28 ނޮވެމްބަރ

November 28, 2020 5
އިސްތިއުނާފް ލަސްކުރުމަކީ އިންސާފު ނުލިބޭނެކަމުގެ ހެކި

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިންމާ ލަސް ކުރުމަކީ އެމަނިކުފާނަށް އިންސާފު ނުލިބޭނެ ކަމުގެ ހެއްކެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2020 13
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

18 ނޮވެމްބަރ

November 18, 2020 10
ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން މިިއަދު ކެންސަލްކޮށްފި އެވެ.

16 ނޮވެމްބަރ

November 16, 2020 10
ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދެ ވަނަ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2020 20
ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އެންގިން: އިމްރާން

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް، ގޭބަންދަށް ގާނޫނީ ގޮތުން ބަދަލުކުރެވޭނެ ގޮތް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 9
އާޒިމާއަށް ކުރާ ދައުވާއަށް އަންނަ މަހު ގޮތެއް ނިންމަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ކުރިއަށް ގެންދިއުމާ މެދު އަންނަ މަހު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2020 21
އާޒިމާގެ ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

21 ސެޕްޓެމްބަރ

September 21, 2020 15
އެކައުންޓް ދޫކޮށްލި މައްސަލާގެ އަޑުއެހުން ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

12 އޯގަސްޓް

August 12, 2020 54
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި އަމަލުކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މުދާ ދައުލަތަށް ނެގުމަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

28 ފެބުރުއަރީ

February 28, 2020 95
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ސުވާލުކޮށް ބަޔާން ނަގަން ކަމަށާއި ޝަރީއަތުގައި އޮތް މައްސަލައެއްގައި ޔާމީނާ ސުވާލު ނުކުރާ ކަމަށް ބުނެ އެ މަނިކުފާނުގެ ވަކީލުންނަށް...

28 ޖެނުއަރީ

January 28, 2020 45
ބޭރުން ފަރުވާ ބޭނުން މައްސަލަތަކެއް އެބަަ ހުރި: ޔާމީން

ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 23
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު...

28 ނޮވެމްބަރ

November 28, 2019 211
ޔާމީން ކުށްވެރިވެ 5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަަރިންގެ ދައުވާގެ ޝަރީއަތް ނިމި މިއަދު، ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރާނެ އެވެ. މިއީ ހިޔާނާތުގެ ތުހުމަތެއްގައި ރާއްޖޭގެ ކުރީގެ ރައީސަކު ކޯޓަށް ހާޒިރުކޮށް، ހުކުމް އިއްވާ ފުރަތަމަ ފަހަރެވެ.

17 ނޮވެމްބަރ

November 17, 2019 37
"ބޮން ހަރުކޮށްގެން ނަޝީދު ގޮއްވާލަން އަދީބު އުޅުނު"

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް، ގެއްލުވާލާފައިވާ...

November 17, 2019 23
އާ ބެންޗާ އެކު ޔާމީންގެ މައްސަލާގެ ހުކުމް 28 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން އަލަށް އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗާ އެކު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އަނެއްކާ ވެސް...

16 ނޮވެމްބަރ

November 16, 2019 88
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި، ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ގާޒީ އަލީ ރަޝީދަށް އިންނެވުމުގެ ފުރުސަތެއް ނެތް ކަމަށާއި ޔާމީންގެ މައްސަލައިން އެ ފަނޑިޔާރު ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް މެމްބަރު ޑރ....

14 ނޮވެމްބަރ

November 14, 2019 19
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރުމަށް ފަހު އެ ކޯޓް ހިންގެވުމާ ހަވާލުކޮށްފައިވާ ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ލަސްވަމުންދާ ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އިދިކޮޅު...

12 ނޮވެމްބަރ

November 12, 2019 35
ޔާމީންގެ ޝަރީއަތަށް ބެންޗެއް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

November 12, 2019 43
ގާޒީ އަލީ ރަޝީދުގެ ގެއަށް ކޯރާޑިއަކުން ގެއްލުން ދީފި

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުޅުމާލޭގައި ދިރިއުޅުއްވާ ފްލެޓުގެ ދޮރަށް ކޯރާޑިއަކުން ރޭ ގެއްލުން ދީ، ލިއުމެއް ލިއެފައިވާ މައްސަލަ ފުލުހުން ތަހުގީގު...

07 ނޮވެމްބަރ

November 07, 2019 22
ޔާމީންގެ ޝަރީއަތް މި މަހު 17 އަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

05 ނޮވެމްބަރ

November 05, 2019 35
ޔާމީންގެ ހުކުމަށް ގައުމު ހުއްޓިފައި

މުޅި ރާއްޖެ، މިއަދު ހުއްޓިފައި މިއޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމަށެވެ. ޓީވީން ވަގުތުން ދެއްކި ރާއްޖޭގެ ފުރަތަމަ ޝަރީއަތުގެ ހުކުމް އިއްވުން، ކްރިމިނަލް ކޯޓުގައި މިއަދު އޮންނަ އިރު، ހުކުމް އަތުވެދާނެ ގޮތަކާ މެދު އެކި މީހުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.