11 އެޕްރީލް

April 11, 2019 11
ބައި ލައްކަ ރުފިޔާ ފޭރިގެން ދަނިކޮށް އަތުލައިގެންފި

ހެލްމެޓް އަޅައިގެން ގޮސް، ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދައްކައި 50،000ރ. ފޭރިގަނެ ފިލަން އުޅުނު މީހަކު ހުއްޓުވައި ފުލުހުން ހައްޔަރުކޮށްފި އެވެ.

27 މާޗް

March 27, 2019 1
ފިހާރައެއް ފަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގަލޮޅުގައި ހުންނަ ފިހާރައެއް މިދިޔަ ހޮނިހިރު ދުވަހު ފަޅާލައި 50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްުޔަރުކޮށްފި އެވެ.

March 27, 2019 7
މާލޭގައި ބިދޭސީއެއްގެ އަތުން 6000ރ. ފޭރިގެންފި

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން 6000ރ. ރޭ ދަންވަރު ފޭރިގެންފި އެވެ.

24 މާޗް

March 24, 2019 39
ފޭރުން މިލިއަނުން، މިލިއަނުން! ރައްކާތެރިކަން ކޮބާ؟

ދުއްވާފައި ދިޔަ މިފްކޯގެ ވޭން ހުއްޓުވައި ދެ މިލިއަން ރުފިޔާ ފޭރިގަނެގެން ފިލީ ރޯމާ ދުވާލު، މާލޭގެ އެންމެ ބޮޑު އެއް މަގުންނެވެ. މިއީ ދުރާލައި ރޭވިގެން ނޫނީ ކުރެވޭ ވަރުގެ ކަމެއް...

March 24, 2019 9
މިފްކޯގެ ފައިސާ ފޭރުން: ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

23 މާޗް

March 23, 2019 31
ފިހާރައެއް ފަޅާލައި ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފި

ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ހެނދުނު ވަގަށް ނަގައިފި އެވެ.

March 23, 2019 21
ވަގުކަލޭގެއަށް ތިޖޫރި ނުހުޅުވުނު، ފުލުހުން އެ ހޯދައިފި

ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން މިއަދު ހޯދައިފި އެވެ.

22 މާޗް

March 22, 2019 3
އުނގޫފާރުގައި 500،000ރ. ވަގަށް ނަގައިފި

ރ. އުނގޫފާރުގައި މިއަދު 500،000ރ. ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

21 މާޗް

March 21, 2019 19
ފޭރުނު ފައިސާއެއް ނުފެނޭ، މީހަކު ހައްޔަރެއް ނުކުރޭ

އިއްޔެ ފޭރުނު މިފްކޯގެ ދެ މިިލިއަން ރުފިޔާ ނުފެންނަ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

20 މާޗް

March 20, 2019 116
މިފްކޯގެ ވޭނެއް ހުއްޓުވައި ދެ މިލިއަން ފޭރިގެންފި

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ މިއަދު ފޭރިގެންފި އެވެ.

19 މާޗް

March 19, 2019 25
2.3 މިލިއަން ނުފެނޭ، ހަ މީހަކު ހައްޔަރުކޮށްފައި

ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ ފޭރިގަތް 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެންނަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

12 މާޗް

March 12, 2019 23
2.3 މިލިއަން ފޭރުނު މައްސަލައިގެ ދެ މީހަކު ދޫކޮށްފި

ހެލްމެޓް އަޅައިގެން ތިބެ، މާލޭގައި މީހަކަށް ވަޅިން ބިރު ދައްކައި 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

10 މާޗް

March 10, 2019 45
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި

ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ، މިއަދު ހެނދުނު ފޭރިގަތީ 2.3 މިލިއަން ރުފިޔާ ކަމަށާއި މައްސަލާގައި...

March 10, 2019 51
ހެލްމެޓް އަޅައިގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފި

މާލޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން މިއަދު ހެނދުނު ހިނގާފައި ދިޔަ އިންޑިއާގެ މީހަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ހަމަލާދީ ފައިސާތަކެއް...

03 މާޗް

March 03, 2019 56
ވަޅި ހިފައިގެން ގެޔަކަށް ވަދެ ފޭރިއްޖެ

މާލޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ ތިން ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ތިން ފޯނެއް، ރޭ ދަންވަރު ފޭރިގެންފި އެވެ.

27 ފެބުރުއަރީ

February 27, 2019 8
ތިޖޫރިއެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށީ ގެއެއްގެ ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2019 16
ޝިޕިން ޗާޖު ހޯދަން ކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ

ޕާރުސަލަކާ ހަވާލުވެ، އެ ގެންނަ މީހާއާ ޝިޕިން ޗާޖު ހަވާލުކޮށްދޭން އެދި މަކަރާއި ހީލަތުން ފައިސާ އަތުލުން އިތުރުވަމުން ދާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 20
ހުކުރު މިސްކިތުގެ ދެ ސްޕީކަރެއް ވަގަށް ނަގައިފި

މާލޭގެ ހުކުރު މިސްކިތުގެ ދެ ސްޕީކަރެއް ވަގަށް ނެގި މައްސަލައެެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 6
އައްޑޫން ވަގަށް ނެގި ތިޖޫރީ ފެނުނީ ފުއްޓަރުފަރާތުން

އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މި މަހު ކުރީކޮޅު ވަގަށް ނެގި ތިޖޫރީ ސ. ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2019 11
މާލޭގައި އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި

ތޫނު އެއްޗަކުން ބިރު ދައްކައިގެން މިއަދު މެންދުރު މާލޭގައި މީހަކު އަތުން ފައިސާތަކެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

19 ފެބުރުއަރީ

February 19, 2019 31
މާލޭގައި ވަޅިން ބިރުދައްކައި ބައި މިލިއަން ފޭރިގެންފި

މާލޭގައި ވަޅިން ބިރު ދައްކައި، 560،000 އަށް ވުރެ ގިނަ ރުފިޔާ މިރޭ ފޭރިގެންފި އެވެ.

17 ފެބުރުއަރީ

February 17, 2019 14
ހުޅުމާލެއިން އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި

ހުޅުމާލޭގައި ހިންގާ ފިހާރައެއްގެ ގިނަ އަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދެއްކުމަށް ފަހު އެ ފައިސާތައް މިއަދު ފޭރިގެންފި އެވެ.

14 ފެބުރުއަރީ

February 14, 2019 32
ތިޖޫރި ހިފައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށް

އއ. މަތިވެރީގައި ރޭ ދަންވަރު ރަށުތެރެ ބަލަން އުޅުނު ފުލުހުންނަށް، އެ ރަށު އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.