07 ސެޕްޓެމްބަރ

September 07, 2018 18
އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ތ. ގުރައިދޫ ދާއިރާގެ ހުސައިން މަނިކު ދޮންމަނިކު ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު މިރޭ...

02 ސެޕްޓެމްބަރ

September 02, 2018 11
މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުވާނަން: އިބޫ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައްޔިތުންގެ މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގއ. ނިލަންދޫގައި ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2018 40
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިރު އެއީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2018 33
"އިބޫއަށް ލިބުނު ފުރުސަތުގެ ތަޖުރިބާ އޮތީ ކުރެވިފައި"

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2018 27
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކެއް، އެ ޕާޓީ ދޫކުރައްވައި އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތުމުން ޕާޓީ ބަލިކަށިވެ ރައްޔިތުންގެ މަޖިލީހުގައި ވެސް ނިކަމެތިކަން ލިބުނު ކަމަށް ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިލީގައި އިއްޔެ ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2018 59
ރިޓަޔާކުރާ އުމުރު 74-75 އަހަރަށް ހަދާނަން: ރައީސް

ވަޒީފާތަކުގައި މަސައްކަތް ކުރާ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 ނުވަތަ 75 އަހަރަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖުލައި

July 17, 2018 18
ރައީސް ޔާމީނަށް ދިއްދޫން މާފެއް ނެތް: ލަތީފް

ހއ. ދިއްދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައި، ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ އަޑު އިއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ އެމަނިކުފާނަށް ދިއްދޫން މާފު ދެވެން ނެތް އަނިޔާއެއް ކަމަަށް އެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ...

11 ޖުލައި

July 11, 2018 19
"ރައީސް ބަލިކުރާނީ ގޮނޑި ގެއްލުނު މެންބަރުން"

ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ދާއިރާތަކުން، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް އެ މެމްބަރުން މިއަދު ބުނެފި އެވެ.

09 ޖުލައި

July 09, 2018 14
ރައްޔިތުކަމާ ގުޅޭ އިސްލާހު ތަސްދީގުކޮށްފި

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ނަމަ އެހެން ގައުމެއްގެ ރައްޔިތު ކަން ނުވަތަ އެހެން ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވެފައިވާން ޖެހޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

04 ޖުލައި

July 04, 2018 8
ރިޔާސީ ކެންޑިޑޭޓުންގެ ޑިޕޮސިޓް 100،000ރ. އަށް

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު 100،000ރ. އަށް ބޮޑު ކުރުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

27 ޖޫން

June 27, 2018 4
ރަޝިއާ އަށް ކަނޑައަޅާ ސަފީރަކަށް މުންދު އައްޔަންކުރަނީ

ރާއްޖެ އިން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

15 މެއި

May 15, 2018 40
ވެރިކަމުގެ ނިޒާމެއް ނޫން، މައްސަލައަކީ މިއީ!

ތިން ބާރުގެ ތަޅާފޮޅުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަނެ، މިނިވަން ކަމަށް އަރައިގަތީ އެވެ. ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މިނިވަން މުއައްސަސާތައް މިވަނީ ޒިންމާ އަދާކުރަން ނުކުޅެދިފަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މި ހަނގުރާމައިގައި ރައްޔިތުން...

25 އެޕްރީލް

April 25, 2018 34
މަޖިލީހާއި ޖުޑިޝަރީއަށް ވުރެ ބާރުގަދައީ ރައީސް: އަދުރޭ

ދައުލަތް އެކުލެވިގެން ވަނީ ތިން ބާރުގެ މައްޗަށް ނަމަވެސް އެ ތިން ބާރު ހިމެނޭ ގޮތުން މުޅި ދައުލަތުގެ ވެރިޔަކު ހުންނަ ކަމަށް ވާނަމަ، އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2018 26
ދައުލަތް ހިންގިޔަ ނުދެނީ ރައީސް ޔާމީން: އަލީ ޒާހިރު

ދައުލަތް ހިންގިޔަ ނުދީ "އޮބަހައްޓަނީ" ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2018 14
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

22 މާޗް

March 22, 2018 62
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!

އެ ގައުމެއްގެ އިދިކޮޅު ހުރިހާ ލީޑަރުން، ސިޔާސީ މަސްރަހުން ގެއްލުވައިލުމަކީ، ވަރަށް މަދު، ކެރޭ ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ހަމަ ގައިމު ވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންހެން މިހާރު ވަނީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ. އެއް ބަޔަކު ހިފައި ހައްޔަރު ކޮށްފަ އެވެ. އަނެއް ބަޔަކު ޝަރުއީ ހުކުމެއްގައި ބެދިފަ އެވެ.

15 މާޗް

March 15, 2018
ޖަޕާން ސަފީރަކަށް އުވައިސް އައްޔަން ކުރައްވައިފި

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އިބްރާހިމް އުވައިސް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

14 މާޗް

March 14, 2018 14
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުުގެ ދައުރެއް ނެތި، އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް...

March 14, 2018 76
ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަނެއްކާވެސް ސިޔާސީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

08 މާޗް

March 08, 2018 39
ރައީސް އަޒުލުކުރަން 57 ވޯޓު ހަމައެއް ނުވާނެ:ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަނިކުފާނު އަަޒުލުކުރަން ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2018 15
އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ޝަރީފް ދެންމެ އައްޔަން ކުރައްވައިފި އެވެ.