27 މެއި

May 27, 2018 37
ރައީސް ޔާމީނަށް ޓިކެޓް ދިނީ ރަނގަޅަށްތޯ އީސީން ބަލަނީ

ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމީ ރަނގަޅަށްތޯ ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

23 މެއި

May 23, 2018 32
"ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ޚުދުމުހުތާރުކޮށް"

ރިޔާސީ ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް، ހުދުމުހުތާރުކޮށް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2018 4
މައުމޫނަށް ބިރު ދެއްކުމުން ފުލުހުން ފޯރިމަރަނީ

ވަޅި ހިފައިގެން ތިބި ގްރޫޕަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ކައިރިއަށް ރޭ ދަންވަރު ގޮސް ބިރުދެއްކުމުން އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

04 ފެބުރުއަރީ

February 04, 2018 108
މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން: އަބްދުއްރަހީމް

"މިއީ، ކަލޭމެންގެ އެކަނި ގައުމެއް ނޫން، ބޭނުން ގޮތެއް ނުހެދޭނެ" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޒާރު ދެއްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 12
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން...

February 03, 2018 27
12 ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުން: އަމީން އާންމު

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި 12 ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ގަބޫލު...

30 ޖެނުއަރީ

January 30, 2018 25
ޕީޕީއެމާ ގުޅޭގޮތުން މައުމޫނަށް ބަސް ވިދާޅެއް ނުވެވޭނެ

ޕީޕީއެމާ ގުޅޭ ގޮތުން ބަސް ވިދާޅުވުމުގެ އެއްވެސް ހައްގެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މިހާރު ނޯންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2018 94
ޕީޕީއެމް މެމްބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުމެއް

ރައްޔިތުންގެ މަޖިލީހުން ފާސްނުކުރާ ގަވައިދުތަކަށް އަމަލުކުރަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ކޯޅުންގަނޑެއް ހިނގައިފި އެވެ.

23 ޖެނުއަރީ

January 23, 2018 7
އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެއްޖެ: މައުމޫން

ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާ މައުމޫން އަބްދުލް ގައްޔޫމް، އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެންނަވައިފި އެވެ.

21 ޖެނުއަރީ

January 21, 2018 22
ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަޖެހިއްޖެ:ސިނާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގައި ދަށުވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 67
"މަޖުބޫރުކަމެއް ނެތް، އަދިވެސް ހުންނާނީ ރައީސާ އެކު"

ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެމަނިކުފާނާ އެކުގައި ކަމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2017 23
އަޅުގަނޑެއް ނުގެއްލޭ، މާލެ ދެވުނީމާ ފެންނާނެ: ފަލާހް

ޕީޕީއެމުން އޭނާ "ގެއްލިއްޖެ" ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އޭނާ މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2017 32
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ

ޕީޕީއެމުން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.

30 އޮކްޓޯބަރ

October 30, 2017 2
"ޕީޕީއެމުން ވަކިކުރި ކަމަށް ބުނަނީ ކުރީގެ މެންބަރުން"

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހަކީ މާކުރިން ވެސް ޕީޕީއެމުން ވަކިވެފައިވާ ބޭފުޅުން ކަމަށާއި އެހެންވެ އެ ބޭފުޅުން ޕާޓީން ވަކި ކުރުމަކީ މިހާރު އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގުޅިފައިވާ...

October 30, 2017 7
ޕީޕީއެމުން މާ ކުރިން އޮތީ ވަކިވެފައި: މެމްބަރުން

މިދިޔަ ޖުލައި އިން ފެށިގެން ޕީޕީއެމުން ވަކިވެފައިވާ ބަޔަކު އަލުން ޕާޓީން ވަކިކުރަން ނިންމުން ސައްހަ ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު...

October 30, 2017 46
ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.

22 އޮކްޓޯބަރ

October 22, 2017 10
"ފާރިސްއާ ދެކޮޅު ހެކިންނަށް ވަޒީފާގެ ބިރު އެބައޮތް"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިންނަށް ވަޒީފާގެ ގެއްލުމުގެ...

October 22, 2017 14
ދުންޔާގެ މެސެޖް ފާރިސް އަށް: ކެތްތެރިވެ، ހިތްވަރުކުރޭ

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ޖަލަށް ގެންދިއުމާ ގުޅިގެން އެކަމާ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއް ބޭފުޅަކީ އޭނާގެ...

19 އޮކްޓޯބަރ

October 19, 2017 132
ޕީޕީއެމްގެ ޖަލްސާއާ އެކު ވަޒީފާގެ ބިރު ބޮޑުވެއްޖެ

ކާނިވަލުގައި ޕީޕީއެމުން މިރޭ ބާއްވާ "ތައްޔާރު" ޖަލްސާގައި ދައުލަތުގެ މުވައްޒަފުން ބައިވެރި ނުވެއްޖެ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ މުވައްޒަފުންގެ މިއަދުގެ އެންމެ ބޮޑު ސުވާލެކެވެ. ސަބަބަކީ، ޕީޕީއެމުގެ އިސް ބައެއް ބޭފުޅުން މި ޖަލްސާއާ ބެހޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ދެއްވާފައިވާ އިންޒާރުތަކެވެ. ޖަލްސާ އަށް...

18 އޮކްޓޯބަރ

October 18, 2017 47
"އިންތިހާބު ބާއްވާކަށް ނުޅޭ، ބޭނުމަކީ ބިރުދެއްކުން"

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އެ ކޮމިޝަނުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، މި އަހަރު އެ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2017 58
މި މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ؟!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު މި ސަރުކާރުން އަމަލުކުރަނީ، ބައެއް މެމްބަރުންގެ ބަހުން ނަމަ، "ހިތުހުރި" ގޮތަކަށެވެ. މި ތުހުމަތު ކުރާނެ ޖާގަ އިދިކޮޅު ފަރާތްތަކަށް ލިބެނީ މެމްބަރުންތަކެއްގެ ގޮނޑި "ގެއްލިއްޖެ" ކަމަށް ކަނޑައެޅި ގޮތުންނެވެ. މަޖިލީހުގެ ރިޔާސަތު އަބްދުﷲ މަސީހަށް ދިފާއުކޮށްދޭން ސަރުކާރުން ކުރާ މަސައްކަތާ...

05 އޮކްޓޯބަރ

October 05, 2017 46
މެމްބަރު ތޯރިގް އަނެއްކާވެސް ރައީސް ޔާމީން ފަޅިއަށް!

ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އަރާވަޑައިގެންފި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 45
ސައުދު ލަދުގަނެ، މައާފަށް އެދެން ޖެހޭނެ: ސައީދު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ގޮވާލައްވައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2017 65
ވިލިނގިލީ ގޮނޑިއާ މެދު ޝައްކެއް ނުކުރަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.