04 އެޕްރީލް

April 04, 2017 69
މެމްބަރުން ވަކިވުމަކީ ސަރުކާރަށް ލިބޭ ދެރައެއް: ޝައިނީ

ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިވުމަކީ ސަރުކާރަށް ލިބޭ ދެރައަކަށް ވިޔަސް، ކޯލިޝަން އޮތީ ބަދަހިކަމާ އެކު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2017 49
މައުމޫންގެ އިސްލާހީ މަސައްކަތާ ސައުދު ގުޅިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި އެވެ.

31 މާޗް

March 31, 2017 12
"ސަރުކާރުން ދަނީ ލީޑަރުންނަށް ޖެއްސުން ކުރަމުން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުން އިދިކޮޅު ލީޑަރުންނަށް ބިރު ދައްކައި، ޖެއްސުން ކުރަމުން ދާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

29 މާޗް

March 29, 2017 20
"މަޖިލިސް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް ނުދެއްވާ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް އަބްދުﷲ ޔާމީން ނުދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2017 79
"ކޮންމެ ގޮތަކުން" ވެސް ވޯޓު ނަގަން ރައީސް އެންގެވި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު "ކޮންމެ ގޮތަކުން" ނަމަވެސް އިއްޔެ ނިންމުމަށް ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އެންގެވި ކަމަށް ބުނާ ވައިބާ މެސެޖްތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

24 މާޗް

March 24, 2017 27
ޔާމީން ވެރިކަމަށް ވަޑައިގަތީ ބަދަލު ހިއްޕަވަން: ވައްޑެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ބަދަލުހިއްޕެވުމަށް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ވިދާޅުވެއްޖެ އެވެ.

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ...

22 މާޗް

March 22, 2017 67
މަސީހަކީ ގުރުބާންކުރެވޭ ކަންބަޅިއެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި މަސީހަކީ "ގުރުބާންކުރެވޭ ކަންބަޅިއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

March 22, 2017 87
ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް

ސައުދީ އަރަބިއްޔާ އިން ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ ކަމަށާއި އެއީ އޮޅުވާލުމެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެއް ނޫން ކަމަށް ރައީސް...

March 22, 2017 95
ޕީޕީއެމްގެ މެމްބަރުންނަށް އިލްހާމްގެ އިންޒާރެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ވޯޓާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ދަގެނތީ...

20 މާޗް

March 20, 2017 64
މަސީހުގެ ވޯޓާ ގުޅިގެން ރައީސް ޔާމީންގެ ބައްދަލުވުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންނާ މިރޭ މަޝްވަރާ ކުރައްވައިފި އެވެ.

15 މާޗް

March 15, 2017 60
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ މަސައްކަތުގެ ތެރެއިން، މަޖިލީހަށް އެ މައްސަލަ ހުށަހެޅިޔަސް، އާއްމުންނަށް މި ފެނުނީ އޭގެ ތެރެއިން ވަރަށް ކުޑަ މަންޒަރެކެވެ.

14 މާޗް

March 14, 2017 72
މިއީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން: ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13...

16 ފެބުރުއަރީ

February 16, 2017 154
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟

އަންނަ އަހަރުގެ ރިއާސީ އިންތިޚާބާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ނަމަ، އެ ޕާޓީގެ ފަރާތުން އެހެން މީހަކު ވާދަ ނުކުރާނެ ކަމަށެވެ.

15 ފެބުރުއަރީ

February 15, 2017 3
ކައުންސިލަރުންގެ ޝަރުތު ލުއިކުރި އިސްލާހު ތަސްދީގުކޮށްފި

ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ލުއިތަކެއް ގެނެސް، ބައެއް ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް ވެސް ކައުންސިލަރު ކަމަށް ވާދަ ކުރެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

09 ފެބުރުއަރީ

February 09, 2017 15
ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިބީ ފިތިފައި: މަހްލޫފް

ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ ބިރުވެރިކަމުގައި ތާށިވެފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2017 13
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ

މިދިޔަ ހޯމަދުވަހު ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ، ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެއްވައި، ދޮގުތަކާއި އޮޅުވައިލުމުގެ މައްޗަށް ބިނާކުރައްވާފައިވާ ރިޔާސީ...

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް...

06 ފެބުރުއަރީ

05 ފެބުރުއަރީ

February 05, 2017 39
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއިކޮޓްކޮށްފި

ރިޔާސީ ބަޔާން އިއްވުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އަޣުލަބިއްޔަތުން ނިންމައިފި އެވެ.

23 ޖެނުއަރީ

January 23, 2017 7
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި

ރިޔާސީ ބަޔާން އިއްވުމަށް އަންނަ މަހު 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރު ގޭގައި ބޭއްވުމަށް މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.

16 ޖެނުއަރީ

January 16, 2017 22
އުންމީދު ކުރާވަރުގެ ބަޔާނެއް ނީއްވާނެ: އެމްޑީޕީ

ރިޔާސީ ބަޔާން އިއްވުމަށް މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން އުންމީދުކުރާ ވަރުގެ ކަންތައްތަކެއް އިވިގެން ނުދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2017 9
މަޖިލީހުގެ ޖަލްސާތައް އަންނަ މަހުގެ 6 ގައި ފަށަނީ

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ އެވެ.