04 ޖުލައި

July 04, 2016 2
ތިން މިލިޔަން ރުފިޔާ ވަގަށް ނެގި މައްސަލަ ޕީޖީއަށް

މީހަކު ރަހީނު ކުރުމަށް ފަހު އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިން ތިޖޫރީ ފަޅާލައި ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ ޑޮލަރު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

03 ޖުލައި

July 03, 2016 14
މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު، އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

02 ޖުލައި

July 02, 2016 34
ސްޓިކާ ޖެހުން މަދުކޮށް، ޕާކިން ޒޯނުތައް ބަދަލު ކުރަނީ

ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މަދުކޮށް، ޕާކު ކުރުމުގައި ލުޔެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2016 39
ހިޔާނާތް ފަޅާއަރުވާލި ގާސިމް ގޭބަންދަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފު ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފި އެވެ.

30 ޖޫން

June 30, 2016 3
ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް ކޯޓުގައި އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި ފުލުހުން ތައްޔާރު ކުރި ޑީއެންއޭ ރިޕޯޓު މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމްގެ...

June 30, 2016 37
ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!

ދިވެހި ފުލުހުންނަށް އަބަދު ވެސް ސިޔާސީ ނުފޫޒު އޮވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. ނަމަވެސް އެ ނުފޫޒުތަކުން އެއްކިބާވުމުގައި އެއް ފުލުހަކާއި އަނެއް ފުލުހަކާ ތަފާތުވެ އެވެ....

29 ޖޫން

June 29, 2016 10
ޑްރަގް ވިޔަފާރިކޮށްގެން ހޯދި 1.1 މިލިއަން ދައުލަތަށް

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައި، މަސްތުވާތަކެތި ގެންގުޅުނު ދެ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

27 ޖޫން

June 27, 2016 23
ފޭދޫން ފެނުނު "ފިސްތޯލައެއް" ފުލުހުންނާ ހަވާލުކޮށްފި

ފިސްތޯލައެއް ކަމަށްވޭ ބެލެވޭ އެއްޗެއް އައްޑޫ ފޭދޫން ފެނިގެން އިއްޔެ ފުލުހުންނާ ހަވާލުކޮށްފި އެވެ.

26 ޖޫން

June 26, 2016 23
ބީއެމްއެލްގެ ކުރީގެ މުވައްޒަފުގެ ޝަރީއަތް ސިއްރުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުުސީ)ގެ ބޮޑު ޚިޔާނާތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ މައުލޫމާތު އާންމު ކުރި ކަމަށް...

June 26, 2016 30
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ...

24 ޖޫން

June 24, 2016 8
ބޭންކުން ވަކިކުރި މުވައްޒަފު ހުރީ އެހެން ބަންދެއްގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އާންމުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ކުރިން ހުރި ގާސިމް އަބްދުލްކަރީމް ބަންދުން ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކުރި ނަމަވެސް އޭނާ އަދިވެސް ދޫކޮށްލާފައި ނުވަނީ އެހެން...

23 ޖޫން

June 23, 2016
މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މުދާ ބަރުކޮށްގެން، ތިން މީހުންނާއެކު ހުޅުމާލެ އިން މާލެ އަށް ދަތުުރުކުރި ދޯންޏެއް މިއަދު އަޑި އަށް ހިނގައްޖެ އެވެ.

June 23, 2016 2
މާރާމާރީ ހިންގީ މާލޭގައި، ހައްޔަރުކުރީ ގުރައިދޫން

މި މަހު މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފިލައިގެން އުޅުނު ދެ މީހަކު ތ. ގުރައިދޫން ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

22 ޖޫން

June 22, 2016 12
އަދީބުގެ ޑީއެންއޭގެ މައުލޫމާތު ޕީޖީއަށް ފޮނުވަައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިންއިން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

June 22, 2016 19
"ފުލުހުންގެ ތެރޭގައި އަދިވެސް ގިނައީ އިހްލާސްތެރިން"

ފޮރެންސިކް ފުލުހުންގެ ތެރޭގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، އެކަން ސާބިތުކޮށްދީފި. މިހާރު ލިބިފައި ހުރި ހެއްކާ އެކު ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ. އޭނާ އަށް ދެމުން ދަނީ ނުހައްގު...

June 22, 2016 44
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކުރީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ފުލުހުންނަށް ރޭ ވެވުނީ އިއުތިރާފެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުން މިހާރު...

21 ޖޫން

June 21, 2016 66
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ...

June 21, 2016 5
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު...

20 ޖޫން

June 20, 2016 26
ޑޮލަރު ޖަމާކުރި މައްސަލަ ރައީސް ހައްޔަރުކޮށް ބަލައިދޭން އެދެފި

މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނާ މައްސަލަ، އެމަނިކުފާނު ހައްޔަރުކޮށްގެން ބަލައިދިނުމަށް އިދިކޮޅު އިއްތިހާދުން ރަސްމީކޮށް މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

19 ޖޫން

June 19, 2016 29
ރައީސް ހައްޔަރުކޮށް، ތުހުމަތުތައް ބަލަން އެދެނީ

"ވައްކަމާއި ހިޔާނާތާއި ނުފޫޒު ބޭނުންކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް ބުނާ "ޖަރީމާތަކު"ގެ މައްސަލަ ބަލައިދޭން އިދިކޮޅު އިއްތިހާދުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެ އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

June 19, 2016 45
ޖަމީލާއި އަކްރަމް ޕޮލިހަށް ހާޒިރުކުރަނީ

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ޗެއާމަން ޕޮލިހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

June 19, 2016 41
އާ ހެކިތަކެއް، ނާޒިމްގެ ޝަރީއަތް ޝައުގުވެރި ދިމާއަކަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިިހާރު...

18 ޖޫން

June 18, 2016 1
ބޯޓަކަށް އެރި ވޭންގެ ޑްރައިވަރު ހައްޔަރުކޮށްފި

ރޭ އިރާކޮޅު މީރުބަހުރު ބަނދަރުން ދަތުރުކުރި ވޭނެއް ކޮންޓްރޯލް ނުވެ ގޮސް، މީހެއްގެ ގައިގައި ޖެހި އެ ބަނދަރުގައި އަޅާފައި އޮތް ބޯޓަކަށް އެރި އެކްސިޑެންޓާ ގުޅިގެން، ވޭންގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

17 ޖޫން

June 17, 2016 5
ވޭނެއް މީހެއްގެ ގައިގައި ޖެހި، ބޯޓަކަށް އަރައިފި

މީރުބަހުރު ބަނދަރުން ދަތުރު ކުރި ވޭނެއް ކޮންޓްރޯލް ނުވެ ގޮސް މީހެއްގެ ގައިގައި ޖެހި، ފަޅުގައި އޮތް ބޯޓަކަށް މިރޭ އަރައިފި އެވެ.

16 ޖޫން

June 16, 2016 3
އަދީބު ޖަލަށް ދޫކުރާނީ ތަހުގީގުތަކަށް ފަހު: ފުލުހުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ބަންދުން ދޫކުރާނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

June 16, 2016
ހިތަދޫ މާރާމާރީ އާ ގުޅިގެން ދެ މީހަކު ހޯދަނީ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

15 ޖޫން

June 15, 2016 20
ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އެކަމަށް ހެކިބަސް ދޭނެ ހެކިން އެބަތިބި ކަމަށް ނާޒިމްގެ ވަކީލް...

June 15, 2016 10
އަޑި ޕާކު ސަރަހައްދުން ބްލެކް ވިޑޯތަކެއް ފެނިއްޖެ

ގިނަ ދުވަސްތަކަކަށް ފަހު މާލެއިން އަނެއްކާ ވެސް ބްލެކް ވިޑޯތަކެއް ފެނިއްޖެ އެވެ.

14 ޖޫން

June 14, 2016 5
ދައުވާއަށް ފިޔާޒް އިންކާރު، ހަތް މީހަކު ހެކިންނަށް

ފުލުހެއްގެ ގައިގައި އަތް ލި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކޮށް، ދިފާއުގައި ހަތް ނޫސްވެރިއަކު ހެކިންގެ ގޮތުގައި މިއަދު ހުށަހަޅައިފި އެވެ.

13 ޖޫން

June 13, 2016 26
މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ހެންވޭރުކޮޅު ނޫރު މިސްކިތް ކައިރީގައި މިރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

June 13, 2016 41
ރަސްފަންނު މޫދަށް ބަޔަކު ކަޅުތެޔޮ އަޅައިފި

ރަސްފަންނުގައި ހަދާފައިވާ މޫދަށް މިއަދު ހަވީރު ބަޔަކު ކަޅުތެޔޮ އަޅައިފި އެވެ.

June 13, 2016 5
ބިދޭސީއަކަށް އަނިޔާ ކުރި ދިވެއްސަކު ހައްޔަރުކޮށްފި

ލ. ގަމުގައި ބިދޭސީއަކަށް އަނިޔާކޮށް އިންސާނިއްޔަތާ ހިލާފު އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ދިވެއްސަކު އެ ރަށުން ހައްޔަރުކޮށް މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި...