26 ފެބުރުއަރީ

February 26, 2018 70
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ހަރަކާތްތަކުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް "ގެއްލިއްޖެ" އެވެ.

21 ފެބުރުއަރީ

February 21, 2018 16
24 ރިސޯޓާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ: ރައީސް

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 24 ރަށަކާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 75
"އިހުލާސްތެރި މެމްބަރުންނާއެކު އަޣުލަބިއްޔަތު ހޯދާނަން"

އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

February 20, 2018 28
ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބާއްވަނީ

ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

February 20, 2018 39
އަދަދު ހަމައެއް ނުވި، މިއީ "ބާތިލް" ހާލަތެއް؟!

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛...

19 ފެބުރުއަރީ

February 19, 2018 49
"އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން"

ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ...

February 19, 2018 75
"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރާނަން"

މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް...

18 ފެބުރުއަރީ

February 18, 2018 23
މަޖިލީސް "ހިސޯރުކުރީ" މެޖޯރިޓީ ލިބެންދެން: އިދިކޮޅު

ޖަލްސާތައް ނުބާއްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށްގެން" އުޅެނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި...

08 ފެބުރުއަރީ

February 08, 2018 55
"ޕީޕީއެމާ ނުގުޅޭ މެމްބަރުންނަށް ދާއިރާތަކަށް ނޭރޭނެ"

ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިނުގެންފި ނަމަ، އެ މެމްބަރުންގެ ދާއިރާތަކަށް ވެސް އަރާވަޑައިނުގެންނެވޭނެ ކަމުގެ އިންޒާރު މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ރޭ ދެއްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2018 8
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި މިއަދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 12
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

29 ޖެނުއަރީ

January 29, 2018 63
ތިބެން ޖެހޭނީ ސިޔާސީ ލީޑަރުންގެ ހިޔަންޏަކު ނޫން:ރައީސް

ދިވެހިން އަބަދު ތިބެން ޖެހެނީ ސިޔާސީ ލީޑަރުންގެ ހިޔަނީގައި ނޫން ކަމަށާއި އޭގެ ބަދަލުގައި ތިބެންވީ އުސޫލުތަކެއްގެ ތެރޭގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

January 29, 2018 17
އެންމެ މީހަކަށް ވުރެ ގައުމު މިއޮތީ ކުޑަވެފައި: ޖަމީލް

ރާއްޖޭގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އެންމެ މީހަކަށް ވުރެ ގައުމު ކުޑަވެފައި އޮތުން ކަމަށާއި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކޮށް، އެކުލަވައިލި ގާނޫނުއަސާސީ...

16 ޖެނުއަރީ

January 16, 2018 12
ރިއާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި

ރިއާސީ ބަޔާން އިއްވުމަށް އަންނަ މަހުގެ 5 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

11 ޖެނުއަރީ

January 11, 2018 6
ގައުމު ހަމައަކަށް އެޅޭނީ މަޖިލީހަށް ހަރަކާތްތެރިވެވިގެން

ގައުމުގައި މިހާރު އޮތް ހަލަބޮލިކަމުން އަރައިގަނެ، ކަންކަން އިސްލާހު ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިސް މިނިވަންވެ ހަރަކާތްތެރިވާން ފެށިގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.

23 ނޮވެމްބަރ

November 23, 2017 30
ބިރުދެއްކިއަސް ތިނަދޫ ފަހަތަށް ނުޖެހޭނެ: ރިޔާޒް

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިއަސް ގދ. ތިނަދޫގެ ރައްޔިތުން ތިބީ ފަހަތަށް ޖެހެން ތައްޔާރަށް ނޫން ކަން އެ ރަށުގެ ރައްޔިތުން މިރޭ ސާބިތުކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2017 6
ޕާޓީން ވަކިވުމަކީ ބަޣާވާތެއް ނޫން: އިދިކޮޅު މެމްބަރުން

ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަކީ ބަޣާވާތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ސިފަ ކުރެއްވިޔަސް އެއީ ބަޣާވާތެއް ނޫން ކަމަށާއި އެ...

November 13, 2017 28
ދެން ވެސް ގެއްލުމަކަށް ވާނީ މެމްބަރުން ގެއްލުން:ރައީސް

ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ...

11 ނޮވެމްބަރ

November 11, 2017 12
ބަނދަރު ހަދައިނުދީގެން ރޮއެ އާދޭސްކުރިން: އަމީތު

ރ. މަޑުއްވަރީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެ ރަށުގެ ބަނދަރު ހަދައި ދިނުން ކަމަށާއި އެ މަސައްކަތް ކޮށްދެއްވާތޯ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ރޮއެ އާދޭސް ދެންނެވި ކަމަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2017 24
ރިޝްވަތު ދީގެން އުޅުނީ ސަރުކާރު ވައްޓާލަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2017 42
ފުރަތަމަ "ބަޣާވާތް" ކުރީ ރައީސް ޔާމީން: މެމްބަރުން

ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަކީ "ބަޣާވާތެއް"ގެ ގޮތުގައި ރައީސް އަބްދުﷲ...

October 25, 2017 57
ގިނަ މެމްބަރުންތަކެއް ގެންދިއުމަކީ ބަޣާވާތެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެއްފަހަރާ ގެންދިޔަ "ޚިޔާނާތްތެރި" އަމަލަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ސިފަ ކުރައްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2017 49
ނަޝީދުގެ ޓީމުން އިތުރަށް ހަދާނެ ދޮގެއް ނެތް: ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ރާއްޖެއާ ގުޅޭ ގޮތުން ޔޫރަޕްގައި އިތުރަށް ހަދާނެ ދޮގެއް ނެތް ކަމަށާއި އެ ޓީމުން ހަދާ ދޮގުތައް އެއްވެސް ގައުމަކުން ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2017 46
މެމްބަރު ތޯރިގް އަނެއްކާވެސް ރައީސް ޔާމީން ފަޅިއަށް!

ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އަރާވަޑައިގެންފި އެވެ.