03 އެޕްރީލް

April 03, 2019 24
ޔާމީން އައުމަށް މަގުފަހިކުރާ ބަޔަކަށް މާފެއް ނުކުރާނެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އެނބުރި އައުމަށް މަގުފަހި ކޮށްފި ބަޔަކަށް ކުރިމަގުގެ ޖީލުތަކުން މާފު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު...

April 03, 2019 30
މަޖިލިސް އިންތިޚާބަށް ފާރަވެރިވާން ޖެހޭ: ޔާމީން

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019 115
ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް: ޔާމީން

އެމަނިކުފާނު މާފުށީ ޖަލުގައި ބަންދު ކުރީ އެއްވެސް ކުށެއް އިސްތަށިފުޅުގައި ނޭޅުވޭނެތީ ކަމަށާއި ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2019 79
ހަމަޖެހުން އޮތީ ޕީޕީއެމް އާއި ޖޭޕީއަށް މެޖޯރިޓީ ދީގެން

ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2019 8
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވި ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމައި އެ ކޮމިޓީގައި އެ މައްސަލަ ދިގު ދަންމައިފި...

07 މާޗް

March 07, 2019 43
ޔާމީނާ މެދު އަމަލުކުރަނީ އިހާނެތިކޮށް: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ޖަލުގައި އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެމަނިކުފާނު ވީ އެންމެ އަވަހަށް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޮންގްރެސްގެ ވަގުތީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

27 ފެބުރުއަރީ

February 27, 2019 22
ޔާމީނަށް ކުރި ދައުވާ ނެގުމަށް އެދި މަޖިލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

23 ފެބުރުއަރީ

February 23, 2019 41
"ކެންޑިޑޭޓުންގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކޮންގްރެސް ޕާޓީން މިރޭ ގޮވާލައިފި އެވެ.

01 ފެބުރުއަރީ

February 01, 2019 32
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު

މިދިޔަ އަހަރުގެ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ ތާރީހީ އަމުރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޑިސެމްބަރ

December 17, 2018 76
ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި އެވެ.

December 17, 2018 31
އެއްވުމަށް ނުކުތް ޖޭޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފުލުސް އޮފީހަށް ހާޒިރު ކުރާތީ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކު ތިއްބެވި މައްސަލަ އެ ޕާޓީން...

14 ޑިސެމްބަރ

December 14, 2018 68
ޔާމީންގެ ދިފާއުގައި ޕީޕީއެމުން މަގުމައްޗަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތަކެއް އެމަނިކުފާނު މާދަމާ ފުލުސް ހާޒިރުކުރާތީ، އެކަމާ ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުން މިރޭ މަގުމައްޗަށް ނުކުމެއްޖެ...

December 14, 2018 81
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި...

06 ޑިސެމްބަރ

December 06, 2018 72
ދެ ކޮމިޝަނަށް ބާރު ދީފި ނަމަ، ކޯޓަށް ދާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2018 50
ސަރުކާރު ޒިންމާދާރު ކުރަން ޖެހޭނީ ރައްޔިތުން: ޔާމީން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ ރައްޔިތުންނާއި ނޫސްވެރިން ކަމަށާއި އިދިކޮޅު ޕީޕީއެމުން ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 43
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި

ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމްގައި، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 62
ހަތަރު ލީޑަރުން އެެއްގަލަކަށް އެރުވީ އަޅުގަނޑު: ނާޒިމް

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމަށް ގެނައުމަށްޓަކައި ހަތަރު ލީޑަރު އެއްގަލަކަށް އެރުވީ އޭނާ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2018 14
އެޗްޑީސީގެ ދަރަނި ބޮޑު، ސަރުކާރުން އެހީވާން ޖެހޭ!

މި ސަރުކާރުގެ ނުފޫޒުގެ ސަބަބުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަރަށް ބޮޑަށް ދަރަނިވެފައިވާތީ، އެ ދަރަނި ދައްކަން ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ކަމަށް ސަރުކާރު ކުންފުނިތަކުގެ ހާލަތު ބެލި ޓްރާންސިޝަނަލް ކޮމެޓީން މިއަދު ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2018 8
މަޖިލީހުގައި ދެން ފޮރުވައިގެން ކަންކަމެއް ނުކުރެވޭނެ!

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފޮރުވައިގެން ކަންކަން ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު މެމްބަރު ކަން ކުރެއްވުމަށް ފަހު އިސްތިއުުފާ...

November 14, 2018 8
ފާޑުކިޔުމަށް އިބޫގެ ސަރުކާރުން މަރުހަބާ ކިޔާނެ: ޝާހިދު

އަންނަ ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަކީ ފާޑުކިޔުމަށް މަރުހަބާ ކިޔާނެ އެ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާނެ...

13 ނޮވެމްބަރ

November 13, 2018 5
ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށަހަޅައިފި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް މި ސަރުކާރުން ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލް ކުރަން، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހުށަހަޅުއްވައިފި އެވެ.

08 ނޮވެމްބަރ

November 08, 2018 26
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

07 ނޮވެމްބަރ

November 07, 2018 19
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު

ރާއްޖެއަކީ "ވަގު" ގައުމެއް ނޫން ކަން ދުނިޔެ އަށް ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2018 60
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު

އިދިކޮޅު ފަރާތްތަކުން ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދީގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.