19 ސެޕްޓެމްބަރ

September 19, 2019 1
ރިލްވާން މައްސަލައިގައި ދައުވާކުރަން ޕީޖީ އަށް ފޮނުވަނީ

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުވާ ކުރަން އަންނަ ހަފުތާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2019 74
ރިޕޯޓު ހެދީ ފުލުހުން ދިން އެއްޗަކުން: ގާސިމް

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ ފުލުހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށާއި އެ މީހުންނަށް ފާޑު ކިޔޭނެ ސަބަބެއް ނެތް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2019 20
"ކޮމިޝަނުން ފާހަގަކުރި ކަންތަކަށް ފިޔަވަޅު އަޅާނަން"

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ފާހަގަކުރި ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

31 އޯގަސްޓް

August 31, 2019 20
ރިލްވާނަށް އިންސާފް ހޯދައިދޭން އަނެއްކާވެސް ވައުދުވެއްޖެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރުން ވެފައިވާ ވައުދު މިއަދު އަލުން ތަކުރާރުކޮށްފި އެވެ.

23 އެޕްރީލް

April 23, 2019 43
ޔާމީނަށް އިންސާފު ހޯދަން ބޭއްވި ހިނގާލުމުގައި ރައީސް

ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާ އަށް އިންސާފު ހޯދަން ގޮވާލާ މިއަދު ބޭއްވި ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފި...

April 23, 2019 20
ރައީސް ވެސް ވިދާޅުވަނީ "ދުލެއް ނުކުރާނަން" ކަމަށް

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި "ދުލެއްނުކުރާނަން" ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު...

12 ޑިސެމްބަރ

December 12, 2018 32
ރިލްވާން،ޔާމީންގެ ވާހަކައިން ރައީސް ކީރިތި ކުރައްވައިފި

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރައިލާފައި ބްލޮގަރު ޔާމީން ރަޝީދުގެ ހަނދުމަފުޅު އާކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ކީރިތި ކުރައްވައިފި އެވެ.

03 ޑިސެމްބަރ

December 03, 2018 19
ދެ ކޮމިޝަން ތަހުގީގީ އިދާރާއަކަށް ހަދައި ބާރުތައް ދެނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.

21 ނޮވެމްބަރ

November 21, 2018 28
"އިންސާފަށް ވާސިލްވާން، ތަހުގީގުން ނަތީޖާ ނެރެދޭނަން"

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ރައްޔިތުންނަށް އިތުބާރު ކުރެވޭ ދަރަޖައަށް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމާ ހަމައަށް ވާސިލްވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން، ރިޔާސީ ކޮމިޝަނުން މިއަދު ދީފި އެވެ.

18 ނޮވެމްބަރ

November 18, 2018 41
މަރުތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަވައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އުފައްދަވައިފި އެވެ.

13 ނޮވެމްބަރ

November 13, 2018 16
ތިން މަރަށް އިންސާފު ހޯދައިދޭން ދުންޔާ ގޮވާލައްވައިފި

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމު އަލީ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައިދެއްވަން، އިންތިހާބީާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ގޮވާލައްވައިފި...

15 ސެޕްޓެމްބަރ

September 15, 2018 18
އަބުރުގެ ގާނޫނު އުވާލާއި ނޫސްވެރިކަން ކަށަވަރުކޮށްދޭނަން

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، އަބުރު ރައްކާތެރިކުރުުމުގެ ނަމުގައި އުފެއްދި ހިޔާލުފާޅުކުރުން ހުއްޓުވާ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.

07 އޯގަސްޓް

August 07, 2018 9
ރިލްވާން މައްސަލައިގައި އިބޫގެ ފާޑުކިއުން ރައީސަށް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުވެއްޖެކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވުމުން އިދިކޮޅު ރިއާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 13
ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރާނަން:އިބޫ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ފުރިހަމަ ތަހުގީގެއް އޭނާގެ ވެރިކަމެއްގައި ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.