18 މެއި

May 18, 2020 15
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުން އެ ބަލި ހުރި ޓޫރިސްޓަކު ފުރުވާލައި އިހުމާލުވި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގާ ތަހުގީގުގައި، ރިސޯޓު ހިންގާ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްް ކޮށްފި އެވެ.

26 އެޕްރީލް

April 26, 2020 8
ކުރެއްދޫގެ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެ

ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުމަށް ފަހު ބަންދުކޮށްފައި އޮންނަތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓްކޮށް މިރޭ ނިމޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 އެޕްރީލް

April 14, 2020 8
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

07 އެޕްރީލް

April 07, 2020 15
ރިސޯޓުން ގެއްލުނު އިމާމު އަދިވެސް ނުފެނޭ

މޫދަށް ފުންމާލި ފަހުން ގެއްލިގެން ހޯދަމުން އަންނަ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގެ އިމާމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

April 07, 2020 9
ރިސޯޓަކުން އަލިފުއްޓަށް އެރި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް ދިޔަ ފަސް މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

06 އެޕްރީލް

April 06, 2020 10
ރިސޯޓަކުން މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހަކު ހޯދަނީ

ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ އިންޑިއާ މީހަކު، މޫދަށް ފުންމާލި ކަމަށް ބެލެވިގެން އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

03 އެޕްރީލް

April 03, 2020 14
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެ އެވެ.

28 މާޗް

March 28, 2020 56
ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި

ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، އިޓަލީގެ ޓޫރިސްޓަކު ގައުމަށް ފުރުވާލި މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

22 މާޗް

March 22, 2020 1
އަމުރާ ހިލާފަށް ރިސޯޓަށް އެރި މީހާ ބަންދަށް

ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރިސޯޓްތަކަށް މީހުން އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްދީފި އެވެ.

21 މާޗް

March 21, 2020 12
އެންގުމާ ހިލާފަށް ރިސޯޓަށް ދިޔަ މުވައްޒަފަކު ހައްޔަރު

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައިފޭބުން މަނާ ކޮށްފައި ވަނިކޮށް، ހއ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ އެ ރިސޯޓަށް އެރުމުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

March 21, 2020 33
ރިސޯޓަކުން ފިލައިގެން ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ...

March 21, 2020 8
ރަންދެލީގެ ވިލާއެއްގައި ރޯވެ އަނދައިފި

ޝެވަލް ބްލެން ރަންދެލި ރިސޯޓްގެ މޫދު ވިލާއެއްގައި ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

19 މާޗް

March 19, 2020 17
އިޓަލީ މީހާ ކޮވިޑަށް ޝައްކުވި، ރިސޯޓުން އެކަން ނާންގާ

ރާއްޖޭގައި އުޅުމަށް ފަހު ގައުމަށް އެނބުރި ގޮސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ރާއްޖޭގައި ހުރިއިރު އެ ވައިރަސްގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނަސް،...

March 19, 2020 79
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި

ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް މާލެ އާއި ރަށްރަށުގެ މަގުތަކުގައި ނޫޅުމަށް އެދި ފުލުހުން މިއަދުން ފެށިގެން ނަސޭހަތް ދީ، ގޭގައި މަޑުކުރުމަށް އަންގަމުންދާނެ ކަމަށް ފުލުހުން ދެންމެ...

11 މާޗް

March 11, 2020 14
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން

ރާއްޖެ އަށް ކޮވިޑް-19 އަންނަން މެދުވެރިވި އިޓަލީ މީހާ ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާގެ ގައިގައި ބަލި ހުރިކަން ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ފުރުސަރު ނުލިބި ކަމަށް ވާތީ އެކަމުގައި އިހުމާލެއް އޮތްތޯ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2020 15
ޓޫރިސްޓަކާ ބެހެން އުޅުނު މައްސަލައެއް ފުލުހަށް

ހުދުރަންފުށި ރިސޯޓަށް އައިސް ހުރި އަންހެން ޓޫރިސްޓަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

09 ޖެނުއަރީ

January 09, 2020
އެރިއަދޫރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެރިއަދޫ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ރަޝިއާގެ ޓޫރިސްޓެއް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 4
އެލާޓަކު ނެތިން: ޕޮލިސް

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން މިރޭ އިރާކޮޅުން ފެށިގެން "ޔެލޯ އެލާޓް 2" ނެރެފައި ވިޔަސް ފުލުހުން ތިބީ އެފަދަ ހާލަތެއްގައި ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2019 26
ބުކިން ކެންސަލްވުމުން ތަނެއް ހޯދަން އެހީވީ ފުލުހުން

ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ ހޮޓެލް ބުކިން ކެންސަލްވުމުން ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުންނަށް ރިސޯޓެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފި އެވެ.

19 އޮކްޓޯބަރ

October 19, 2019 35
ފުށިދިއްގާ ހިންގުން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް

މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާ އދ. ފުށިދިއްގާގައި ގަވާއިދާ ޚިލާފަށް ޓޫރިސްޓުން ބައިތިއްބައި މަންފާ ހޯދި މައްސަލަ ތަހުގީގުކޮށްދޭން ޓޫރިޒަމް...

October 19, 2019
ފުށިދިއްގާއަށް ފުލުހުން ގޮސް މައްސަލަ ތަހުގީގު ކުރަނީ

އދ. ފުށިދިއްގާގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ ރަށުން މާލީ މަންފާ ހޯދަމުންދާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުން މިއަދު އެ ރަށަށް...

09 ސެޕްޓެމްބަރ

September 09, 2019 15
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

އއ. އަތޮޅުގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2019 2
ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

ދ. އަތޮޅުގައި އޮންނަ ވޮންމުލި ރިސޯޓުން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

09 މެއި

May 09, 2019 56
މުސާރަ ދޭން އެއްބަސްވުމުން މައްސަލަ ހައްލުވެއްޖެ

ކ. އޮޅުވެލި ބީޗު ރިސޯޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ބަންގްލަދޭޝްގެ ބަޔަކަށް މުސާރަ ނުދީގެން، މިރޭ އުފެދުނުނު ހަމަނުޖެހުން، ފުލުހުން އެ ރިސޯޓަށް އަރައި ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2019 4
ވެލިދޫ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވެލިދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.