20 ނޮވެމްބަރ

November 20, 2016 38
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!

ތިން މަސްއޫލުވެރިއެއްގެ ނަން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހަދާފައިވާ ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 1
މެމްބަރު ވައްޑެ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

10 ނޮވެމްބަރ

November 10, 2016 37
ޕްރައިމަރީން ބަލިވުމުން ވާދަކުރާ ނަމަ ފިޔަވަޅު އަޅަނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ނަމަ އެ މީހަކާ މެދު ފިޔަވަޅު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ގޮތެއް ހަމަޖެއްސުމާ މެދު ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

09 ނޮވެމްބަރ

November 09, 2016 10
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް

ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 65
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލާގައި، ޕާޓީގެ ރަސްމީ އޮފީހަށް ކޯޓު އަމުރެއް ނެތި، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަދެ މުދާތައް ގެންދިޔައިރު، ޕާޓީގެ ރައީސްގެ ފެކްޝަނުން ފިޔަވަޅު އަޅައިދޭން އެދުމުން "އަޅާނުލައި" ތިބެފައި، އެއްޗެހިތަކެއް ނައްތައިލުމުގެ ތަހުގީގެއް ކުއްލިއަކަށް ފެށުމުން ފުލުހުންނަށް ފާޑުކިޔުން...

06 ނޮވެމްބަރ

November 06, 2016 40
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއްޔެ ރޭ ބޭއްވި ޖަލްސާގައި އެންމެ އަޅައިގަތް އެއް ކަމަކީ އެ ފެކްޝަނާ އަލުން ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެކި ބޭފުޅުން ގޮވައިލެއްވުމެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެގޮތަށް...

05 ނޮވެމްބަރ

November 05, 2016 13
ފެނުނީ ކޮރަޕްޓުވެ ހާލުގައި ޖެހިފައިވާ މަންޒަރު: ޖަމީލް

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާ އިން ފެނުނީ އެމަނިކުފާނުގެ ވެރިކަން ކޮރަޕްޓުވެ، ހާލުގައި ޖެހިފައިވާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

03 ނޮވެމްބަރ

November 03, 2016 104
މުވައްޒަފުން ގާތު ބުނަނީ މެނިފެސްޓޯއާ ބެހޭ ޖަލްސާއެކޭ

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން "އަސްލު" ޖަލްސާގެ ނަމުގައި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕްރޮމޯޓް ކުރަމުންދާ ޖަލްސާ އަށް ސަރުކާރުގެ މުވައްޒަފުން ދާން އަންގަނީ އެއީ މެނިފެސްޓޯ ތަންފީޒުކުރުމާ ގުޅޭ ޖަލްސާއެއް ކަމަށް ބުނެ ކަން ހާމަވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2016 139
ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން "އަސްލު ޖަލްސާ" ނަމުގައި އަންނަ ހުކުރު ދުވަހު ރޭ ކާނިވަލުގައި ބާއްވާ ޖަލްސާ އަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގައި، ނުދާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ބައެއް ކުންފުނިތަކުގެ މުވައްޒަފުން މިއަދު ބުނެފި...

November 02, 2016 64
ފާރުގައި ހުރި ހުތުރު ބަސްތަކުން މައުމޫނަށް އަސަރުކޮށްފި

ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި މުދާތައް ގަދަކަމުން ބޭރުކުރުމަށް ފަހު، އެމަނިކުފާނާއި ޕާޓީގެ އާއްމު މެމްބަރުންނަށް ނިސްބަތްކޮށް އޮފީސް ތެރޭގައި ހުތުރު...

November 02, 2016 25
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު...

01 ނޮވެމްބަރ

November 01, 2016 12
މައުމޫންގެ މަސައްކަތްތައް ކުރިއަށް ގެންދަން ތެމާ ދީފި

ޕީޕީއެމްގެ އޮފީސް ހިންގި ހ. ތެމާގެ ބައެއް ހަ މަސް ދުވަހަށް، އެ ޕާޓީގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫނަށް ކުއްޔަށް ދިނުމަށް ގޭގެ ވެރިފަރާތުން މިއަދު ނިންމައިފި އެވެ.

31 އޮކްޓޯބަރ

October 31, 2016 51
ޣައްސާން ވަޑައިގަތީ ރައީސް ޔާމީންގެ ކައުންސިލަށް!

ރައީސް އަބްދުﷲ ޔާމީން ފެކްޝަނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން މިރޭ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން ބޭއްވިއިރު، އެ ޕާޓީގެ މުސްތަޝާރު އަދި...

October 31, 2016 3
އިންތިހާބުގެ ފޯމުތައް ވެސް ޔާމީން ފެކްޝަނުން ގެންދިޔަ!

ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ކޯޓު އަމުރެއް ނެތި ގަދަކަމުން، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ގެންދިޔައިރު، ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުށަހަޅާފައިވާ ފޯމުތައް...

30 އޮކްޓޯބަރ

October 30, 2016 17
"ޔާމީން ފެކްޝަނަށް ހިމާޔަތް ދިނީ ގާނޫނާ ހިލާފަށް"

ޕީޕީއެމްގެ މުދާތައް ބަޔަކު ގެންދިޔައިރު، ފުލުހުން ވަކި ފެކްޝަނެއް "ހިމާޔަތްކޮށް" ބަލަހައްޓައިގެން ތިބުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2016 17
މައުމޫން ފެކްޝަނުން ފުލުހަށް މައްސަލަ ހުށަހަޅައިފި

ޕީޕީއެމްގެ އޮފީހަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނުވަދެވި، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަދެ، އެއްޗެހިތައް ނެރެގެން ގޮސްފައިވާ އިރު، މައުމޫންގެ ފަރާތްޕުޅުން ފުލުހަށް މިރޭ މައްސަލަ ހުށަހަޅައިފި އެވެ.

October 28, 2016 5
"މައްސަލަ އުފެދުނީ ޕީއޭ މެމްބަރުންތަކަކާ ހެދި"

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި މައްސަލަ އުފެދުނީ އެ ޕާޓީގެ ފިކުރު ދިމާ ނުވާ، ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މެމްބަރުންތަކެއް ޕީޕީއެމާ ގުޅުމުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން...

October 28, 2016 32
ނަޝީދު، ނާޒިމް، އިމްރާނަށް ޓެރަރިޒަމް ދައުވާނުކުރެވޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދިގު މުއްދަތުގެ ޓެރަރިޒަމް ހުކުމް...

27 އޮކްޓޯބަރ

October 27, 2016
މައުމޫންގެ ބާރުތައް އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރުތައް އަތުލި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

October 27, 2016 2
ފާރިސް، ނާދިރާ ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ޕާޓީން ވަކި ކުރި މައްސަލަ ބާތިލް ކުރަން ސިވިލް...

October 27, 2016 19
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި

ޕީޕީއެމްގެ ހަރު މުދަލާއި މެމްބަރުންގެ ޑޭޓާބޭސް އާއި ލިޔެކިޔުންތައް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްދިނުމަށް އެދި، އެ މަނިކުފާނު ފެކްޝަނުން ޕީޕީއެމްގެ ރަސްމީ...

26 އޮކްޓޯބަރ

October 26, 2016 28
ޣައްސާން މި ހައްދަވާ ގޮތެއް ނޭނގުނު!

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު އުފެދިގެން މި އުޅޭ މައްސަލަ އަށެވެ....

October 26, 2016 18
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ހެދި ޕާޓީ ތެރޭގައި މައްސަލަ އުފެދިފައި ވަނިކޮށް، ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ އެ ޕާޓީ ހިންގެވުމަކީ އާއްމު މެމްބަރުންގެ އިންތިހާބީ ހައްގުތައް...

25 އޮކްޓޯބަރ

October 25, 2016 17
އާ ސުލޫކީ ކޮމެޓީއެއް މައުމޫން އެކުލަވާލައްވައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ސުލޫކީ ކޮމެޓީއެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެކުލަވާލައްވައިފި އެވެ.

24 އޮކްޓޯބަރ

October 24, 2016 7
އިންތިހާބަށް ޔާމީން ފެކްޝަނުން ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ހުޅުވާލައިފި އެވެ.

October 24, 2016 16
"އަސްލު ޕީޕީއެމާ މެދު މިހާރު ސުވާލެއް ނުއުފެއްދޭނެ"

ޕީޕީއެމްގެ ލީޑަޝިޕާއި އެ ޕާޓީގެ ސައްހަ ކައުންސިލަކީ ކޮބައިކަމާ މެދު އެއްވެސް މީހަކަށް ސުވާލު އުފެއްދުމުގެ ޖާގައެއް މިހާރު ނެތް ކަމަށް އެ ޕާޓީ އަށް ރައީސް އަބްދުﷲ ޔާމީން...

23 އޮކްޓޯބަރ

October 23, 2016 40
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

October 23, 2016 79
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެ ޕާޓީ ދެބައި ވެފައި ވަނިކޮށް، ޕާޓީ ހިންގުމާ ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން...

October 23, 2016 27
"މައުމޫން ނެތި ޔާމީނަށް ތިން ޕަސެންޓް ވެސް ނުލިބޭނެ"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ލޯބިވާ ބޭބެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އަމަލުފުޅުން ދައްކަވަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި މައުމޫނާ ނުލައި 2018...

21 އޮކްޓޯބަރ

October 21, 2016 6
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޒަމީރު އައްޔަންކޮށްފި

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށް، އެ ޕާޓީގެ ކައުންސިލަށް ރިޔާޒް ރަޝީދު އަދި ޕާޓީއާ އަލަށް ގުޅިވައިގެންނެވި އަހުމަދު އިލްހާމް ރައީސް...

October 21, 2016 16
މައުމޫން ރައީސް ޔާމީނަށް: ޕާޓީ ހިންގެވުން ހުއްޓާލައްވާ

ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރެއްވުން ހުއްޓާލައްވައި ރައީސް ޔާމީން ޕާޓީ ހިންގެވުން...

20 އޮކްޓޯބަރ

October 20, 2016 8
"ބަލައިގަންނާނީ ރައީސް ޔާމީން ފެކްޝަން ހުށަހެޅުންތައް"

ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ ގޮތުގައި ބަލައިގަންނާނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ހުށަހެޅުންތައް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު...

October 20, 2016 10
"ޔާމީން ބާއްވާ ކައުންސިލް ބައްދަލުވުން ޣައިރު ގާނޫނީ"

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކަކީ ސައްހަ ނޫން، ޣައިރު ގާނޫނީ ބައްދަލުވުންތަކެއް ކަމަށް އެ ޕާޓީގެ...