12 ޖުލައި

July 12, 2016 9
ފާރިސް ވަކިކުރަން ސުލޫކީ ކޮމެޓީން އެދެފި

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށާއި އެހެންވެ އެކަން...

July 12, 2016 15
މައުމޫނަށް ދައުވާކުރި މެންބަރުން ސްލޫކީ ކޮމިޓީއަށް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީ "ހައިޖެކްކޮށްފައިވާ" ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ދެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ސުލޫކީ...

11 ޖުލައި

July 11, 2016 14
ޝިފާޒު ހާޒިރުކުރީ ދެއްކި ވާހަކަތަކަކާ ގުޅިގެން: ޕޮލިސް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ޕޮލިހަށް ހާޒިރުކުރީ މީޑިއާއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

July 11, 2016 11
މައުލޫމާތެއް ސާފުކުރަން ޝިފާޒު ޕޮލިހަށް ގެންގޮސްފި

"މައުލޫމާތެއް" ސާފުުކުރަން ކަމަށްބުނެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ޕޮލިހަށް ގެންގޮސްފި އެވެ.

July 11, 2016 3
އިއްތިހާދުގެ ކަންބޮޑުވުންތައް ހިފައިގެން އެންއައިސީއަށް

އިދިކޮޅު އިއްތިހާދުން ހުރަވީ ބިލްޑިން ކައިރީގައި އިއްޔެ ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަށް ފުލުހުން ހުރަސް އެޅުމުން އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ...

10 ޖުލައި

July 10, 2016 10
ގާނޫނާ ހިލާފުވާ ފުލުހުންނަށް ފިޔަވަޅު އަޅަން އެދެނީ

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި (އެންއައިސީ) ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅަން އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.

09 ޖުލައި

July 09, 2016 20
ނަމެއްގައި މިނިވަން މުއައްސަސާތަކެއްގެ ބޭނުމެއް ނެތް!

އެމީހަކު އިޚްތިޔާރުކުރާ ކޮންމެ ވަޒީފާއެއް އަދާކުރުން ނުވަތަ މަސައްކަތެއް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިބިދޭ މުހިއްމު ހައްގެކެވެ. "ހަވީރު" ނޫޙުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އޮތީ އެމީހުންގެ ކިބައިން އެ ހައްގު ނިގުޅައިގެންފަ އެވެ. އެކަމަކު ހައިރާންވާން ޖެހުނީ ދެ އަހަރު...

08 ޖުލައި

July 08, 2016 79
އެެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެ:ޕޮލިސް

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އަންނަ ހޯމަދުވަހުގެ ރޭ މާލޭގައި ހިނގާލުމެއް ބާއްވަން އެ ޕާޓީން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވީ ނަމަވެސް، އެ ހަރަކާތަށް ހުއްދަ ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.

05 ޖުލައި

July 05, 2016 13
"މިސްކިތުގައި ސިޔާސީ ހަރަކާތް ހިންގިޔަކަ ނުދޭނަން"

މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

July 05, 2016 24
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް...

04 ޖުލައި

July 04, 2016 54
"އެ ބޭފުޅާ އަތުގައި ކާލާ މަންނައެއް ނޯންނާނެ"

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރައްވަން ހުންނެވި ބޭފުޅާ އަތުގައި މިފަހަރު "ކާލާ މަންނަ" ނޯންނާނެ ކަމަށް، އުމަރު ނަސީރު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.

July 04, 2016 8
ވޯޓު ދިނީ ޕާޓީގެ އަސާސީ ގަވާއިދުގެ ރޫހާ އެއްގޮތަށް

ޓޫރިޒަމްގެ ބޭނުންތަކަށް އިއުލާނު ކުރުމެއް ނެތި ރަށްތައް ދޫކުރެވޭ އިސްލާހު ފާސް ކުރުމާ ދެކޮޅަށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ...

03 ޖުލައި

July 03, 2016 2
ލޯންޗުގައި ރޯކޮށްލި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރިސޯޓަކަށް ދަތުރު ކުރަމުން ދިޔަ ގަލްފް ކްރާފްޓް ލޯންޗެއްގައި ރޯކޮށްލި...

July 03, 2016 17
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް...

02 ޖުލައި

July 02, 2016 12
އިސްލާހީ އެޖެންޑާގައި ސިޔާސީ ބޭނުމެއް ނެތް: މައުމޫން

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާއެއް އެކުލަވައިލީ ނަމަކަށް ނޫން ކަމަށާއި އޭގެ ފަހަތުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

July 02, 2016 21
ފާރިސްގެ މިވަގުތުގެ އަމާޒަކީ ޕާޓީ އިސްލާހުކުރުން

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މިވަގުތުގެ އަމާޒަކީ އެ ޕާޓީ އިސްލާހުކުރަން ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާ...

July 02, 2016 15
ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް އުމަރު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވަން ބޭނުންްވާކަން އުމަރު ނަސީރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީއަކުން މިރޭ ދަންނަވައިފި އެވެ.

01 ޖުލައި

July 01, 2016 29
ޕީޕީއެމްގެ މަޝްވަރާ މަޖިލިހުން އުމަރު ވަކިކޮށްފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިސްލާހު ކުރުމަށްޓަކައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާއެރުވުމަށް އިއްޔެ އުފެއްދެވި މަޝްވަރާ މަޖިލިހުގެ އުމަރު ނަސީރު މިރޭ...

July 01, 2016 17
މައުމޫންގެ ސިޓީތައް މެމްބަރުންނަށް ކިޔައިދެން: ނިހާން

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުއްވާ ކޮންމެ ސިޓީއެއް އަދި ކޮންމެ އެސްއެމްއެސްއެއް، އެ ގުރޫޕުގެ މެމްބަރުންނަށް އަކުރުން އަކުރަށް...

30 ޖޫން

June 30, 2016 57
"ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިން"

ޕީޕީއެމްގެ އެތެރޭގެ ކަންކަން އޮތީ ބޮއްސުން ލައިފައި ކަމަށާއި ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް...

June 30, 2016 7
މުލިއާގެ ކައިރި ބޮން ބޭއްވި މީހުންނަށް ބޮޑު ހުކުމެއް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް އިތުރު ތިން މީހަކު 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު...

29 ޖޫން

June 29, 2016 44
މައުމޫނަށް ތާއީދުކޮށްގެން ނާދިރާ ވަކިކޮށްފި

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާ...

June 29, 2016 49
ޕީޕީއެމްގެ ކޮމިޓީތައް ހުއްދަ ނެތި ނުބާއްވަން އަންގަވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ނެތި، އެ ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް އެމަނިކުފާނު މިއަދު އަންގަވައިފި އެވެ.

28 ޖޫން

June 28, 2016 17
ރަށްތައް ދޫކުރުމާ ގުޅޭ އިސްލާހު ކޮމިޓީން ފާސްކޮށްފި

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތް ހަދަން ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން...

June 28, 2016
އދ. އަށް ނަސީރު އައްޔަން ކުރަން ރުހުން ދީފި

އދ.ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާއަށާއި ކެނަޑާއަށް ކަނޑައަޅާ ސަފީރު ކަމަށް، މިހާރުގެ ފޮރިން ސެކެރެޓަރީ ޑރ.އަލީ ނަސީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު...

27 ޖޫން

June 27, 2016 44
ޕާޓީތަކުން ނިންމާ މީހުންނަށް 2018ގައި ވާދަކުރެެވޭނެ

ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންނަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

June 27, 2016 58
ނަޝީދުގެ ޖަލު ހުކުމް ރަނގަޅު: ސުޕްރީމް ކޯޓު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަކީ އިތުރަށް...

June 27, 2016 4
ފައިސާ ހޯދަން ބިން ބޭނުންކޮށްގެން ނުވާނެ: މެމްބަރުން

ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ބިން ބޭނުންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ސިފަ ކުރައްވައިފި އެވެ.

26 ޖޫން

June 26, 2016 17
ނަޝީދުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ މާދަމާ ކުރިއަށް ގެންދަން ތާވަލްކޮށްފި އެވެ.

25 ޖޫން

June 25, 2016 7
ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ގާނޫނު ބައްޓަން ކުރަނީ

ސުޕްރީމް ކޯޓުން މީގެ ތިން އަހަރު ކުރިން ނެރުނު ގައިޑް ލައިނާ އެއްގޮތަށް އާންމު އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

24 ޖޫން

June 24, 2016 56
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟

June 24, 2016 39
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް...

23 ޖޫން

June 23, 2016 24
އަދީބާއި ޒިޔަތު 8 އަހަރަށް ހާމިދު 2 އަހަރަށް ޖަލަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު...

June 23, 2016 34
އިދިކޮޅު އިއްތިހާދުން އިންޑިއާގެ އެހީއަށް އެދެފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ މަސައްކަތް ކާމިޔާބު ކުރުމުގައި އިންޑިއާގެ...

21 ޖޫން

June 21, 2016 66
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ...

June 21, 2016 8
ގާނޫނު ނަގަހައްޓަން އުޅޭ މީހަކަށް ޔާމީނާއެކު ނޫޅެވޭނެ: ޖަމީލް

ގާނޫނު ނަގަހައްޓަން މަސައްކަތްކުރާ އެއްވެސް މީހަކަށް ރައީސް އަބްދުﷲ ޔާމީނާއެކު ނޫޅެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.