06 އޯގަސްޓް

August 06, 2018 16
ފޭރުނު މައްސަލައިގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

05 އޯގަސްޓް

August 05, 2018 5
އެންސިސްގެ ފައިސާ ފޭރިގަނެގެން ހަ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެއިން ފޭރިގަތް މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

31 ޖުލައި

July 31, 2018 28
އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ ދެ މިލިއަން ރުފިޔާ ހުޅުމާލޭގެ މަގުމަތިން މިއަދު ފޭރިގަނެފި އެވެ.

25 ޖޫން

June 25, 2018 8
ވޯކްޝޮޕެއްގެ ފާރު ތަޅާލައިގެން ވަދެ ވައްކަންކޮށްފި

އެލުމިނިއަމް މަސައްކަތްކުރާ ވޯކްޝޮޕަކާ އެކު ހިންގާ ފިހާރައެއްގެ ފާރު ތަޅާލައިގެން ވަދެ، ވައްކަންކޮށް ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

17 ޖޫން

June 17, 2018 4
މާލޭގައި ދެ ފިހާރައެއް ފަޅާލައިފި

ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލައިފި އެވެ. އޭގެ ތެރެއިން، އެއް މައްސަލައެއްގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

15 މެއި

May 15, 2018 3
އިނާޔަތުގެފައިސާ ވަގަށް ނަގައިގެން މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރޯދަ އިނާޔަތުގެ ފައިސާ ބަހައްޓާފައި ހުރި ތިޖޫރި ފަޅާލައި އެ ފައިސާތައް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

28 އެޕްރީލް

April 28, 2018 16
ހުޅުމާލޭގައި ތިން ތަނަކުން ވައްކަންކޮށްފި

ހުޅުމާލޭގައި އޮފީހެއްގެ ތިޖޫރީ ފަޅާލަން އުޅުނު ބަޔަކު ހައްޔަރުކުރިތާ އެއް ދުވަސް ފަހުން، ރޭ ވެސް ތިން ތަނަކުން ވައްކަންކޮށްގެން ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.

26 އެޕްރީލް

April 26, 2018 14
ފައިސާ ފޭރުނު މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ޕެޕާ ސްޕްރޭ ޖަހައި މީހެއްގެ އަތުން މިލިއަނެއްހާ ރުފިޔާ އިއްޔެ ފޭރުނު މައްސަލާގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

April 26, 2018 13
ތިޖޫރިއެއް ފަޅާލަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ އޮފީހެއްގެ ތިޖޫރި ފަޅާލަން މަސައްކަތް ކުރި ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

25 އެޕްރީލް

April 25, 2018 70
ޕެޕާ ސްޕްރޭ ޖަހައި، މިލިއަނެއްހާ ރުފިޔާ ފޭރިގެންފި

ހަތަރު މީހުންގެ ގުރޫޕަކުން މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާގެ އަތުން މިލިއަނެއްހާ ރުފިޔާ މިއަދު ހެނދުނު ފޭރިގެންފި އެވެ.

22 އެޕްރީލް

April 22, 2018 12
ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަނީ

މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަން، އެ މީހުންގެ ފޮޓޯއާ އެކު ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

11 އެޕްރީލް

April 11, 2018 18
ކޭންސޭޓަށް ހަމަލަދިން މައްސަލާގައި މީހަކު ހައްޔަރުނުކުރޭ

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓު) އަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

07 އެޕްރީލް

April 07, 2018 9
ރޮމްބަސް ފިހާރަ ފަޅާލައި ގެއްލުން ދީފި

ޗާންދަނީ މަގުގައި ހުންނަ ރޮމްބަސް ފިހާރަ ފަޅާލައި، އެތަނަށް ގެއްލުން ދިނުމަށް ފަހު ވައްކަން ކޮށްފި އެވެ.

04 އެޕްރީލް

April 04, 2018 36
ކޭން ސޭޓަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

މަޝްހޫރު ކޭން ސޭޓު (އަބްދުﷲ ޖަލީލް) އަށް ބަޔަކު ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

31 ޖެނުއަރީ

January 31, 2018
ފިހާރަޔަކުން ފޯނުތަކެއް ވަގަށްނެގި ބަޔަކު ހައްޔަރުކޮށްފި

ލޮނުޒިޔާރަތް މަގުގައި ހުންނަ ފޯނު ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފޯނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2018 30
އޮޅުވާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލައިފި

ވޭތުވެ ދިޔަ ދިހަ ދުވަހުގެ ތެރޭގައި އޮޅުވާލައިގެން އެކި މީހުންގެ އަތުން އަތުލާފައިވާ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2018 10
ވިލާގެ ޕެޓްރޯލް ޝެޑުން ވަގުންނަށް ލިބުނީ 400ރ.

އައިޖީއެމްއެޗް ކައިރީ ހުންނަ ވިލާގެ ޕެޓްރޯލް ޝެޑު ފަޅާލައި އެތަނުން ރޭ ވައްކަން ކޮށްފި އެވެ. އެކަމަކު ވަގުންނަށް އެތަނުން ނެގުނީ ވަކި ލާރީގެ ގޮތުގައި ބަހައްޓާފައި ހުރި 400 ވަރަކަށް ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

09 ޖެނުއަރީ

January 09, 2018 1
ހޯޑެއްދޫ ތިޖޫރި ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ގދ. ހޯޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

07 ޖެނުއަރީ

January 07, 2018 12
ބައިލައްކަ ރުފިޔާ ހުރި ތިޖޫރި ފެނުނީ ވަކިލާރިކޮޅާ އެކު

ގދ. ހޯޑެއްދޫ އިންޖީނުގެ އިން ވަގަށް ނެގި ތިޖޫރި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ ރަށު ކުޅީ ސަރަހައްދުން އިއްޔެ އެ ތިޖޫރީ ފެނިއްޖެ އެވެ. އެކަމަކު ބައި ލައްކައެއްހާ ރުފިޔާއާ އެކު ވަގަށް ނެގި އެ ތިޖޫރީ ފުލުހުންނަށް ފެނުނު އިރު އޭގައި ހުރީ ވަކި ލާރިކޮޅު އެކަންޏެވެ.

02 ޖެނުއަރީ

January 02, 2018 2
މިދިޔަ އަހަރު ކުށް މަދު، ނަމަވެސް ހަ މަރު

ނިމިދިޔަ 2017 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު މަދު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

19 ޑިސެމްބަރ

December 19, 2017
ތިޖޫރި ވަގަށް ނެގި މައްސަލާގައި ބަންދަށް 15 ދުވަސް

ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ގެ ބަންދަށް އިހަވަންދޫ ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

December 19, 2017 7
މޮޅަދޫ ތިޖޫރީން ވަގަށް ނެގި ފައިސާ ހޯދައިފި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީން ވަގަށް ނެގި ހުރިހާ ފައިސާއެއް ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.