03 ފެބުރުއަރީ

February 03, 2019 50
ލަންކާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދެނީ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އަންނަ އޭޕްރީލް މަހު 1 ވަނަ ދުވަހުން ފެށިގެން ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2019 20
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހު ގެންނަން ޖެހޭ:ރައީސް

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވައި ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށް، ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

January 31, 2019 18
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި...

January 31, 2019 9
ޖަޒީރާ ހޮޅުއަށީގައި ހިޔާލު ހޯދަނީ ލާމަރުކަޒީ ނިޒާމަށް

ރާއްޖޭގައި ހުރި މައްސަލަތަކަށް މަޝްވަރާ ކުރުމަށް "ޖަޒީރާ ހޮޅުއަށި" ނަމުގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދަން...

30 ޖެނުއަރީ

January 30, 2019 60
ޖޭޕީން ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުން ގާސިމަށް

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު، އެ ޕާޓީގެ ކައުންސިލުން، ލީޑަރު ގާސިމް އިބްރާހިމަށް މިރޭ ދީފި އެވެ.

28 ޖެނުއަރީ

January 28, 2019 67
ކޮމިޓީތަކުގެ މެމްބަރުންނަށް ދެނީ އެލަވަންސާއި ސެކިއުރިޓީ

ސަރުކާރާ ގުޅޭ ތަފާތު މަސްއޫލިއްޔަތުތައް ހަވާލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނާއި ކޮމިޓީތަކުގެ މެމްބަރުންނަށް ސަރުކާރުން...

January 28, 2019 19
އިތުރު އަށް ބޭފުޅަކަށް ނައިބު ކަން ދެއްވައިފި

ހަ މިނިސްޓްރީ އަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި އަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

24 ޖެނުއަރީ

January 24, 2019 42
ރައީސަށް ލަފާ އަރުވާ ކޮމެޓީއެއް އެކުލަވާލައިފި

ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި އެތަނަށް މިއަދު މެންބަރުން އައްޔަން...

January 24, 2019 105
މިއީ ރިޔާސީތޯ ނުވަތަ ބަރުލަމާނީތޯ ސާފެއް ނޫން: ރައީސް

ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފު ނުވާ ކަމަށާއި ނިޒާމް ސާފުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް...

23 ޖެނުއަރީ

January 23, 2019 106
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށިއިރު ވެސް އޮތް ބިރަކީ ކޯލިޝަން ސަރުކާރަކަށް ވުމެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ރޫޅި، "މިތުރުން، ހަތުރުންނަށް" ވެދާނެ ކަމުގެ ނުތަނަވަސްކަމެވެ. ތަފާތު ފިކުރު ގުޅިގެން އުފައްދާ ސަރުކާރުތަކުގައި، އެ ނޫން ގޮތެއް އާ ގާނޫނުއަސާސީއާ އެކު ވޭތުވެދިޔަ 10 އަހަރު، ތަޖުރިބާއެއް ނުކުރެ އެވެ.

22 ޖެނުއަރީ

January 22, 2019 133
ދީނަށް ފުރައްސާރަކުރާ މައްސަލާގައި ކޮމިޓީއެއް

އިސްލާމް ދީނާއި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރާއްޖޭގައި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ކަންކަމަށް ހައްލު...

January 22, 2019 8
ލަންކާގެ މިނިވަންދުވަސް ޝަރަފުވެރި ކޮށްދެއްވާނީ ރައީސް

ސްރީ ލަންކާގެ މި އަހަރުގެ މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

21 ޖެނުއަރީ

January 21, 2019 36
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް

ސަރުކާރު ކޯލިޝަންގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

January 21, 2019 8
މަޖިލިސް ހުޅުވާ ދުވަސް ބަންދުވާނެ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، ފެބްރުއަރީ ހަތް ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.

January 21, 2019 168
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިގެން ކާމިޔާބީ ހޯދަން ސަރުކާރު ކޯލިޝަނުން ވީ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ތެދުވުމުން، އެކަމަށް...

20 ޖެނުއަރީ

January 20, 2019 5
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު

ޓްރާންސިޝަން އޮފީހުގެ ވެރިއަކަށް ހުންނެވި ސީވީޑް އަހުމަދު ލަތީފް ޖަރުމަނު ސަފީރަކަށް ހަމަޖައްސައި ސްރީ ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް ހަމަޖައްސައިފި އެވެ.

19 ޖެނުއަރީ

January 19, 2019 38
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު

އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2019 54
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބޭނުންވާ ބޭފުޅުންނަށް ހުރަސް އެޅުމަށް ހިންގާ ކަންކަމަކީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ މެމްބަރު...

January 18, 2019 24
މަޖިލީހުގައި ސަރުކާރު ހިމާޔަތް ކުރާނީ ޖޭޕީ: ރިޔާޒް

ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިހުގައި ކުލަގަދަކޮށް އޮވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިމާޔަތް ކުރާނެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ...

15 ޖެނުއަރީ

January 15, 2019 168
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި

އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ހޫނު...

January 15, 2019 26
ނަޝީދަށް ކުރިމަތި ނުލެވޭގޮތް ހެދިޔަކަނުދޭނަން: އެމްޑީޕީ

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށް އެ ޕާޓީން...

January 15, 2019 8
ރާއްޖޭގެ އަމާޒަކީ އިއާދަކުރަނިވި ހަކަތަ: ރައީސް

ރާއްޖެ އިން މަސައްކަތް ކުރާނީ އިއާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

14 ޖެނުއަރީ

January 14, 2019 9
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ

ރާއްޖެއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އެއްބާރުލުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ދެގައުމުން އެއްބަސްވެއްޖެ އެވެ.

January 14, 2019 14
ގައުމީ އަދި ހާއްސަ އިނާމު ވަކިން ދޭން ލަފާދެއްވައިފި

ގައުމަށް އަގުހުރި ހިދުމަތްކުރާ ފަރާތްތަކަށް ދެއްވާ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު ދެ ރަސްމިއްޔާތެއްގައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު...

13 ޖެނުއަރީ

January 13, 2019 5
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީ އަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިރޭ ފުރާވަޑައިގެންފި އެވެ.

January 13, 2019 8
ރައީސްގެ ޔޫއޭއީ ދަތުރުގައި އެހީތަކެއް ލިބޭނެ: ޝާހިދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިރޭ ފައްޓަވާ ދަތުރުފުޅުގައި ރާއްޖޭގެ...

11 ޖެނުއަރީ

January 11, 2019 38
މާލީ ބަޔާނާ ގުޅޭ ކަންކަން ރަނގަޅު ކުރާނަން: ހޫދު

ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި ރައީސް އޮފީހުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ކުރަން އިއްޔެ ފަށާފައިވާއިރު، އަދިވެސް ރަނގަޅު...

January 11, 2019 65
ރައީސް އާއި ނައިބު ރައީސް މާލީ ބަޔާން ހާމަކުރައްވައިފި

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ...

10 ޖެނުއަރީ

January 10, 2019 29
އަދިވެސް މި ހިނގަނީ 2008ގެ ވައުދުތައް: ނަޝީދު

ރާއްޖޭގައި އަދިވެސް ހިނގަމުން މި އަންނަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވީ ވައުުދުތައް ކަމަށާއި ރާއްޖެ ބަދަލުވީ އެ ވައުދުތަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ...

January 10, 2019 49
މަތީތައުލީމަށް ދޫކުރި ގިނަ ލޯނުތައް ނުދައްކާ އެބަހުރި

މަތީ ތައުލީމުގެ ލޯން ސްކީމުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސަައްކަތްތައް ކުރައްވާނެ ކަމަަށް ހަޔަ އެޑިއުކޭޝަން...

08 ޖެނުއަރީ

January 08, 2019 8
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

07 ޖެނުއަރީ

January 07, 2019 14
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު

ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިޓެކްނިކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސީއީއޯ އިން އައްޔަން ކުރައްވައިފި އެވެ.

06 ޖެނުއަރީ

January 06, 2019 1
ހައްޔަރީންގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަގުސަދުގައި ބަންދުކޮށް، އެކި ފިޔަވަޅުތައް އަޅައިފައިވާ ފަރާތްތަކާއި، ހުކުމްތައް ކޮށްފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިތުރުކުރައްވައިފި އެވެ.

03 ޖެނުއަރީ

January 03, 2019 4
އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް، ފުވައްމުލަކު، މާދަޑު، ނަޒާ، ޝާފިއު، އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.

January 03, 2019 17
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު...

January 03, 2019 59
56 ވައުދު ފުއްދައިފި، ނުނިމެނީ 11 ވައުދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި ޖުމްލަ 67 ވައުދުގެ ތެރެއިން 56 ވައުދު ފުއްދާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު...