17 ފެބުރުއަރީ

February 17, 2019 52
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ދިން ޓިކެޓްތަކަށް ބަދަލު އައުމާ އެކު، އެ ދެ ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2019 22
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް

ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ ދެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

01 ފެބުރުއަރީ

February 01, 2019 20
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) މިރޭ ރަޖިސްޓަރީ ކޮށްދީ، ސިޔާސީ ހަރަކާތްތައް އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

31 ޖެނުއަރީ

January 31, 2019 8
ޔާމީންގެ ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް ދީފި

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިލެކްޝަންސް ކޮމިޝަން (އީސީ) ން މިރޭ ރަޖިސްޓަރީ ކޮށްދީފި އެވެ.

28 ޖެނުއަރީ

January 28, 2019 43
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް

ސިޔާސީ މަސައްކަތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 55
ޕީއެންސީގެ މަގްސަދަކީ ވެރިކަމާ ހަވާލުވުން: އަދުރޭ

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ މަގްސަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޖަވާބުދާރީ ކުރުވައި، ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ރާއްޖޭގެ...

January 27, 2019 23
ޕީއެންސީގެ ރައީސަކަށް އަބްދުއްރަހީމް ހަމަޖައްސައިފި

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ވަގުތީ ނައިބު ރައީސަކަށް ކުރީގެ...

24 ޖެނުއަރީ

January 24, 2019 13
ފިއްތުންތަކާ އެކު ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އެކި ސަބަބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ން ނުދީ ހިފެހެއްޓުމާ ގުޅިގެން، އެ ޕާޓީގެ އިސްބޭފުޅުންނާއި ތަފާތު އެހެނިހެން ފަރާތްތަކުން ކުރަމުން އައި ޕްރެޝަރުތަކާ އެކު، އެންމެ ފަހުން ޕީއެންސީ އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން...

23 ޖެނުއަރީ

January 23, 2019 9
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ

ޕީޕީއެމްގެ ދަރަންޏަކީ އަށް މިލިއަން ރުފިޔާ ކަމަށާއި ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރުމާ އެކު އެ ދަރަނި އަދާކުރާނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

January 23, 2019 16
ޕީއެންސީ ރަޖިސްޓްރީ ނުކޮށްދެނީ ޒާތީވެގެން: އަދުރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް ފާޑުކިޔުމުން އެކަމާ...

January 23, 2019 37
ޕީއެންސީގެ ހުއްދަ ލަސްކޮށް މެމްބަރުން "ތާށިކޮށްފައި"!

ޕީޕީއެމްގެ ގާނޫނީ މައްސަލަތައް ދިގުލައިގެން ދާތީ ފަރުވާއެއް ހޯދަން އުފައްދާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުން ލަސްވެ،...

22 ޖެނުއަރީ

January 22, 2019 17
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި

ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި 4،000 ފޯމުގެ ތެރޭގައި ސައްހަ 3،000 ފޯމު ނުހިމެނޭތީ އެ ޕާޓީން އާ ފޯމުތަކެއް ހުށަހަޅައިފި އެވެ.

21 ޖެނުއަރީ

January 21, 2019 52
"ނާށިގަނޑަށް ލާރިއެއް ވައްޓާލައިފި ނަމަ ހިފަން ތައްޔާރު"

ނާށިގަނޑު ހިފައިގެން މަގުމައްޗަށް ސަލާން ޖަހަން ނުކުންނަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މަޖުބޫރު ކުރުވާފައިވާ ކަމަށާއި އެ ހާލަތުގައި "ނާށިގަނޑަށް ބޮޑު ލާރިއެއް ވައްޓާލިއަސް" ގަބޫލުކުރަން ޖެހޭ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 40
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟

ރިޔާސީ އިންތިޚާބާ އެކު ދަރަނިވެފައި އޮތް ޕާޓީއެއް މުހިއްމެއް ނޫނެވެ. ބޭނުންވީ ސިޔާސީ ބާރުވެރިކަން އަލުން ހޯދާނެ ގޮތެކެވެ. ޕީޕީއެމް ހިންގުން ހުއްޓާލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވުޖޫދުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ އިސް ބޭފުޅުން ފެއްޓެވީ އެ ވިސްނުމުގަ އެވެ.

14 ޖެނުއަރީ

January 14, 2019 10
ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

10 ޖެނުއަރީ

January 10, 2019 39
ތަރައްގީ އަށް މި ސަރުކާރުން ކުރާ ކަމެއް ނުފެނޭ:އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.

09 ޖެނުއަރީ

January 09, 2019 38
ދަރަނި އޮއްވައި ޕާޓީ ދޫކޮށް ދިއުމަކީ ސަގާފަތް: އަދުރޭ

ޕާޓީގެ ދަރަނި އޮއްވައި ލީޑަޝިޕް ޕާޓީ ދޫކޮށް ދިއުމަކީ ރާއްްޖޭގެ ސަގާފަތް ކަމަށާއި ޕީޕީއެމްގެ ދަރަނީގެ ވާހަކަ ދައްކާކަށް ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި އެޕާޓީގެ މެމްބަރު ކަމުން ދާދި ފަހުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގެންނެވި އަބުދުއްރަހީމް އަބްދުﷲ...

30 ޑިސެމްބަރ

December 30, 2018 41
ޔާމީންގެ އާ ޕާޓީ ވަރުގަދަކުރަން ޕީޕީއެމް ހުއްޓުމަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ވަރުގަދަކުރައްވަން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތާ އެކު، ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2018 44
ޔާމީންގެ ޕާޓީ އަށް 3،000 މެމްބަރުން ހަމަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނުތާ އެއް ދުވަސް ވެސް ނުވަނީސް، 3،000 މީހުން...

December 27, 2018 25
ޔާމީންގެ އާ ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ މިއަދު ދީފި އެވެ.

09 ޑިސެމްބަރ

December 09, 2018 70
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ...

20 ނޮވެމްބަރ

November 20, 2018 43
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި

ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމްގައި، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

12 ނޮވެމްބަރ

November 12, 2018 39
ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!

ރިޔާސީ އިންތިޚާބުގެ ކުރިން، ގައުމީ ހުރިހާ މުނާސަބަތުތަކުގައި ވެސް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަ އެވެ. ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދިނުމާއި ގައުމީ މަސްލަހަތު އިސްކުރުމާއި މިނިވަން ގައުމެއްގެ ގޮތުގައި ހަމަޖެހުމާ އެކު ރާއްޖެ ބާއްވަން ބޭނުންފުޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަ އެވެ. އެކަމަކު، މިދިޔަ...

08 ނޮވެމްބަރ

November 08, 2018 26
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.