21 ފެބުރުއަރީ

February 21, 2020 18
ޓެސްޓުތައް ހަދަން ޔާމީން އަދިވެސް އެޑްމިޓްކޮށްފައި

މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޑްމިޓްކުރީ ޓެސްޓުތަކެއް ހަދަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

February 21, 2020 46
ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ:އިދިކޮޅު

ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށާއި އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަމަށް ޕީޕީއެމުން ޖާގަ ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް...

20 ފެބުރުއަރީ

February 20, 2020 10
ވަކިބަޔަކަށް ޓާމިނަލް ދޭކަށް ނާންގަން: ޕީޕީއެމް

އާ ސީޕްލޭން ޓާމިނަލް ވަކި އަގެއްގައި ވަކި ބަޔަކަށް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއޭސީއެލްގެ ބޯޑަށް އަންގާފައި ނުވާނެ ކަމަށް އޭރު ސަރުކާރު ހިންގި ޕީޕީއެމުން މިރޭ ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2020 73
ހުޅުމާލެ އަކީ ޔާމީންގެ ސިޓީއެއް: ޝިޔާމް

ހުޅުމާލެ އަކީ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށާއި އެއީ ޒުވާނުންނަށް އެމަނިކުފާނު ބިނާކޮށްދެއްވި ތަނެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2020 59
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2020 65
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟

މިދިޔަ ހުކުރުދުވަހުގެ ރެއިން ފެށިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ....

January 28, 2020 40
ޔާމީންގެ ޝަރީއަތް ލައިވްނުކުރަނީ ޖެހިލުންވާތީ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ލައިވް ނުކުރަނީ ސަރުކާރުން އެކަން ކުރަން ޖެހިލުންވާތީ ކަމަށް ޕީއެންސީގެ ރައީސް...

25 ޖެނުއަރީ

January 25, 2020 143
ޔާމީން ހުރީ ހިކި އަނަރޫފަ ވެފައި: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތައް ވެސް ނުލިބޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

12 ޖެނުއަރީ

January 12, 2020 68
ޔާމީންގެ ދިފާއުގައި އާސިފް: ވަޒީފާ ދިނީ ބޯވަތަކަކަށް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ އާއި އެހެނިހެން އިނާޔަތް ލިބި ފައިދާވި މީހުން އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ނުކުރާތީ ވަކީލް މުހައްމަދު އާސިފް ފާޑުވިދާޅުވެއްޖެ އެވެ.

11 ޖެނުއަރީ

January 11, 2020 30
ޔާމީނަށް ކަފާލާތު ނުދެނީ އިންތިޚާބު ގާތްވުމުން:އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2020 39
ހަތިޔާރުގެ ވާހަކަ ދެއްކީ މަޖާޒީ ގޮތުން: ލަތީފް

ހަތިޔާރު ތޫނުކޮށްގެން މަގުމައްޗަށް ނުކުންނަން ގޮވައިލުމުން ފާޑުކިއުން އަމާޒުވުވުމުން، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އޭނާ ދެއްކެވި ވާހަކަ ރޭ މާނަކޮށް ދެއްވައިފި އެވެ.

09 ޖެނުއަރީ

January 09, 2020 123
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.

08 ޖެނުއަރީ

January 08, 2020 24
ޔާމީންގެ ދައުވާ މުރާޖައާކޮށްދޭން ޕީޖީ އަށް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ލޯންޑްރިންގެ ހުކުމް ކުރި ދައުވާ މުރާޖައާކޮށްދޭން ޕީޕީއެމުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ރޭ ގޮވާލައިފި އެވެ.

06 ޖެނުއަރީ

January 06, 2020 41
ޔާމީންގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމު އެކުލަވާލަނީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވައިލަން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޔޫރަޕްގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

January 06, 2020 5
"އެއްވުމަކުން ހައްޔަރުކުރި މީހަކު ބަންދުކުރީ ގޯސްކޮށް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން އިިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ތަންތަނަށް އެއްވި މައްސަލައިގައި ހައްޔަރުކުރި މީހަކު ބަންދުގައި ބަހައްޓަން އަމުރުކުރީ ގާނޫނާ...

January 06, 2020 39
ޝިޔާމް ދެއްވި ތާރީޚަށް ޔާމީން ގެއަށް ބަދަލެއް ނުކުރި!

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގެކޮޅަށް ބަދަލު ނުކުރެވުނީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެކި ބޭފުޅުންނާ އެކު ދައްކަމުން ދިޔަ...

31 ޑިސެމްބަރ

December 31, 2019 22
މި ތިބީ ބާޒުތަކަށް ފުރުސަތު ދޭކަށް ނޫން: އަދުރޭ

އިދިކޮޅު ޕީޕީއެމް ހަރުދަނާ ކުރުމަށް އެ ޕާޓީ އަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ރައްދު ދެއްވައިފި އެވެ.

29 ޑިސެމްބަރ

December 29, 2019 8
އިންތިޚާބުގެ ކެމްޕޭނަށް އިދިކޮޅުން ލ. އަތޮޅަށް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމާއި ޕީއެންސީގެ ޓީމެއް ލ. އަތޮޅަށް މިއަދު ފުރައިފި އެވެ.

27 ޑިސެމްބަރ

December 27, 2019 45
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: ސައީދު

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް އަދި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 23
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން...

December 26, 2019 34
ޕީޕީއެމްގެ ހަރަކާތަށް ރެހެންދި ސްކޫލް ދުލެއް ނުކުރި!

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ސްކޫލްތައް ދޫކުރި އުސޫލުން އިދިކޮޅު ޕީޕީއެމަށް އެ ތަންތަން ދޫކުރަން ދެކޮޅު ހެދުމުން އެ ޕާޓީން...

24 ޑިސެމްބަރ

December 24, 2019 21
ހަރަކާތްތައް "ވަނދު" ކަމަށް ބުނާތީ އަދުރޭގެ ރައްދު!

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް ބާއްވާ ހަރަކާތްތައް "ވަނދު" ކަމަށް ބުނެ ވާދަވެރިން ދައްކާ ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ރައްދު ދެއްވައިފި އެވެ.

23 ޑިސެމްބަރ

December 23, 2019 11
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު

މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. ހިތާހިތުގެ ގުޅުމެއް ވެސް ނޫންމެ އެވެ. ސިޔާސީ ހަރަކާތްތަކުގެ ފިކުރު މިންއެޅުމަށް ބޭނުންކުރާ "ކަނާތު ފިޔަ އަދި ވާތު ފިޔަ" މިބަސްތައް ފުރަތަމަ ބޭނުން ކުރަން ފެށުނީ ފަރަންސޭސި އިންގިލާބުގެ ދުވަސްވަރު 1789-1799ގަ އެވެ. ދުނިޔޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައީ އޭގެ އަހަރުތަކެއް ފަހުން 19 ވަނަ ގަރުނުގެ...

14 ޑިސެމްބަރ

December 14, 2019 40
އިއްޒަތްތެރި ގޮޅިއަކީ ޔާމީންގެ މަގާމެއް ނޫން: އަދުރޭ

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިތަންމެ "އިއްޒަތްތެރި ގޮޅިއެއްގައި" އޮތަސް އެއީ އެމަނިކުފާނަށް ހައްގުވާ މަގާމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް...

December 14, 2019 18
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް

ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޗައިނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ، އޭގެ ނަތީޖާ ހިތި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު...

11 ޑިސެމްބަރ

December 11, 2019 28
ރައީސާ އެކު ކުރި މަޝްވަރާތައް ސިއްރެއްގެ ގޮތުގައި!

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަޝްވަރާތައް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.