17 މާޗް

March 17, 2018 69
ކުއްލި ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ

ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް އެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ނުވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018 8
އަޅުގަނޑުގެ އާއިލާގެ އެންމެން ދޫކޮށްލާ: ދުންޔާ

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، އާއިލާގެ ހުރިހާ ބޭފުޅުން ދޫކުރުމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

14 މާޗް

March 14, 2018 12
"ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގެ"

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށްފައިވާ މީހުންގެ ވަކީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދޫނިދޫއަށް ދާއިރު، ވަކީލުންނަށް ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

March 14, 2018 3
ނަދީމްއާ ފުރަތަމަ ފަހަރަށް ސުވާލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން...

March 14, 2018 35
ޔޫސޭގެ ސިޔާސީ އާ ޖޯކުތަކެއް!

މީގެ 37 އަހަރު ކުރިން އުފައްދަން ފެށި "ދިރިއުޅުމަކީ މިއީ" އިން ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރަން ފެށި، ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އަނެއްކާވެސް ތަފާތު...

13 މާޗް

March 13, 2018 35
ޣައްސާން ދެ ފަހަރަށް ބައްޕާފުޅާ ބައްދަލު ކުރައްވައިފި

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން، ދަރިކަލުން ޣައްސާން މައުމޫން، އެ މަނިކުފާނާ ދެ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.

12 މާޗް

March 12, 2018 26
ފާރިސް ވިދާޅުވީ "ނިމެނީ، މި ނިމެނީ" ކަމަށް!

"މި ނިމެނީ، މި ނިމެނީ" ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދު ހިތްވަރު ދެއްވައިފި އެވެ.

March 12, 2018 44
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ބުނެ، ރިޝްވަތު ލިބުނު ކަމަށް ބުނާ...

March 12, 2018 29
މައުމޫނަށް ތުހުމަތުކުރަނީ ފޯނެއް ނައްތާލިކަމަށް: ޝަމީމް

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ތުހުމަތު ކުރަނީ ފޯނެއް ނައްތާލި ކަމަށް ބުނެ ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް...

11 މާޗް

March 11, 2018 4
"މައުމޫނާ ސުވާލުނުކޮށް ބެހެއްޓީ ނަފްސާނީ ގެއްލުންދޭން"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރިތާ 33 ދުވަސް ވީއިރު ސުވާލެއް ނުކޮށް ހުރީ ނަފްސާނީ ގޮތުން ގެއްލުންދޭ ކަމަށް މައުމޫންގެ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2018 39
ތަހުގީގަށް މައުމޫން އެއްބާރުލުމެއް ނުދެއްވި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ސުވާލު ކޮށްފައިވާ ކަމަށާއި އެކަމަކު އެމަނިކުފާނާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ދޭން ދެކޮޅު ހައްދަވާ ކަމަށް މައުމޫންގެ ވަކީލުންގެ...

06 މާޗް

March 06, 2018 13
މައުމޫންގެ އެދުމަކީ އިސްލާހު ކުރުމުގައި ސާބިތުވެ ތިބުން

ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެދިވަޑައިގަންނަވަނީ އިސްލާހީ މަސައްކަތުގައި ރައްޔިތުން ހިތްވަރާއި އަޒުމާއެކު ދެމިތިބުމަށް...

March 06, 2018 10
މައުމޫނާއި ނަދީމަށް ފުލުހުން ސުވާލެއް ނުކުރޭ: ވަކީލުން

ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިތާ މިއަދު އެއް މަސްވީއިރު...

04 މާޗް

March 04, 2018 26
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހެކި ނައްތާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

02 މާޗް

March 02, 2018 40
ނަޝީދުގެ މަންމާފުޅު ފާރިސްގެ ދިފާއުގައި: "ހިތްދަތިވޭ"

މަތީގައިވާ ފޮޓޯއަކީ، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރެވެ؛ މުޒާހަރާގެ ބައިވެރިންނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު، އާބިދާ އަހްމަދު ހުންނެވީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު...

01 މާޗް

March 01, 2018 44
ފުލުހުންނަށް ސުވާލެއް: ހޯދި ކިތާބީ ހެކި ކޮބާ؟

"ބަޣާވާތަކުން" ސަރުކާރު ވައްޓާލަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުން އުޅުއްވި ކަމުގެ ކިތާބީ ހެކި ހުރި ކަމަށް ފުލުހުން ބުނުމަށް ފަހު، ހެކި ނައްތާލުމުގެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލުމުން ފުލުހުންގެ ތަހުގީގަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ. އިދިކޮޅު ގިނަ ބަޔަކު އަންނަނީ، މުޅި ގައުމު...

28 ފެބުރުއަރީ

February 28, 2018 80
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި

"ބަޣާވާތް"ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މައްޗަށް، ހެކި ނައްތާލުމުގެ ދައުވާ ކުރަން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 10
މައުމޫން އޭސީސީއަށް ޖަވާބުދާރީވާން ދެކޮޅު ހައްދަވައިފި

މިހާރު ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން...

February 27, 2018 58
ދުންޔާ ސަރުކާރުން ވަކިވެވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 33
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2018 103
"އިދިކޮޅު ލީޑަރުންނަށް މެޑަމްއާ ވެސް ވާދަނުކޮށްލެވޭނެ"

އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ އެކަނި ވެސް ވާދަކޮށްނުލެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

22 ފެބުރުއަރީ

February 22, 2018 15
ވަކީލު ޝަމީމް ސަސްޕެންޑު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް މިއަދުން ފެށިގެން ސަސްޕެންޑު ކޮށްފި އެވެ.

February 22, 2018 12
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި އަންނަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަން...

18 ފެބުރުއަރީ

February 18, 2018 1
ނާދިރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގައި މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

February 18, 2018 11
ކަންބޮޑުވުންތަކާއެކު ދުންޔާ އެޗްއާރުސީއެމަށް

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ހެލްތު...

17 ފެބުރުއަރީ

February 17, 2018 33
އެކަނިވިޔަސް، މައުމޫން ފަހަތަކަށް ނުޖެހޭނެ: ވަކީލް

ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި އެކަނި ހުންނަވަން ޖެހުނަސް އެ ގޮތުގައި ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް އެ މަނިކުފާނު ވަކީލުން މިއަދު ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2018 11
މައުމޫން އަނެއްކާ ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފި

ތިން ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާ ވެސް ދޫނިދޫ ޖަލަށް މިރޭ ބަދަލުކޮށްފި އެވެ.

February 15, 2018 24
"މައުމޫން ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅު ކަމަށް"

ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މާފުށީ ޖަލުގައި ހަމަޖައްސައިދީފައިވާ އިންތިޒާމުތައް...

14 ފެބުރުއަރީ

February 14, 2018 36
މައުމޫނާއި ދެ ފަނޑިޔާރުންނާ މުއިއްޒު ބައްދަލުކޮށްފި

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ، ރައީސްގެ މަނއދޫބެްްގެ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.

February 14, 2018 31
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން

ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި...

February 14, 2018 7
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެއް ބޭފުޅުން، ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުންޏަސް، އެ މައްސަލާގައި...