04 އޯގަސްޓް

August 04, 2020 31
ސިޔާމްގެ ލޯނުގެ މައްސަލާގައި އަމީރާ ސުވާލުކުރަނީ

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރަން...

22 ޖުލައި

July 22, 2020 74
އިންޑިއާއިން ގެންނަން އުޅެނީ ޑޯނިއާ ބޯޓެއް: ސަރުކާރު

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ މިލިޓަރީ އެއާކްރާފްޓެއް ނޫން ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުން އެއްބަސްވި ޑޯނިއާ ބޯޓު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

27 ޖޫން

June 27, 2020 127
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، މަޝްހޫރު ނަމުން ނަމަ "7،000 ފްލެޓް" ވެފައި މިވަނީ، އެއަށް ފާޑެއް ވެސް ނުކިޔޭވަރުގެ ތަނަކަށެވެ. އެތަނުގެ ޖާގަ ކުޑަ ވާހަކަ ބުންޏަސް، އެއިން އިމާރާތެއްގައި އެހާ ގިނަ ބަޔަކު އުޅުމަކީ ބޮޑު ތޮއްޖެއްސުމެއް ކަމަށް ބުންޏަސް، އެތަނުގައި ހުންނަނީ ތިން ލިފްޓޭ...

25 ޖޫން

June 25, 2020 210
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން

ރީތި ކުލަތަކުން ބޭރު ފުރިހަމަ 25 ބުރީގެ އުސް ޓަވަރުތަކެވެ. އެއް ސަރަހައްދަކުން އެހާ ގިނަ އިމާރާތްތައް އެއްފަހަރާ ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ކައިރި ކައިރީގައި 16 ޓަވަރެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެހާ އުސް އިމާރާތްތަކެއް އެއް ތަނެއްގައި އަދި ނެތެވެ.

07 ޖޫން

June 07, 2020 57
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ

ހުޅުމާލޭގައި ޕީޕީއެމް ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓަށް ދިޔަ ހަރަދާ އެކު، މަހެއްގެ މައްޗަށް 5،600ރ. އަށް ކުއްޔަށް ދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

23 މެއި

May 23, 2020 69
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް

މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

28 ފެބުރުއަރީ

February 28, 2020 226
އިދިކޮޅު ޖަލްސާގެ ގޮނޑިތައް ފުރާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އިދިކޮޅުން މިރޭ ބާއްވާ ޖަލްސާ އަށް ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްްގެ މީހުންނާ އެކު ކާނިވާ ސަރަހައްދު ފުރާލައިފި އެވެ.

21 ފެބުރުއަރީ

February 21, 2020 46
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ:އިދިކޮޅު

ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށާއި އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަމަށް ޕީޕީއެމުން ޖާގަ ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2020 65
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟

މިދިޔަ ހުކުރުދުވަހުގެ ރެއިން ފެށިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ. ޖަލުގައި ރަނގަޅަށް ފަރީއްކުޅުއްވަން ލިބިވަޑައިނުގަންނަވާތީ އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގަތުމުން ހިތްދަތިވެ ރޮވުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

27 ޖެނުއަރީ

January 27, 2020 58
ޔާމީނަށް އިހްސާންތެރިއެއް ނުވޭ، ދެނީ އަނިޔާ: އަދުރޭ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ހުކުމް އިއްވި ސިޔާސީ ގިނަ ބޭފުޅުންނާ މެދު ކޮންމެ ގޮތަކަށް އަމަލު ކުރެއްވި ނަމަވެސް މި ސަރުކާރުން އެމަނިކުފާނާ ދޭތެރޭ އިސްކުރަނީ އިހްސާތެރިކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ރޭ ހިތްހަމަޖެހިވަޑައިނުގެން އެ ވާހަކަތައް ދޮގު...

26 ޑިސެމްބަރ

December 26, 2019 23
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު...

14 ޑިސެމްބަރ

December 14, 2019 18
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް

ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޗައިނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ، އޭގެ ނަތީޖާ ހިތި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2019 73
ޔާމީންގެ ދިފާއުގައި ޖަމީލް: ސުވާލަކީ އެއީ ކީއްވެ؟

ޚުދުމުހުތާރު، އަނިޔާވެރި ވެރިއެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކޮށްދެއްވަން އެމަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި މަަސައްކަތްޕުޅަށް ބަލާއިރު، އެ ނޫން ވިސްނުމެއް އެމަނިކުފާނުގެ ކުރިއަށް ނެރުއްވަފާނެ ކަމަށް ގަބޫލުކުރަން، ގިނަ މީހުންނަށް، ދަތިވެދާނެ އެވެ. އަދި ޔާމީންގެ ދިފާއުގައި...

08 ޑިސެމްބަރ

December 08, 2019 20
އިދިކޮޅު ފަރާތްތަކުން ރައީސާ ބައްދަލުކޮށްފި

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ...

December 08, 2019 31
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް...

07 ޑިސެމްބަރ

December 07, 2019 34
"ބާރަކީ އިމްތިހާނެއް، ހައްގު ގޮތުގައި ބޭނުން ކުރޭ"

ވެރިކަމުގެ އާރާއި ބާރަކީ ވެސް އިމްތިހާނެއް ކަމަށާއި އެހެންވެ، އެ ބާރުގެ ބޭނުން ހައްގު ގޮތުގައި ހިފުމަށް އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

28 ނޮވެމްބަރ

November 28, 2019 2
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، މަތީ ތައުލީމަށް ކިޔެވުމުގެ ލޯނުގެ ގިނަ ފުރުސަތުތަކެއް މިދިޔަ އަހަރު ހުޅުވައިލި ނަމަވެސް އެ ފުރުސަތު ދީފައި ވަނީ 52 ދަރިވަރަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2019 24
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ވަރުގެ ޚިޔާނާތްތަކެއް ރާއްޖޭގެ ފަހުގެ ތަރީޚު ދެކިފައެއް ނުވެ އެވެ. ނުވަތަ ޚިޔާނާތުގެ ތެރެއިން އެ މިންވަރުގެ ގެއްލުމެއް ދައުލަތަށް ލިބުނު ކަން އެނގޭނެ ސަފުހާއެއް، ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚުން ފެންނާކަށް އަދި ނެތެވެ.

16 ނޮވެމްބަރ

November 16, 2019 88
ހުރިހާ ކަމަކަށް އަތްބާނައި ނިޒާމް ފުނޑާލައިފި: ޔާމީން

ސުޕްރީމް ކޯޓު ހިމެނޭ ގޮތުން ހުރިހާ މުއައްސަސާއަކަށް މި ސަރުކާރުން އަތްބާނައި މުޅި ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2019 152
ޔާމީން ޖަލަށްލުމުގެ ކަށަވަރުކަން ދޭން އެދުނު: ހައިލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2019 27
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ

އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ފަހު، ޑިމޮކްރަސީގެ ނަން ބޭނުން ކުރެވެން ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.