26 ނޮވެމްބަރ

November 26, 2020 12
ފަނޑިޔާރަށް ޝުޖާއު އިންޒާރު ދިން މައްސަލަ ބަލަން ޖެހޭ

އިދިކޮޅު ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށް ލާނެ ކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިންޒާރު ދެއްވި މައްސަލަ ބަލަން ފަނޑިޔާރުންގެ...

November 26, 2020 13
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި...

18 ނޮވެމްބަރ

November 18, 2020 10
ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން މިިއަދު ކެންސަލްކޮށްފި އެވެ.

16 ނޮވެމްބަރ

November 16, 2020 10
ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދެ ވަނަ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

11 ނޮވެމްބަރ

November 11, 2020 48
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް

ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެއްވެސް ޑީލެއްގެ ދަށުން ދޫކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ލުޔެއް ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާތައް ނިމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2020 17
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އަށް މަގުފަހިކޮށްދިން މައްސަލަ ކްރިމިނަލް ކޯޓުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުން އާޒިމާގެ ފަރާތުން ހައި ކޯޓަށް...

20 އޮކްޓޯބަރ

October 20, 2020 9
އާޒިމާއަށް ކުރާ ދައުވާއަށް އަންނަ މަހު ގޮތެއް ނިންމަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ކުރިއަށް ގެންދިއުމާ މެދު އަންނަ މަހު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

06 އޮކްޓޯބަރ

October 06, 2020 39
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟

މުޅި ދައުލަތް ކިލަނބުކޮށްލި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފް މުހިއްމެއް ނޫނެވެ. އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ. މި ޔަގީންކަން އޮއްވައި، އަދީބާއި...

27 ސެޕްޓެމްބަރ

September 27, 2020 21
އާޒިމާގެ ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

24 އޯގަސްޓް

August 24, 2020 19
އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް، އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެކަން ފަހިކޮށްދީފި އެވެ.

17 އޯގަސްޓް

August 17, 2020 2
ޔާމީންގެ ވަކީލުންގެ މައްސަލާގައި އަމުރެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް އަމުރުކޮށްފައި ނުވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

16 އޯގަސްޓް

August 16, 2020 23
ވަކީލުންނަށް ޔާމީނާ ބައްދަލު ނުވާތީ ޝަރީއަތް ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ މިއަދު ފަސްކޮށްފި އެވެ.

15 އޯގަސްޓް

August 15, 2020 26
"ވަކީލުންނާ ބައްދަލުނުވެ، ޝަރީއަތް ފަށާތީ ކަންބޮޑުވޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާ ބައްދަލުނުވާތާ އެތައް ދުވަހެއް ވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެދިފައިވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކުރުމުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން މިރޭ ފާޅުކޮށްފި އެވެ.

14 އޯގަސްޓް

August 14, 2020 35
ޔާމީނަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

12 އޯގަސްޓް

August 12, 2020 15
ޔާމީންގެ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން މީރާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ހޯދަން އެޓާނީ...

August 12, 2020 54
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި އަމަލުކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މުދާ ދައުލަތަށް ނެގުމަށް ކަމަށް ބުނެ އިދިކޮޅު...

17 ޖުލައި

July 17, 2020 70
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"

ރާއްޖޭގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

15 ޖުލައި

July 15, 2020 35
ފަރުވާއަށް ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ: ވަހީދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާއި ފަރުވާ އަށް އެ މަނިކުފާނު ގެއަށް ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ގޮވާލައްވައިފި އެވެ.

09 ޖުލައި

July 09, 2020 39
ޔާމީނަށް ކުރި ޖޫރިމަނާގެ ފައިސާ ހޯދަން އޭޖީން ކޯޓަށް

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

29 ޖޫން

June 29, 2020 34
"ޔާމީނަށް ދައުވާކުރީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އާ ދައުވާތަކެއް ކުރަނީ ސަރުކާރުގެ ނާބިލްކަމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވާތީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަންވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

19 އެޕްރީލް

April 19, 2020 69
ހަމަނުޖެހުމާ އެކު ޔާމީން ގެއަށް ބަދަލުކުރަން ގޮވާލައިފި

މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގުމަކީ އެތަނުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ނުރައްކާ އޮތް ކަމެއް ކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލުކުރަން ޕީޕީއެމާއި ޕީއެންސީން އިއްޔެ ގޮވާލައިފި އެވެ.