހުގެ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ޝުކުރު އަދާ ކުރައްވައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 87
ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނެތް: ރައީސް ޔާމީން

ރާއްޖެ ފުނޑާލައި، އަމިއްލަ ދަހިވެތިކަމުގައި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ހައްގު އެމީހުންނަށް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 31
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން

ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް "އިލްހާމްވެފައި" ވަނިކޮށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުން ރޭ ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2018 43
"ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނު ޖަޒުބާތު ފިލައިފި"

ދިވެހި ގައުމުގެ ތަޚުތަށް ދަހިވެތިވާ ބަޔަކު ދިން ޑޮލަރު ބޮނޑީގައި ހިފައިގެން ކުރިމަތި ކުރުވި އުދުވާނީ ހަމަލާއިން އެމަނިކުފާނު ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެކަމަކު އެ ޖަޒުބާތުތައް ފިލައި، ދެން ކުރިމަތި ކުރާނެ ހަމަލައަކަށް ވެސް މިހާރު ތައްޔާރަށް ހުންނެވި...

07 ފެބުރުއަރީ

February 07, 2018 40
މައުމޫނާ އަރަބިން ވާހަކަދައްކާތީ މައްސަލައަކަށް ވެއްޖެ

ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ވަކީލުންނާ އަރަބި ބަހުން ވާހަކަފުޅު ދައްކަވާތީ ފުލުހުންނަށް މައްސަލައަކަށް ވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2018 18
ހައްޔަރުކުރިއަސް މަސައްކަތް ކާމިޔާބު ކުރާނަން: މައުމޫން

ހައްޔަރު ކުރިއަސް އިސްލާހީ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

04 ފެބުރުއަރީ

February 04, 2018 43
"ރައީސް އަޒުލްކުރުމަކީ ހަނގުރާމަ އިއުލާން ކުރުން"

ދިވެހިން ބަލައިގެންފައިވާ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް، ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލް ކުރުމަކީ ދިވެހި ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.