02 މާޗް

March 02, 2020 46
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ނޫން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު ބޭފުޅެއް ކަމުގެ ތުހުމަތާ އެކު، އެ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ދައްކާ ވާހަކަތަކަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.

01 މާޗް

March 01, 2020 54
ހިޓު ޖަލްސާގެ އަސަރު ވަަރަށް ބޮޑަށް ކޮށްފި: އާދަމް

ޕީޕީއެމުން ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ހިޓު ޖަލްސާގެ އަސަރު ސަރުކާރަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

29 ފެބުރުއަރީ

February 29, 2020 134
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ބޮޑު ކުށެއް ސާބިތުވެ، ޖަލު ހުކުމެއްގަ އެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އެމަނިކުފާނު ނެތުމުގެ މާޔޫސްކަން ޕާޓީގެ ހިންގުމަށް އެބައޮތެވެ. މި ހާލަތުގައި، ޕާޓީ ލީޑު ކުރައްވާނެ ބޭފުޅަކާ މެދު ވެސް ހިޔާލުތަފާތުވުން ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގައި، ޕީޕީއެމްގެ...

28 ފެބުރުއަރީ

February 28, 2020 101
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިހާރު ވެރިކަމުގައި ހުންނެވި ނަމަ، މާލެ ސަރަހައްދުގައި ކުރިއަށްދާ ގިނަ މަޝްރޫއުތައް މިހާރު އޮތީހީ ނިމިފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2020 46
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ:އިދިކޮޅު

ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށާއި އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަމަށް ޕީޕީއެމުން ޖާގަ ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2020 29
ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިމުމަކީ ކާމިޔާބެއް:ޣައްސާން

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ "ޖޯޝުގައި" ނުޖެހި ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2020 29
"ހައްގުވެރިންގެ އަތުން ފްލެޓް އަތުލުން ހުއްޓުވާނަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު ކަމުގެ ލިއުން ހަވާލުކޮށްފައި ތިބި މީހުންގެ އަތުން ފްލެޓްތައް ނިގުޅައިގަނެ އެމްޑީޕީގެ...

February 06, 2020 20
އިންތިޚާބުގައި އިއްތިހާދު ނުވާން ޕީޕީއެމުން ފާސްކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަން ހަދައިގެން ޕީޕީއެމަށް ލިބުނު ގެއްލުން ތަކުރާރުވިޔަ ނުދޭން، ސަރުކާރަށް ވާގިވެރިވާ އެއްވެސް...

04 ފެބުރުއަރީ

February 04, 2020 17
އިންތިޚާބު ސަރުކާރަށް ވަރުގަދަ މެސެޖަކަށް ވާނެ:އިދިކޮޅު

ވަރުގަދަ އިންތިޒާމެއްގެ ތެރެއިން ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޕްރައިމަރީ ބާއްވައި، ޕީޕީއެމުން ނެރޭ ގިނަ ކެންޑިޑޭޓުން އަޣުލަބިއްޔަތު ހޯދައި މި އިންތިޚާބަކީ ސަރުކާރަށް ވަރުގަދަ...

February 04, 2020 6
ތަފާތު ނުކުރަން ޕީޕީއެމަށް ވެސް ވޯޓު ފޮށިތައް ދީފި

އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވޯޓު ފޮށިތައް ރޭ...

09 ޖެނުއަރީ

January 09, 2020 123
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.

27 ޑިސެމްބަރ

December 27, 2019 50
އިދިކޮޅު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި: އުމަރު

އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައި އޮތް މަގެއްގައި ކަމަށާއި ހާލަތު ބަދަލު ކުރަން އެހެން ވިސްނުމެއް ނެރެންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 34
ޕީޕީއެމްގެ ހަރަކާތަށް ރެހެންދި ސްކޫލް ދުލެއް ނުކުރި!

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ސްކޫލްތައް ދޫކުރި އުސޫލުން އިދިކޮޅު ޕީޕީއެމަށް އެ ތަންތަން ދޫކުރަން ދެކޮޅު ހެދުމުން އެ ޕާޓީން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

28 އޯގަސްޓް

August 28, 2019 22
ޕީއެންސީ އުވާލުމާ މެދު އަދި ގޮތެއް ނުނިންމާ: އަދުރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2019 16
ކަންބޮޑުވުން ހުއްޓަސް ޕީޕީއެމް ދޫކޮށެއް ނުލަން: ޚަލީލް

ޕީޕީއެމް ހިންގާ ގޮތާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަމަކު އެ ޕާޓީން އަދި ވަކިވެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2019 13
ފެންނަނީ ޔާމީންގެ މަޝްރޫއުތައް އަލުން ހުޅުވާތަން:ސައީދު

ކުރިއަށް އޮތް ފަސް އަހަރު މި ސަރުކާރުން އަލަށް ފަށާނެ މަޝްރޫއެއް ނެތް ކަމަށާއި މިހާރު ވެސް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް ދެ ވަނަ ފަހަރަށް ހުޅުވާ މަންޒަރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖުލައި

July 26, 2019 58
މިނިވަންކަން ގެއްލިދާނެތީ ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

ރާއްޖޭގެ ނިންމުންތަކަށް ބޭރުގެ ބާރުގަދަ ގައުމުތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީ، މިނިވަންކަން ގެއްލިދާނެ ފަދަ އިހްސާސެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

24 ޖުލައި

July 24, 2019 17
ޑީއާރުޕީ ޒުވާންކޮށް، އިދިކޮޅު ވަރުގަދަކުރާނަން:ރިފާއު

ޕީޕީއެމް ދޫކުރައްވައި ޑީއާރުޕީއާ ގުޅިވަޑައިގަތީ އެ ޕާޓީ އަށް ޒުވާނުން އިތުރުކޮށް ސަރުކާރު ޒިންމާދާރުކުރުވުމުގެ ވަރުގަދަ ކޯލިޝަނަކަށް ޖާގަ ހުޅުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ވިދާޅުވެއްޖެ އެވެ.

23 މެއި

May 23, 2019 42
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް...

May 23, 2019 19
މަޖިލީހުގެ ރައީސަކަށް، ޕީއެންސީން ތާއީދުކުރަނީ އަފީފަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާ ވޯޓުގައި އިދިކޮޅު ޕީއެންސީން ތާއީދުކުރާނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ކަމަށް އެ ޕާޓީން...

10 މެއި

May 10, 2019 31
ޕީޕީއެމް/ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް:ހުސެއިން

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދީ، ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުގެނައީ ނަމެއްގައި ކަމަށް ވިދާޅުވެ، ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މިރޭ...

27 އެޕްރީލް

April 27, 2019 66
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2019 19
ޕީއެންސީގެ ކޮންގްރެސް ފަށައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިމީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށާއި އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ބާއްވާ ކޮންގްރެސް މިއަދު ފަށައިފި އެވެ.