22 އޮކްޓޯބަރ

October 22, 2016 56
މައުމޫންގެ މެސެޖް: އިންސާފުން މައްސަލަ ނިންމައިދީ!

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ނިންމައިދޭން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.

20 އޮކްޓޯބަރ

October 20, 2016 19
އިލްހާމް އަލުން ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ވެރިކަން ކުރާ ޕީޕީއެމް އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016 10
ވަހީދު، ސުޖާއު ޕީޕީއެމްގެ ވައިބަ ގްރޫޕުން ބޭރުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު...

October 19, 2016 44
ކޯލިޝަންގެ ހަ މެމްބަރަކު ސަރުކާރާ ދެކޮޅަށް ވޯޓު ދީފި

ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ސަރުކާރު ކޯލިޝަންގެ ހަ މެމްބަރަކު ވިޕާ ހިލާފުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2016 45
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވައްޑެ އާއި ނާދިރާ

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ދެ ބޭފުޅަކު މިރޭ ހަމަޖައްސަވައިފި އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި އައިމިނަތު ނާދިރާ އެވެ.

17 އޮކްޓޯބަރ

October 17, 2016 52
ދެ ފެކްޝަނާ އެކު "އަސްލު ޕީޕީއެމް" އޮޅިއްޖެ!

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ކޯޅުން ހައްލު ނުވެ، ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި ދެ ފެކްްޝަން ރަސްމީކޮށް އުފެދި "އަސްލު...

October 17, 2016 21
"ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން"

ވެރިކަންކުރާ ޕީޕީއެމް ދެ ފަޅިވެ، ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައިވާ އިރު އޭގެ ތެރެއިން ރަނގަޅީ ކޮން ބައެއްކަމާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތުން ފޮނުވާ ލިއުންތައް ލިބުމުން...

16 އޮކްޓޯބަރ

October 16, 2016 21
ރާއްޖޭގެ ޑިމޮކްރެސީ ފުނޑުމުގެ ބިރު ބޮޑުވެއްޖެ: ޔޫއެސް

ވެރިކަން ކުރާ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ކޯޓުން މިއަދު ހަވާލުކުރުމުން ރާއްޖޭގެ ޑިމޮކްރެސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ އެމެރިކާ އިން މިރޭ ފާޑުކިޔައިފި އެވެ.

October 16, 2016 43
ޕާޓީ އާއި ރައްޔިތުންގެ ދިފާއުގައި ހުންނާނަން: މައުމޫން

ޕީޕީއެމް ރޫޅި ކުދިކުދި ވެގެން ގޮސްގެން ނުވާނެ ކަމަށާއި ޕާޓީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ...

October 16, 2016 53
މައުމޫންގެ ނިންމެވުން ސައްހައެއް ނޫން: ނިހާން

ޕީޕީއެމްގެ ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރަކު ވަކިކުރެއްވީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ޕާޓީގެ...

13 އޮކްޓޯބަރ

October 13, 2016 8
ފައިސާގެ މައްސަލާގައި ޕީޕީއެމް އިދިކޮޅު ޕާޓީތަކާ އެކު

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލާގައި، ސަރުކާރު ހިންގާ ޕީޕީއެމް އިން އިދިކޮޅު ޕާޓީތަކާ އެއްގަލަށް އަރައި، އިލެކްޝަންސް ކޮމިޝަނަށް މިއަދު...

October 13, 2016 40
އިންތިހާބުތަކާ ގުޅޭގޮތުން މައުމޫނަށް ގޮންޖައްސަވައިފި

ރައީސް އަބްދުﷲ ޔާމީނާ އެކު ވަކި ބޭފުޅަކު ނެތަސް 2018ގެ ރިޔާސީ އިންތިހާބާއި ދެން ކުރިއަށް ހުރި އިންތިހާބުތައް ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ...

12 އޮކްޓޯބަރ

October 12, 2016 11
އީސީގައި ތިއްބެވީ ކުފޫ ހަމަވާ ބައެއް ނޫން: ޝިފާޒު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެފަދަ ކޮމިޝަނަކަށް ކުފޫ ހަމަވާ ބޭފުޅުންތަކެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

October 12, 2016 3
ލަފާދޭ ކޮމެޓީއަށް ނަން ނުފޮނުވަނީ ޕީޕީއެމުން އެކަނި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވައިލާ ގައުމީ ލަފާ ދޭ ކޮމެޓީގައި މިހާތަނަށް ބައިވެރިނުވަނީ ހަމައެކަނި ޕީޕީއެމުން ކަމަށް އެ ކޮމިޝަނުން...

October 12, 2016 30
ޕާޓީތައް ދެކެ ހިތްހަމަނުޖެހި، ފައިސާ ދިނުން ފަސްކޮށްފި

ސިޔާސީ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިތްހަމަނުޖެހުން ފާޅުކޮށް، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާ ދިނުން ފަސްކޮށްފައިވާ...

11 އޮކްޓޯބަރ

October 11, 2016 30
ސަރުކާރުގެ ޝަރުތުތަކާ ހެދި ޕާޓީތައް ހިތްހަމަނުޖެހިއްޖެ!

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2016 26
މައުމޫން "ބާކީކުރާތީ" ވައްޑެގެ ވަރުގަދަ ސުވާލުތަކެއް!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މެދު އެ ޕާޓީގެ ކައުންސިލް މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު "ބާކީކުރައްވާ" މައްސަލާގައި ކައުންސިލް...

October 09, 2016 42
އަސްމާ އާއި ޝުޖާއު މާފަށް އެދިވަޑައިގެންފި

މިދިޔަ ޖުލައި މަހު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުން މެމްބަރުން ނުކުމެވަޑައިގެންނެވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ...

06 އޮކްޓޯބަރ

October 06, 2016 3
ފިންގާޕްރިންޓަށް ދިން މުއްދަތު ހަމަވުމުން ފައިސާ ދޭނެ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް ދިން މުއްދަތު ހަމަވުމުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

05 އޮކްޓޯބަރ

October 05, 2016 21
މަޝްވަރާގެ ޝަރުތު ކަނޑައެޅީ ފާރިސް އަށް އަމާޒުކޮށް؟

ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުން ޝަރުތެއް ކަނޑައެޅީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެ ޕާޓީ އާއި އިދިކޮޅު ބައެއް ޕާޓީތަކުން ވެސް މިއަދު ތުހުމަތުކޮށްފި އެވެ.

04 އޮކްޓޯބަރ

October 04, 2016 28
ކައުންސިލުން ނިންމާ ބަޔަކު މަޝްވަރާއަށް ފޮނުވަން އެދެފި

ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވެ ވަޑައިގަންނަވާނެ ބޭފުޅުން، ޕާޓީތަކުގެ ކައުންސިލްތަކުން ފާސްކުރުމަށް ފަހު ހުށަހެޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 11
ފިންގަޕްރިންޓް މައްސަލަ އިލެކްޝަނާ އެއްކޮޅަށް ނިމިއްޖެ

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް...

October 03, 2016 6
ފައިސާ ހިފަހައްޓަނީ މަދުން ދޭންވެގެން: އަދާލަތު

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޫނުކޮށް ހިފަހައްޓާ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު...

28 ސެޕްޓެމްބަރ

September 28, 2016 30
އަސާސީ ގަވާއިދަށް އެމްޑީޕީން އަމަލުކުރުމަށް އަންގައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް އެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގައިފި އެވެ.

September 28, 2016 1
އިސްލާހީ މަސައްކަތަށް ކޮމެޓީތަކުން ތާއީދު: ޕީޕީއެމް

ޕީޕީއެމް އިސްލާހުކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަށްޓަވާފައިވާ މަސައްކަތަށް އެ ޕާޓީގެ ކޮމެޓީތަކުގެ ތާއީދު އެބައޮތް ކަމަށް ޕީޕީއެމުން މިއަދު...

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ...

25 ސެޕްޓެމްބަރ

September 25, 2016 47
އިންތިހާބުގައި ނަޝީދަށް ވާދަކުރެވޭނެ ކަން ޔަގީން: އިބޫ

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2016 5
ޕީޕީއެމްގެ ފައިސާ ޖަމާކޮށްދޭން އީސީގައި އެދެފި

ދައުލަތުގެ ބަޖެޓުން މި އަހަރު ޕީޕީއެމަށް ކަނޑައެޅި ފައިސާ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ޕާޓީގެ އެކައުންޓަށް ޖަމާކޮށްދޭން ޕީޕީއެމުން މިއަދު އިލެކްޝަންސް ކޮމިޝަން...

September 22, 2016 2
ސުލޫކީ ކޮމެޓީގެ މަސައްކަތްތަކުގެ ތަފްސީލް ދޭން އެދެފި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ކުރާ މަސައްކަތްތަކުގެ ތަފްސީލް ހޯދަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

21 ސެޕްޓެމްބަރ

September 21, 2016 31
އެމްޑީޕީ އޮފީހުން އަލްހާން ނުނިކުތް މައްސަލަ ހޫނުވެއްޖެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީ އޮފީސް ތެރެއަށް ވަދެވަޑައިގެން ނުނިކުމެ އިންނެވުމުން މައްސަލަ ހޫނުވެއްޖެ އެވެ.

September 21, 2016 4
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފެށުމަށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގައި، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން...