30 އެޕްރީލް

April 30, 2019 23
ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް

އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ...

22 އެޕްރީލް

April 22, 2019 69
ޕީޕީއެމްގެ ކުޅިބައި އަތުރާލަނީ، ކާމިޔާބުވާނެ: ޝިޔާމް

ޕީޕީއެމްގެ ލީޑަޝިޕަށް ގެނައި ބަދަލާ އެކު ސިޔާސީ މަސްރަހުގައި އެންމެ ކާމިޔާބު ޕާޓީގެ މަގާމް އަލުން ހޯދުމަށް "ކުޅިބައި އަތުރާލަމުން" އަންނަ ކަމަށް އެ ޕާޓީ އަށް އަލަށް އައްޔަން ކުރި ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2019 69
ބަލިވީ ލީޑަޝިޕް ފޭލްވެގެންނެއް ނޫން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ އެ ދެ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ނޫން ކަމަށާއި އިންތިޚާބަށް ނާޖާއިޒު ނުފޫޒުތަކެއް ވަދެގެން ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2019 126
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މާމިގިލީ ދާއިރާ އަށް ކޮންމެ ފަހަރަކު ވެސް އިންތިޚާބު ވެވަޑައިގަންނަވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 އަދި 2014 ގައި ބޭއްވި އިންތިޚާބުގައި އެ ދާއިރާ އިން 80 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދެވި އެވެ. އެހެން ކެންޑިޑޭޓަކަށް ވޯޓުގެ ގޮތުން، އެމަނިކުފާނާ ގާތް...

07 އެޕްރީލް

April 07, 2019 166
ޕީޕީއެމެއް ނުފެނުނު، ބޮޑު ބައްޔަކާ އެކު ބޮޑު ލަދެއް!

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބަލިވީ ބޮޑު ބައްޔަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ގޮތުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވީ އެވެ. އެ ނާކާމިޔާބީގެ ފިލާވަޅުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދުމަކީ އެ ޕާޓީން...

06 އެޕްރީލް

April 06, 2019 47
ޔާމީން ވޯޓު ލައްވަން ވަޑައެއްނުގެންނެވި!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވަޑައިނުގަންނަވާ ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019 256
އަދީބަކީ އަޅުގަނޑުމެން އެޅުވި ފަންޏެއް: ނަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "އަޅުގަނޑުމެން އެޅުވި ފަންޏެއް" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު...

April 02, 2019 179
ބޮޑު ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެއްޖެ

"މިތާ ހުރެ ވާހަކަ ދައްކާ އިރު ދުރުން ފެންނަން ހުންނާނެ އުސް އިމާރާތެއް، ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ގޮތަށް ބިނާކޮށްފައި ހުރި އިމާރާތެއް."

31 މާޗް

March 31, 2019 32
އިންތިޚާބު ފަސް ކުރަން ޕީޕީއެމުން އެބައުޅޭ: ރައީސް

އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ފަސް ކުރުމަށް ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށާއި އެކަން އެހެންވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2019 79
ހަމަޖެހުން އޮތީ ޕީޕީއެމް އާއި ޖޭޕީއަށް މެޖޯރިޓީ ދީގެން

ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2019 8
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވި ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމައި އެ ކޮމިޓީގައި އެ މައްސަލަ ދިގު ދަންމައިފި...

07 މާޗް

March 07, 2019 70
ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ތާއީދު ޖޭޕީގެ 27 މީހަކަށް

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރާކަން މިރޭ އިއުލާންކޮށްފި އެވެ.

06 މާޗް

March 06, 2019 25
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

25 ފެބުރުއަރީ

February 25, 2019 17
ޕީޖީ އާއި އެކްޓިން ސީޕީ ކޮމިޓީއަށް ހާޒިރެއް ނުކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ހުށަހެޅި މައްސަލަ ނުބަލަން...

23 ފެބުރުއަރީ

February 23, 2019 41
"ކެންޑިޑޭޓުންގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކޮންގްރެސް ޕާޓީން މިރޭ ގޮވާލައިފި އެވެ.

21 ފެބުރުއަރީ

February 21, 2019 27
ޕީޖީ އާއި އެކްޓިން ސީޕީ މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްދޭން ޕީޕީއެމުން ހުށަހަޅައިފި އެވެ.

19 ފެބުރުއަރީ

February 19, 2019 20
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު...

23 ޖެނުއަރީ

January 23, 2019 6
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސުން ވާދަކުރައްވަން ތާއީދު ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ވެސް ތާއީދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖެނުއަރީ

January 14, 2019 157
ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހެއް

ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅުއްވައިފި އެވެ.

10 ޖެނުއަރީ

January 10, 2019 39
ތަރައްގީ އަށް މި ސަރުކާރުން ކުރާ ކަމެއް ނުފެނޭ:އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 31
މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދު ރިޔާޒް ރަޝީދަށް

އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަނުކުރަން ނިންމައި، އެ ދާއިރާގެ ގޮނޑިއަށް މިހާރު މެމްބަރުކަން ކުރައްވާ ރިޔާޒް ރަޝީދު އާ ދައުރަކަށް އިންތިހާބުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.