10 ޖުލައި

July 10, 2017 94
ވަރުގަދަ ޕީޕީއެމް އަގުލަބިއްޔަތު ކުއްލިއަކަށް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އިރު ވެސް މިހާ އަވަހަށް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަކަށް، އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. އެކަމަކު ފުލުފުލުގައި މެމްބަރުން ކެނޑެމުން ގޮސް، މިއަދު ހަވީރު 3:30 ވީ އިރު ރައްޔިތުންގެ...

09 ޖުލައި

July 09, 2017 39
މަސީހްގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

07 ޖުލައި

July 07, 2017 115
ސިޔާސީ މައިދާނަށް އައީވެސް، ދާނީވެސް ޔާމީނާއެކު:އަދުރޭ

ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ވެސް ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށާއި އަދި އެ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް އެ މަނިކުފާނާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2017 34
45 ދަރަޖަ އަށް މަސްރަހު ހޫނުވުމަކީ، އިންޒާރެއް!

ޕާލަމެންޓުގެ މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީގެ 10 މެމްބަރަކު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ފާޅުގައި ނުކުތުމަކީ ކޮންމެ ގައުމެއްގައި ވިޔަސް އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން ޕާލަމެންޓްގެ ރައީސަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓް މެމްބަރުންތަކެއް އޭނާއާ ދެކޮޅަށް ތެދުވުމަކީ ގައުމެއްގެ...

04 ޖުލައި

July 04, 2017 94
ރައީސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން...

July 04, 2017 55
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟

ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10...

03 ޖުލައި

July 03, 2017 56
ރައީސް ޔާމީނަށް ހުރިހާ އެއްޗެއް ގެއްލިއްޖެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ހުރިހާ އެއްޗެއް ގެއްލިއްޖެ ކަމަށާއި އެހެންކަމުން، މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

02 ޖުލައި

July 02, 2017
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް ޒާހިދު އައްޔަންކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު މުހައްމަދު ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

16 ޖޫން

June 16, 2017 94
ތާއީދު އެނގޭނީ ތަރާވީހް ހާޒިރީއަކުން ނޫން: ޚަލީލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ބަލާނީ ތަރާވީހުގެ ހާޒިރީން ނޫން ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

15 ޖޫން

June 15, 2017 10
ތެލުން ޑިއުޓީ ކުޑަކުރުމުގެ އިސްލާހު ތަސްދީގުކުރައްވައިފި

ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހު، ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

14 ޖޫން

June 14, 2017 100
ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ދިޔަ ދުވަސް

ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި އެ ޕާޓީގެ ހަޔާތުގައި ވެސް މަޖިލިހުގެ މެމްބަރުން އެންމެ ރުޅިގަދަވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލީ އިއްޔެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ "މެމްބަރުންނަށް ވެސް މަކަރާއި ހީލަތް ހަދާފައި"...

13 ޖޫން

June 13, 2017 16
ތައިލެންޑްގެ ސަފީރަކަށް ނަޝީދު އައްޔަންކުރަން ފާސްކޮށްފި

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

June 13, 2017 3
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ރައްޔިތުންގެ...

05 ޖޫން

June 05, 2017 20
އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާ ވެސް ޒާހިދު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

03 ޖޫން

June 03, 2017 31
ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ނަޝީދު އައްޔަންކުރަނީ

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

14 މެއި

May 14, 2017 122
ރައީސަށް އާންމުންގެ ޝަކުވާތައް މެމްބަރުން ކިޔައިދީފި

ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކާއި ޝަކުވާތައް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ މިއަދު ހިއްސާކުރައްވައިފި އެވެ.

08 މެއި

May 08, 2017 10
އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ ސިއްހީ ހެލްތު އިންޝުއަރެންސް ނިޒާމް، އާސަންދަ އަށް ވަކި ބަޖެޓެއް ފާސްކޮށްފައި ވަނިކޮށް، އަމިއްލަ ތަންތަނުން އާސަންދަ ނުލިބޭ ގޮތަށް ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

17 އެޕްރީލް

April 17, 2017 10
މެމްބަރު ސައުދު ޕީޕީއެމުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން އެ ޕާޓީން ވަކިކޮށްފި އެވެ.

16 އެޕްރީލް

April 16, 2017 63
ކުރީގެ އެޓޮލްސް މިނިސްޓްރީ "އަތުވެއްޖެ"

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ބާރެއް އެއްކޮށް، މާލެ އިން އަންގައިގެން ކަންކަން ކުރުމުގެ ޒަމާންވީ އުސޫލު ދޫކޮށްލުމެވެ. ރަށްރަށަށް ގިނަ ބާރުތަކެއް ދިނުމެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި...

10 އެޕްރީލް

April 10, 2017 15
ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެ:އިދިކޮޅު ފަރާތްތައް

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

06 އެޕްރީލް

April 06, 2017 37
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް

ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.