28 އޯގަސްޓް

August 28, 2019 22
ޕީއެންސީ އުވާލުމާ މެދު އަދި ގޮތެއް ނުނިންމާ: އަދުރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2019 8
ނިހާން ޕީއެންސީން ވަކިވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަހްމަދު ނިހާން އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2019 13
ފެންނަނީ ޔާމީންގެ މަޝްރޫއުތައް އަލުން ހުޅުވާތަން:ސައީދު

ކުރިއަށް އޮތް ފަސް އަހަރު މި ސަރުކާރުން އަލަށް ފަށާނެ މަޝްރޫއެއް ނެތް ކަމަށާއި މިހާރު ވެސް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް ދެ ވަނަ ފަހަރަށް ހުޅުވާ މަންޒަރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖުލައި

July 26, 2019 58
މިނިވަންކަން ގެއްލިދާނެތީ ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

ރާއްޖޭގެ ނިންމުންތަކަށް ބޭރުގެ ބާރުގަދަ ގައުމުތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީ، މިނިވަންކަން ގެއްލިދާނެ ފަދަ އިހްސާސެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

19 ޖުލައި

July 19, 2019 18
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ

އިންތިހާބުތަކުގައި ވޯޓް ގަތުން ހުއްޓުވަން ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުން ބުނެފި އެވެ.

23 މެއި

May 23, 2019 23
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި

އަމިއްލަ މަސްލަހަތު ހިމާޔަތް ކުރައްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވާ ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދޭން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ގޮވާލައިފި އެވެ.

May 23, 2019 42
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް...

May 23, 2019 19
މަޖިލީހުގެ ރައީސަކަށް، ޕީއެންސީން ތާއީދުކުރަނީ އަފީފަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާ ވޯޓުގައި އިދިކޮޅު ޕީއެންސީން ތާއީދުކުރާނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ކަމަށް އެ ޕާޓީން...

21 މެއި

May 21, 2019 20
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި

އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.

10 މެއި

May 10, 2019 30
ޕީޕީއެމް/ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް:ހުސެއިން

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދީ، ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުގެނައީ ނަމެއްގައި ކަމަށް ވިދާޅުވެ، ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މިރޭ...

09 މެއި

May 09, 2019 22
ޕީޕީއެމް ނިދިން ހޭލައި ޒިންމާއަދާކުރަން ވެއްޖެ: ނިޒާރު

އިދިކޮޅު ޕާޓީގެ ޒިންމާ އަދާނުކޮށް، "ޕީޕީއެމް އަދިވެސް އޮތީ ނިދާފައި" ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

28 އެޕްރީލް

April 28, 2019 40
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟

ޕީޕީއެމް ދެ ފަޅިކޮށް، އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަމާޒު ހުރީ ވެރިކަން ކުރުމަށެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ އަށް ވުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ސިޔާސީ...

27 އެޕްރީލް

April 27, 2019 66
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2019 19
ޕީއެންސީގެ ކޮންގްރެސް ފަށައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިމީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށާއި އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ބާއްވާ ކޮންގްރެސް މިއަދު ފަށައިފި އެވެ.

21 އެޕްރީލް

April 21, 2019 10
ޕީއެންސީގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި އެ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

17 އެޕްރީލް

April 17, 2019 18
އިންތިޚާބު މިނިވަންވަނީ ކާމިޔާބުވީމައެއް ނޫން:ޝަރީފް

އިންތިޚާބެއްގެ އިންސާފުވެރިކަން ބިނާވަނީ އެ އިންތިޚާބެއް ކާމިޔާބުވުމާއި ނުވުމުގެ މައްޗަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ...

April 17, 2019 8
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް މަގާމްތަކަށް މީހުން އައްޔަން ކުރަން މި މަހުގެ ތެރޭގައި ކޮންގްރެސް ބާއްވަން...

15 އެޕްރީލް

April 15, 2019 125
ޔާމީން، ޕީޕީއެމާ ދުރަށް ވަޑައިގަންނަވަނީ؟

ޕީޕީއެމްގެ ކައުންސިލާއި އާއްމު މެމްބަރުންގެ ރުހުން ނެތި ލީޑަރަކަށް ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވައި، ޕާޓީއާ ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2019 54
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ދިން ޓިކެޓްތަކަށް ބަދަލު އައުމާ އެކު، އެ ދެ ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2019 21
ޕީޕީއެމް/ޕީއެންސީ ހަ ދާއިރާއެއްގެ ކެންޑިޑޭޓުން ހޮވައިފި

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

01 ފެބުރުއަރީ

February 01, 2019 20
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) މިރޭ ރަޖިސްޓަރީ ކޮށްދީ، ސިޔާސީ ހަރަކާތްތައް އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

31 ޖެނުއަރީ

January 31, 2019 8
ޔާމީންގެ ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް ދީފި

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިލެކްޝަންސް ކޮމިޝަން (އީސީ) ން މިރޭ ރަޖިސްޓަރީ ކޮށްދީފި އެވެ.

30 ޖެނުއަރީ

January 30, 2019 9
ޕީއެންސީގެ ހުއްދަ ބާތިލެއް ނުކުރެވޭނެ: ކޮމިޓީ

ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލްކުރެވެން ނެތް ކަމަށް ކޮމެޓީން ނިންމައިފި އެވެ.