14 ޖުލައި

July 14, 2020 14
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް

ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

06 ޖުލައި

July 06, 2020 17
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ދިނުމާ ގުޅޭ ކަންކަން ނިންމަން މި މަހުގެ 10 އާ ހަމައަށް ދެ ފަރާތުން އެއްބަސްވެގެން ވަގުތު ދީފި އެވެ.

30 ޖޫން

June 30, 2020 17
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ތިން މަހަށް ފަހު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މާދަމާ ފަށާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2020 127
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، މަޝްހޫރު ނަމުން ނަމަ "7،000 ފްލެޓް" ވެފައި މިވަނީ، އެއަށް ފާޑެއް ވެސް ނުކިޔޭވަރުގެ ތަނަކަށެވެ. އެތަނުގެ ޖާގަ ކުޑަ ވާހަކަ ބުންޏަސް، އެއިން އިމާރާތެއްގައި އެހާ ގިނަ ބަޔަކު އުޅުމަކީ ބޮޑު ތޮއްޖެއްސުމެއް ކަމަށް ބުންޏަސް، އެތަނުގައި ހުންނަނީ ތިން ލިފްޓޭ...

25 ޖޫން

June 25, 2020 210
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން

ރީތި ކުލަތަކުން ބޭރު ފުރިހަމަ 25 ބުރީގެ އުސް ޓަވަރުތަކެވެ. އެއް ސަރަހައްދަކުން އެހާ ގިނަ އިމާރާތްތައް އެއްފަހަރާ ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ކައިރި ކައިރީގައި 16 ޓަވަރެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެހާ އުސް އިމާރާތްތަކެއް އެއް ތަނެއްގައި އަދި ނެތެވެ.

24 ޖޫން

June 24, 2020 50
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ޖާގަ ކުޑަ ކަމަށް ބުނެ މި ސަރުކާރުން އޮޅުވައިލަނީ ކަމަށް ކުރީގެ ހައުސިން...

June 24, 2020 103
ފްލެޓްތައް ނިންމަން ދެން ލޯނެއް ނުނަގާނެ: އެޗްޑީސީ

ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި 7،000 ފްލެޓްގެ ފިނިޝިން މަސައްކަތަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރިން ނިންމާފައި އޮތް ނަމަވެސް،...

23 ޖޫން

June 23, 2020 135
ރައީސްގެ ރައްދު: ފޮޓޯއަށް ރީތި، ދިރިއުޅެން ކަމުނުދޭ

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯ އިރޮއްސޭ މަންޒަރާ އެކު ކިތަންމެ ރީއްޗަސް އެތެރެ ހުރި ގޮތުން ދިރިއުޅެން ކަމުނުދާ ކަމަށް ވިދާޅުވެ، 7،000 ފްލެޓް ދިނުން ލަސްވާ މައްސަލައިގައި އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.

20 މެއި

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

06 ފެބުރުއަރީ

February 06, 2020 20
އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: ރައީސް

ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2020 44
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި...

February 03, 2020 79
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ

ކުރީގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީން ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

06 ޖެނުއަރީ

January 06, 2020 29
ސްޓޭޑިއަމް އަޅާ ކުންފުނީގެ ވެރިން ރައީސް އަރިހަށް

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ޗައިނާގެ ކުންފުނީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

06 ޑިސެމްބަރ

December 06, 2019 1
ސާދަ ބައިވެރިންނާ އެކު ފިޝަރީޒް އެކްސްޕޯ ފަށައިފި

މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަަށްގެންދާ ތިން ވަނަ "ފިޝަރީޒް އެކްސްޕޯ" ފަށައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 28
އިންޑިއާ އިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ

ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2019 6
ފްލެޓް ކޮމިޓީގެ މަސައްކަތް ޑިސެމްބަރުގައި ނިންމަނީ

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް އަންނަ ޑިސެމްބަރު 15 ގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖުލައި

July 07, 2019 36
ސީ ލައިފް މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް!

ފްލެޓް ގަންނަން ސީ ލައިފަށް ފައިސާ ދައްކައި ހާލުގައި ޖެހުނު މީހުންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.

04 ޖުލައި

July 04, 2019 34
ބޯހިޔާވަހިކަމުގެ ޝަކުވާއަށް ރައީސްގެ އުއްމީދީ އަދަދުތައް

މި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 6،000ރ. އަށް ވުރެ ބޮޑު ނުކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވައި ސަރުކާރުން ސަބްސިޑީއެއް ދީގެން ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ވެސް އެ އަގުގައި ދޫކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2019 123
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

04 އެޕްރީލް

April 04, 2019 82
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި

ފުޅީގައި ބަންދުކުރި ބޯފެން ބޮޑު އަގުގައި ގަތުމުގެ ބަދަލުގައި އެމްޑަބްލިއުއެސްސީގެ އިސްކުރު ފެން ބޭނުންކުރަން ބާރު އަޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވާހަކަފުޅު...

April 04, 2019 28
ހުޅުމާލޭގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

10 ފެބުރުއަރީ

February 10, 2019 48
ފްލެޓްތަކުގެ މައްސަލައިގައި މިނިސްޓަރު މަޖިލީހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި "ހިޔާ" މަޝްރޫއުން ދޫކުރި 7،000 ފްލެޓާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވަން މި ސަރުކާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

07 ފެބުރުއަރީ

February 07, 2019 35
އިތުރު ފްލެޓް އަޅައި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަނީ

ހުޅުމާލޭގައި އިތުރު ފްލެޓްތައް އަޅައި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފި އެވެ.