16 ޖުލައި

July 16, 2016 30
މުލަކު ގެއެއްގެ ބިމު އަަޑިން ދުން އަރަނީ

މ. މުލަކު ގެއެއްގެ ގޯތި ތެރޭގެ ބިމު އަޑިން ދުން އަރާތީ އޭގެ ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. މިހާރު ފުލުހުން ވަނީ އެ ގޯތީގެ އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

July 16, 2016 28
ޖަލްސާ އަށް ގޮވުމުގެ ތެރޭގައި މަހުލޫފް ހައްޔަރުކޮށްފި

އިދިކޮޅު އިއްތިހާދުގެ ޖަލްސާ އަށް ގޮވަމުން ދިޔަ ޕިކަޕެއް ހުއްޓުވަން ފުލުހުން އުޅުމުން އެކަމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު މަހުލޫފް ދާދި...

14 ޖުލައި

July 14, 2016 1
ފަތާފައި މާލެ އަންނަން އުޅުނީ ދައުލަތުން ބަލާ މީހެއް

މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑު، ފަތާފައި ހުރަސްކުރަން އުޅެނިކޮށް އިއްޔެ ފުލުހުން ސަލާމަތް ކުރީ، ހާލުގައި ޖެހިފައިވާ އަންހެނުން ދައުލަތުން ބަލަހައްޓާ "އަމާން ހިޔާ"ގައި އުޅޭ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

July 14, 2016 6
ފެރީ ދަތުރުތައް ކުރުން މިވަގުތު ރައްކާތެރިއެއް ނޫން

މާލެ ސަރަހައްދަށް މޫސުމް ގޯސްވެ، މި ވަގުތު ހުޅުމާލެ އާއި ވިލިމާލެއަށް ފެރީ ދަތުރުތައް ކުރުން ރައްކާތެރި ނޫން ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

July 14, 2016
ސައިކަލު ރޯކޮށްލި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު

ރ. މަޑުއްވަރީ ކައުންސިލް ނައިބު ރައީސްގެ ސައިކަލު ރޯކޮށްލައި، ގެއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެ ރަށު ހަތަރު ޒުވާނުން ހައްޔަރު ކޮށްފި އެވެ.

13 ޖުލައި

July 13, 2016 17
ޖަލްސާ އަށް ގޮވި ޕިކަޕު ހިފަހައްޓައި މީހުން ބަންދު

އިދިކޮޅު އިއްތިހާދުން މާދަމާ ރޭ ބާއްވާ ޖަލްސާ އަށް މީހުން އެއްކުރަން ގޮވަމުން ދިޔަ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގައި ތިބި މީހުން މިއަދު ހައްޔަރުކޮށްފި އެވެ.

12 ޖުލައި

July 12, 2016 28
ފުލުހުން ދެކެނީ މިއީ ދުޝްމަނުން ކަމަށް: އެމްޑީޕީ

އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގެއިން ނުކުންނެވި ވަގުތު ފުލުހުން ގޮސް އޭނާ ފުލުސް އޮފީހަށް ގެންދިއުމަކީ "ވަގަށް ނެގުން" ކަމަށާއި އެމްޑީޕީއަކީ ދުޝްމަނުންގެ ގޮތުގައި ފުލުހުން ދެކޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

11 ޖުލައި

July 11, 2016 14
ޝިފާޒު ހާޒިރުކުރީ ދެއްކި ވާހަކަތަކަކާ ގުޅިގެން: ޕޮލިސް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ޕޮލިހަށް ހާޒިރުކުރީ މީޑިއާއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

08 ޖުލައި

July 08, 2016 5
ފޮޓޯއެއް ނަގައިގެން މީހަކު ހައްޔަރުކުރި މައްސަލަ ބަލަނީ

ފޮޓޯއެއް ނެގި މައްސަލާގައި މިދިޔަ މޭ މަހު މީހަކު ހައްޔަރުކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ނިންމައިފި އެވެ.

July 08, 2016 79
އެެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެ:ޕޮލިސް

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އަންނަ ހޯމަދުވަހުގެ ރޭ މާލޭގައި ހިނގާލުމެއް ބާއްވަން އެ ޕާޓީން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވީ ނަމަވެސް، އެ ހަރަކާތަށް ހުއްދަ...

July 08, 2016 5
ސްނައިޕަރުންގެ ހަމަލާގައި ފުލުހުންގެ ފަސް މީހުން މަރު

ޑަލަސް (ޖުލައި 8) - އެމެރިކާ ފުލުހުންގެ އަނިޔާވެރިކާ ދެކޮޅަށް ޑަލަސްގައި ކުރިއަށް ގެންދިޔަ ހަޅުތާލެއްގެ ތެރެއަށް ސްނައިޕަރުން ބަޑިޖަހާ ފުލުހުންގެ ފަސް އޮފިސަރުން މަރާލައިފި އެވެ.

05 ޖުލައި

July 05, 2016 13
"މިސްކިތުގައި ސިޔާސީ ހަރަކާތް ހިންގިޔަކަ ނުދޭނަން"

މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

04 ޖުލައި

July 04, 2016 2
ތިން މިލިޔަން ރުފިޔާ ވަގަށް ނެގި މައްސަލަ ޕީޖީއަށް

މީހަކު ރަހީނު ކުރުމަށް ފަހު އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިން ތިޖޫރީ ފަޅާލައި ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ ޑޮލަރު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

03 ޖުލައި

July 03, 2016 14
މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު، އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

02 ޖުލައި

July 02, 2016 34
ސްޓިކާ ޖެހުން މަދުކޮށް، ޕާކިން ޒޯނުތައް ބަދަލު ކުރަނީ

ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މަދުކޮށް، ޕާކު ކުރުމުގައި ލުޔެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2016 39
ހިޔާނާތް ފަޅާއަރުވާލި ގާސިމް ގޭބަންދަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފު ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފި އެވެ.

30 ޖޫން

June 30, 2016 3
ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް ކޯޓުގައި އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި ފުލުހުން ތައްޔާރު ކުރި ޑީއެންއޭ ރިޕޯޓު މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމްގެ...

June 30, 2016 37
ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!

ދިވެހި ފުލުހުންނަށް އަބަދު ވެސް ސިޔާސީ ނުފޫޒު އޮވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. ނަމަވެސް އެ ނުފޫޒުތަކުން އެއްކިބާވުމުގައި އެއް ފުލުހަކާއި އަނެއް ފުލުހަކާ ތަފާތުވެ އެވެ....

29 ޖޫން

June 29, 2016 10
ޑްރަގް ވިޔަފާރިކޮށްގެން ހޯދި 1.1 މިލިއަން ދައުލަތަށް

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައި، މަސްތުވާތަކެތި ގެންގުޅުނު ދެ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

27 ޖޫން

June 27, 2016 23
ފޭދޫން ފެނުނު "ފިސްތޯލައެއް" ފުލުހުންނާ ހަވާލުކޮށްފި

ފިސްތޯލައެއް ކަމަށްވޭ ބެލެވޭ އެއްޗެއް އައްޑޫ ފޭދޫން ފެނިގެން އިއްޔެ ފުލުހުންނާ ހަވާލުކޮށްފި އެވެ.

26 ޖޫން

June 26, 2016 23
ބީއެމްއެލްގެ ކުރީގެ މުވައްޒަފުގެ ޝަރީއަތް ސިއްރުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުުސީ)ގެ ބޮޑު ޚިޔާނާތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ މައުލޫމާތު އާންމު ކުރި ކަމަށް...

June 26, 2016 30
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ...

24 ޖޫން

June 24, 2016 8
ބޭންކުން ވަކިކުރި މުވައްޒަފު ހުރީ އެހެން ބަންދެއްގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އާންމުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ކުރިން ހުރި ގާސިމް އަބްދުލްކަރީމް ބަންދުން ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކުރި ނަމަވެސް އޭނާ އަދިވެސް ދޫކޮށްލާފައި ނުވަނީ އެހެން...

23 ޖޫން

June 23, 2016
މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މުދާ ބަރުކޮށްގެން، ތިން މީހުންނާއެކު ހުޅުމާލެ އިން މާލެ އަށް ދަތުުރުކުރި ދޯންޏެއް މިއަދު އަޑި އަށް ހިނގައްޖެ އެވެ.

June 23, 2016 2
މާރާމާރީ ހިންގީ މާލޭގައި، ހައްޔަރުކުރީ ގުރައިދޫން

މި މަހު މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފިލައިގެން އުޅުނު ދެ މީހަކު ތ. ގުރައިދޫން ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

22 ޖޫން

June 22, 2016 12
އަދީބުގެ ޑީއެންއޭގެ މައުލޫމާތު ޕީޖީއަށް ފޮނުވަައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިންއިން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

June 22, 2016 19
"ފުލުހުންގެ ތެރޭގައި އަދިވެސް ގިނައީ އިހްލާސްތެރިން"

ފޮރެންސިކް ފުލުހުންގެ ތެރޭގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، އެކަން ސާބިތުކޮށްދީފި. މިހާރު ލިބިފައި ހުރި ހެއްކާ އެކު ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ. އޭނާ އަށް ދެމުން ދަނީ ނުހައްގު...

June 22, 2016 44
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކުރީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ފުލުހުންނަށް ރޭ ވެވުނީ އިއުތިރާފެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުން މިހާރު...

21 ޖޫން

June 21, 2016 66
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ...

June 21, 2016 5
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު...