19 ފެބުރުއަރީ

February 19, 2019 20
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު...

23 ޖެނުއަރީ

January 23, 2019 6
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސުން ވާދަކުރައްވަން ތާއީދު ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ވެސް ތާއީދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖެނުއަރީ

January 14, 2019 157
ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހެއް

ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅުއްވައިފި އެވެ.

10 ޖެނުއަރީ

January 10, 2019 39
ތަރައްގީ އަށް މި ސަރުކާރުން ކުރާ ކަމެއް ނުފެނޭ:އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 31
މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދު ރިޔާޒް ރަޝީދަށް

އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަނުކުރަން ނިންމައި، އެ ދާއިރާގެ ގޮނޑިއަށް މިހާރު މެމްބަރުކަން ކުރައްވާ ރިޔާޒް ރަޝީދު އާ ދައުރަކަށް އިންތިހާބުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 72
ދެ ކޮމިޝަނަށް ބާރު ދީފި ނަމަ، ކޯޓަށް ދާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2018 14
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާ އެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ތާއީދުކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2018 19
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާއެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ތާއީދުކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2018 2
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް

ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

23 ނޮވެމްބަރ

November 23, 2018 12
ބިޝާމް ވަކިކުރަން އަލުން ހުށަހަޅާނަން: އަބުޅޯ

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނެގީ އިތުރު ކަންތައްތަކެއް ހިމަނައި އެ މައްސަލަ އަލުން ހުށަހެޅުމަށް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) މިއަދު ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2018 25
މިފަހަރު ހުވާކުރާ ގަޑި ވެސް، ތަން ވެސް ތަފާތު!

ރިޔާސީ އާ ދައުރެއް މިއަދު އަނެއްކާވެސް ފެށެނީ އެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ބޮޑު ދުވަހެވެ. ގައުމުގެ ރައީސްގެ މަގާމާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ ނާއިބްގެ މަގާމާ ފައިސަލް ނަސީމް ހަވާލުވެވަޑައިގަތުން މި ފަހަރު ހުރިހާ ގޮތަކުން ވެސް ތަފާތެވެ.

14 ނޮވެމްބަރ

November 14, 2018 8
މަޖިލީހުގައި ދެން ފޮރުވައިގެން ކަންކަމެއް ނުކުރެވޭނެ!

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފޮރުވައިގެން ކަންކަން ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު މެމްބަރު ކަން ކުރެއްވުމަށް ފަހު އިސްތިއުުފާ ދެއްވާ ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 5
ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށަހަޅައިފި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް މި ސަރުކާރުން ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލް ކުރަން، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހުށަހަޅުއްވައިފި އެވެ.

November 13, 2018 74
ބަޖެޓުގެ ވާހަކަ ދައްކާނެކަމެއް ނެތް: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ...

November 13, 2018 12
އެންޓި ޑިފެކްޝަން ގާނޫނު އުވިއްޖެ

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

02 ނޮވެމްބަރ

November 02, 2018 76
ސިޔާސީ ހަޔާތް މަރެއް ނުވޭ، ނުކުންނާނީ އާ ދާއިރާއަކަށް

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާގެ ސިޔާސީ ހަޔާތް މަރުނުވާ ކަމަށާއި ސިޔާސީ މުސްތަގުބަލް އަދި...

November 02, 2018 46
މަޖިލީހުގެ ރައީސްކަން ނުލިބުނަސް މާާޔޫސްއެއް ނުވޭ:އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ނުވުމަކީ އެކަމާ ކަންބޮޑުވެ، މާޔޫސްވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އެ މަގާމަށް ކުރިމަތިލައްވައި ބޮޑު ތަފާތަކުން ރޭ ބަލިވި...

01 ނޮވެމްބަރ

November 01, 2018 19
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން ފުރިހަމަކުރަން ވަގުތެއް ނެތް ކަމަށާއި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2018 16
މާލީބަޔާނުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ލަފާދީފި

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

October 30, 2018 110
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު މަސައްކަތް ފައްޓަވައިފި އެވެ.

October 30, 2018 13
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ...

29 އޮކްޓޯބަރ

October 29, 2018 14
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލާ ސޫމޯޓޯ މައްސަލައަކުން ނިންމިދާނެ ކަމަށް އިބޫގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ މިރޭ...

28 އޮކްޓޯބަރ

October 28, 2018 3
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2018 4
ދެ މަހަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވީ ފަހުން، އާދިއްތަ ދުވަހު އަލުން ޖަލްސާތައް ފަށާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

October 25, 2018 30
އިބޫ ހުވާކުރައްވާ ދުވަސް ކަނޑައަޅަން ވޯޓަކަށް!

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ...

October 25, 2018 174
ސިޔާސީ ގޮތުން ރައީސް ޔާމީން މަގުމަތިވަނީ!

މީގެ ފަސް އަހަރު ކުރިން 2013 ގައި ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެއް ނޫން ކަން، އެ ފަހަރުގެ ރިއާސީ...

24 އޮކްޓޯބަރ

October 24, 2018 25
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި...

October 24, 2018 29
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަ ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި...