03 ސެޕްޓެމްބަރ

September 03, 2016 73
"ސްޓީލިން ޕެރަޑައިސްގެ"ގެ ޓީޒާ އާއްމުކޮށްފި

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ޓީޒާ ޔޫޓިއުބްގައި މިއަދު އާއްމުކޮށްފި އެވެ.

31 އޯގަސްޓް

August 31, 2016 44
ޑޮކިއުމެންޓްރީ ޝެޑިއުލުން ނަގައިފި، ދެން ދައްކާނެތަ؟

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ ޕްރޮގްރާމް ގައިޑުން މިރޭ ނަގައިފި އެވެ. އެކަމަކު، ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް އެ ޑޮކިއުމެންޓްރީ ދައްކާނެ ކަމަށް ވެ އެވެ.

29 އޯގަސްޓް

August 29, 2016 106
އަލް ޖަޒީރާ ރިޕޯޓު ޓީވީން ދެއްކުން އާދިއްތަ ދުވަހު

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ ޓީވީން ދެއްކުން އަންނަ އާދިއްތަ ދުވަހަށް އަވަސްކޮށްފި އެވެ.

28 އޯގަސްޓް

August 28, 2016 79
ނިއު ޔޯކް ޓައިމްސްގެ ތުހުމަތު ސަރުކާރުން ދޮގުކޮށްފި

ތެލުގެ ވަގު ވިޔަފާރީގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަަޑައިގެންނެވި ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސް އިން އިއްޔެ ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.

24 އޯގަސްޓް

August 24, 2016 73
އަލް ޖަޒީރާ ރިޕޯޓު ޓީވީން ދައްކާނީ އަންނަ މަހު 6ގައި

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ އަންނަ މަހުގެ ހައެއްގައި އެ ޓީވީން ދައްކަން ނިންމައިފި އެވެ.

22 އޯގަސްޓް

August 22, 2016 46
އަލް ޖަޒީރާގެ ރިޕޯޓަށް ސަރުކާރުގެ ބަސް ހޯދަން އެދިއްޖެ

ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ހަދާ ޑޮކިއުމެންޓްރީއަށް ސަރުކާރުގެ ބަސް ހޯދަން އިއްޔެ އެދިއްޖެ އެވެ.

21 އޯގަސްޓް

August 21, 2016 81
"ފައިސާ އަށް ރިޕޯޓު ހެދި، ހެކި ހުރިއްޔާ ކޯޓަށްދޭ"

ދިވެހި ސަރުކާރުގެ އަގު ވައްޓާލުމަށް ބޭރު މީހުންނަށް ފައިސާ ދީގެން ކުރިން ވެސް ތަފާތު ރިޕޯޓުތައް ނެރެފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުން ހިޔާނާތާއި ވައްކަން ކުރާ ކަމުގެ ހެކި ހުރި...

August 21, 2016 32
"އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކޮމެންޓަކަށް ނޭދޭ"

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓަށް ސަރުކާރުގެ...

20 އޯގަސްޓް

August 20, 2016 212
ސަރުކާރުގެ ހިޔާނާތާ ބެހޭ ރިޕޯޓެއް އަލް ޖަޒީރާ އިން

ދިވެހި ސަރުކާރު ތެރޭގައި ހުރި ހިޔާނާތާއި ވައްކަން ކުރުމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރާކަން ހާމަވާ "އާ ހެއްކާ އެކު" ތަހުގީގީ ރިޕޯޓެއް މި މަހު 30 ގައި ލަންޑަންގައި ނެރޭ ގޮތަށް، އަލް ޖަޒީރާ އިން ހަމަޖައްސައިފި އެވެ.

21 ޖުލައި

July 21, 2016 32
ރައީސް އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

20 ޖޫން

June 20, 2016 26
ޑޮލަރު ޖަމާކުރި މައްސަލަ ރައީސް ހައްޔަރުކޮށް ބަލައިދޭން އެދެފި

މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނާ މައްސަލަ، އެމަނިކުފާނު ހައްޔަރުކޮށްގެން ބަލައިދިނުމަށް އިދިކޮޅު އިއްތިހާދުން ރަސްމީކޮށް މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

13 ޖޫން

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ...

23 މެއި

May 23, 2016 9
އުމަރު އަދިވެސް "ހުދު ވަލުގައި" ހިފަހައްޓައިގެން

ސިޔާސީ ދާއިރާ އަށް އުމަރު ނަސީރު ވެންނެވި އިރު އޭނާ ފެނުނީ ގޮތްދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކި މީހަކު ހިތްހަމަޖައްސަވަން ވަކި ގޮތަކަށް ވާހަކަ އަނބުރާ ނުލައްވާނެ ސިފަތަކެއްގަ އެވެ. އެކަމަކު އޭނާގެ އެ މިޒާޖު މިހާރު ވެސް އެބަ ހުރި ކަމަށް ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެމީހުންގެ ބަހުން ނަމަ "މިހާރު އުމަރު ބަދަލުވެއްޖެ" އެވެ.

18 މެއި

May 18, 2016 1
ފިލައިގެން އުޅޭ އޮއިއްޓޭއަށް ފަހުގެ އިންޒާރު ދީފި

ޓެރަރިޒަމާއި ހަނގުރާމަވެރި ހަތިޔާރާއި ގޮވައި ތަކެތި ގެންގުޅުމާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގައި ހޯދަމުން އަންނަ ގ. އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓޭ) 36، ކުރިއަށް ދެ ހަފުތާ ތެރޭގައި ރާއްޖެ ނައިފިސްފި ނަމަ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.