22 އެޕްރީލް

April 22, 2019 69
ޕީޕީއެމްގެ ކުޅިބައި އަތުރާލަނީ، ކާމިޔާބުވާނެ: ޝިޔާމް

ޕީޕީއެމްގެ ލީޑަޝިޕަށް ގެނައި ބަދަލާ އެކު ސިޔާސީ މަސްރަހުގައި އެންމެ ކާމިޔާބު ޕާޓީގެ މަގާމް އަލުން ހޯދުމަށް "ކުޅިބައި އަތުރާލަމުން" އަންނަ ކަމަށް އެ ޕާޓީ އަށް އަލަށް އައްޔަން ކުރި ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019 28
"އެންޓި ކެމްޕޭން ކުރި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ"

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރި، އެ ޕާޓީގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2019 18
އިންތިޚާބު މިނިވަންވަނީ ކާމިޔާބުވީމައެއް ނޫން:ޝަރީފް

އިންތިޚާބެއްގެ އިންސާފުވެރިކަން ބިނާވަނީ އެ އިންތިޚާބެއް ކާމިޔާބުވުމާއި ނުވުމުގެ މައްޗަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2019 41
އަނިޔާގެ ހިތްދަތިކަމުން ނާޒިމަށް އައި ވިސްނުން!

ނުހައްގުން ހައްޔަރުކޮށް، ބޭއިންސާފު ޝަރީއަތަކާ ހެދި އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި ފަދަ އަނިޔާ، އެހެން އެއްވެސް މީހަކު ތަހައްމަލު ކުރާކަށް ކުރީގެ ޑިފެންސް މިނިސްޓަރު...

April 11, 2019 10
އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން

އަމާންކަމާއި އޮމާންކަމާ އެކު އާއްމު އިންތިޚާބެއް ނިމިގެން ހިނގައްޖެ އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި މައިގަނޑު ސިޔާސަތުތައް ކުރިއަށް ގެންދާނެ ގޮތުގެ ފެހި ސިގްނަލް...

10 އެޕްރީލް

April 10, 2019 71
މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަން ބޮޑުވެއްޖެ

އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުހުގެ ރައީސްގެ މަގާމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފު އަދި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވުމާ އެކު، އެ މަގާމުގެ ވާދަވެރިކަން...

07 އެޕްރީލް

April 07, 2019 46
ތިމަރަފުށީ ދާއިރާގެ ގޮނޑި: ރިޔާޒަށް ބޮޑު ކާމިޔާބެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަކީ ސިޔާސީ ހަޔާތުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ޝަރަފްވެރި މަގާމް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

26 މާޗް

March 26, 2019 25
އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ...

12 މާޗް

March 12, 2019 11
ވޯޓުކަރުދާހުގައި ނުބައިފާހަގަ ނުޖެހުމަށް އީސީން އެދިއްޖެ

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ނުޖެހުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

06 މާޗް

March 06, 2019 12
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން

ގައުމުގެ ހުރިހާ ކަމެއް ވެސް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށާއި އެ އިސްލާހު ގެނެވެން އޮތީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް...

March 06, 2019 67
ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2019 14
ރުކުމާ އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 2
ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލަ ނިންމަނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2019 6
އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް: އީސީ

އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2019 11
ވޯޓާ ހިސާބުން ރައްޔިތުންގެ ބާރު ނިމުނީތަ؟

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވުމާ އެކު މި ދުވަސްވަރު ހުރިހާ ދިމާލަކުން ވެސް އެންމެ ބޮޑަށް އިވެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމާއި ތަރައްގީ އާއި ކުރިއެރުން ރައްޔިތުންނަށް ގެނެސް ދޭނެކަމުގެ ވައުދުތަކެވެ. އަނެއްކޮޅުން، އިވެނީ ނަޒާހަތްތެރި އަދި ތެދުވެރި މީހުން މަޖިލީހަށް ހޮވަން ގޮވާލާ ކެމްޕެއިންތަކެވެ. ފައިސާ...

08 ފެބުރުއަރީ

February 08, 2019 21
ޕީޕީއެމް/ޕީއެންސީ ހަ ދާއިރާއެއްގެ ކެންޑިޑޭޓުން ހޮވައިފި

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2019 54
ގޮނޑިތައް ބަހާނީ ރައްޔިތުން، ލީޑަރުންނެއް ނޫން

މިހާރު ވެރިކަމުގައި މި އޮތް ކޯލިޝަނަކީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ބައެއް ނޫނޭ ކިޔައި އުޅުނު ހަނދާން އެބަހުރި ދޯ އެވެ. އެންމެން އުޅެނީ ވެރިކަމާ ހެދިޔޭ، އެއީ "ކޯޅޭޝަނެކޭ" ކިޔަނިކޮށް، އެ ކޯލިޝަނުގެ ސަޕޯޓަރުންގެ ތެރެއިން ވެސް އެތައް ބަޔަކަށް ކަމުދިޔަ ކެންޑިޑޭޓަކު ނެރެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގަދަވެގަތީ...

28 ޖެނުއަރީ

January 28, 2019 8
ގައުމީ ލަފާދޭ ކޮމިޓީ ކޮންމެ ބުދަދުވަހަކު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަަތަމަ ބައްދަލުވުން މިއަދު ބާއްވައި، ކޮންމެ ބުދަ ދުވަހަކު ކޮމިޓީ ބައްދަލުކުރަން ނިންމައިފި އެވެ.

26 ޖެނުއަރީ

January 26, 2019 16
ލޭބާ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.

25 ޖެނުއަރީ

January 25, 2019 35
ޖޭޕީގެ ޓިކެޓު ހޯދުމަށް 97 މީހަކު ހުށަހަޅައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް 97 މީހަކު ހުށަހަޅައިފި އެވެ.

24 ޖެނުއަރީ

January 24, 2019 54
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް

ރާއްޖެ އަށް ގެނެސްފައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ އެ ނިޒާމް ހިފަހައްޓާނެ މަޖިލީހަކަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ...

January 24, 2019 72
ރައީސުންނަށް އަމާޒުކުރި އިސްލާހު ގާނޫނުއަސާސީ އަށް

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.

23 ޖެނުއަރީ

January 23, 2019 75
ޕީޕީއެމް މެމްބަރުންގެ ހައްގު ހޯދަން ގާސިމް އަރިހަށް

ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ހައްގު އެތައް ބަޔަކަށް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާތީ، އެ ހުރަސްތަކަށް ހައްލެއް ހޯދަން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހެނދުނު ބައްދަލުކޮށްފި އެވެ.