22 އޯގަސްޓް

August 22, 2018 52
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވިޔަސް، އީޔޫ ކައުންސިލުން...

August 22, 2018 81
މަންޒަރު ސާފު، ރައީސް ޔާމީނެއް ނެތް: އިބޫ

އިދިކޮޅުން ދެކެނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ތާރީޚު ރައްޔިތުން ކަށަވަރުކުރީ، ރައީސް އަބްދުﷲ ޔާމީން "އޮބިއަޅައި ހިފަހައްޓަވައިގެން އުޅުއްވަނިކޮށް" ގަދަކަމުން ކަމެވެ. ހަމަ އެ...

19 އޯގަސްޓް

August 19, 2018 4
އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް މެލޭޝިއާގައި ހުޅުވައިފި

އިދިކޮޅު އިއްތިހާދުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މެލޭޝިއާގައި އިއްޔެ ޖަގަހައެއް ހުޅުވައިފި އެވެ.

August 19, 2018 49
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ...

18 އޯގަސްޓް

August 18, 2018 108
ކެންޑިޑޭޓު ނަންބަރު 1 ރައީސް ޔާމީނަށް، އިބޫ އަށް 2

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ލިބިވަޑައިގެންފި އެވެ.

17 އޯގަސްޓް

August 17, 2018 61
ވެރިކަން ކުރުމުގެ ގާބިލް ކަމެއް އިބޫގެ ނެތް: އަޒްލީން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018 94
މޮޅުވާނީ ވޯޓު އޮޅުވާނުލައި، ނަތީޖާ ސާފު: ޝަހީމް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އޮޅުވާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދުދެއްވައިފި އެވެ.

August 15, 2018 29
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް

އެމްޑީޕީގެ ވެރިކަމުގައި ނުކުރެވުނު ކަމެއް، ފަހުން ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

August 15, 2018 41
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށް ވެރިކަން ދީފި ނަމަ، ގައުމުގައި އޮންނާނީ އެއް ބަޔަކު އަނެއް ބަޔަކަށް ޖާސޫސު ކުރުމާއި ހަމަނުޖެހުމާއި...

14 އޯގަސްޓް

August 14, 2018 66
ޝައްކެއް ނެތް، ކޯލިޝަން ރޫޅޭތަން ފެންނާނެ: ރައީސް

އަންނަ މަހު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ނުކުންނައިރު، އެ ކޯލިޝަން ރޫޅޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ވިލިފުށީގައި ވިދާޅުވެއްޖެ އެވެ.

August 14, 2018 32
ފޫހިވާނެ ވަގުތެއް ނުދީ، ތަފްސީލު ހާމަކުރާނަން: ރައީސް

އެމަނިކުފާނު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިމެންދެން އިދިކޮޅު ޕާޓީތަކާއި ރައްޔިތުން ވެސް ފޫހިވާނެ ވަގުތުކޮޅެއް ނުދެއްވައި، ދުރު ނޫން މާޒީގައި ކަން ހިނގާފައިވާ ގޮތާއި އެ...

August 14, 2018 56
ރިސޯޓް ހަދަން ލޯން ދީގެން މަޝްރޫއުތައް ނުހިންގޭނެ

ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނިންމައި ނުލެވި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ދީގެން، އިގްތިސާދީ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަހުމަދު...

13 އޯގަސްޓް

August 13, 2018 33
"ޖަޒީރާ ސިޔާސަތަކީ ހަމަޖެހޭ ވާހަކައެއް ނޫން"

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ވައުދުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

August 13, 2018 114
"ގެއްލުނު ފައިސާ ހޯދޭނެ ހިތްވަރެއް އިދިކޮޅަކު ނެތް"

ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭ ފަދަ ހިތްވަރެއް އިދިކޮޅު ކޯލިޝަންގެ ކިބައިގައި ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

August 13, 2018 93
"ދޮޅު އަހަރަށް ފަހު ސޫރަވާ މީހެއް ސާފުކޮށްދޭން ޖެހޭ"

އިދިކޮޅު ޕާޓީތަކުން އެކުލަވާލަން ބުނެފައިވާ ދޮޅު އަހަރުގެ ސަރުކާރަކަށް ފަހު، ދެން ވެރިކަމުގައި ސިފަވާނީ ކާކުގެ މޫނުތޯ އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެ، އެކަން...

11 އޯގަސްޓް

August 11, 2018 20
ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު...

August 11, 2018 76
ކޯލިޝަން ސަރުކާރަކަށް ފުރުސަތު ދީފިނަމަ ގައުމު ހުއްޓޭނެ

ކޯލިޝަން ސަރުކާރަކަށް ދިވެހިން ދެން ފުރުސަތު ދީފި ނަމަ، ގައުމު ހުއްޓޭނެ ކަމަށާއި އެއީ ހުން އައިސްގެން އުޅޭ މީހަކު ޕެނެޑޯލް ގުޅައެއް ކާލުން ފަދަ ކަމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ...

10 އޯގަސްޓް

August 10, 2018 12
ފައިސަލް ޅ. އަތޮޅުގައި، ޝަހީމް ފުވައްމުލަކަށް

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންނެވިއިރު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.

August 10, 2018 173
ރިޔާސީ ރޭހުގައި ވާދަކުރައްވާނީ ރައީސް ޔާމީނާއި އިބޫ

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް އިލެކްޝަންސް...

August 10, 2018 89
ސައީދުގެ ބަސް: މިއީ "ގައުމީ ވެރިކަމެއް"!

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު...

09 އޯގަސްޓް

August 09, 2018 22
ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.

08 އޯގަސްޓް

August 08, 2018 60
ރައީސް ޔާމީން ހޮވައިފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ

ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިތުރު ދައުރަކަށް އިންތިޚާބު ކޮށްފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިއަދު...

August 08, 2018 7
ގާނޫނުތައް ވެސް ހަދަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

ގާނޫނާ ހިލާފަށް އެމްޑީޕީން ކަންތައްތައް ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ އިރު ސަރުކާރުގެ ދަށުގައި އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން ދަނީ ގާނޫނުތަކާ...

06 އޯގަސްޓް

August 06, 2018 13
އިންވެސްޓްމަންޓުތައް ރައްކާތެރި ކުރާނީ ގާނޫނުން: އިބޫ

ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކަށަވަރު ކޮށްދޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

August 06, 2018 99
ސިޔާމަކީ ރައީސްގެ ވަފާތެރި އެކުވެރިއެއް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށް،...

August 06, 2018 73
ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ...

05 އޯގަސްޓް

August 05, 2018 85
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން

ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކޮޕީ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 3
މާލީ ބަޔާނުގެ ފޯމެޓަށް ބޮޑު ބަދަލެއް ނުގެންނަން:އޮޑިޓް

އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ މާލީ ބަޔާންތަކުގެ ފޯމެޓަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

August 02, 2018 10
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް...

31 ޖުލައި

July 31, 2018 30
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ނަމުގައި ހަރަކާތްތެރިވާން ފެށިޔަސް، ޕީޕީއެމް ނުލިބޭނެ...

July 31, 2018 57
އިބޫ ވައުދުވުން ހުއްޓާލައްވާ: އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގަތުން ހުއްޓާލައްވަން ޖެހޭ ކަމަށާއި އެ ވައުދުތައް...