08 ޖުލައި

July 08, 2019 15
ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލިހުން ރުހުން ދީފި

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި...

July 08, 2019 88
އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮނުވާނެ: ގާސިމް

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުން ގާއިމުކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު،...

04 ޖުލައި

July 04, 2019 85
ރާއްޖެ-އިންޑިއާގެ ބޮޑު އެއްބަސްވުމެއް، ނަތީޖާއަކީ؟

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމާ މެދުު ކަންބޮޑުވާ ގިނަ މީހުންގެ ވިސްނުމަކީ މިއީ އެވެ؛ އިންޑިއާއަކީ ދުނިޔޭގެ ބާރުގަދަ ގައުމަކަށް ވެފައި، އެ ގައުމުން ރާއްޖޭގެ ކަންކަމަށް ބަސް ކިޔައި، ރާއްޖެ އަޅުވެތިކުރަން އުޅެފާނެ އެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ޓޫރިޒަމަށް...

09 ޖޫން

June 09, 2019 18
މޯދީ އަށް ހަދިޔާކުރެއްވި ގުޅިން ފަންނުވެރިޔާ އުފަލުން

ގަލުގައި ދިވެހި ޒަމާންވީ ކުރެހުންތައް ކަނޑައިނެގުމުގެ މަސައްކަތްކުރާ، މުހައްމަދު އިމްރާނުގެ އުފެއްދުންތައް އަބަދުވެސް ރައީސް އޮފީހުގައި ހުރެ އެވެ. އެއީ ހަދިޔާގެ ގޮތުގައި ބޭރުގެ އިއްޒަތްތެރިންނަށް އެރުވުމަށެވެ. އިއްޔެ ރާއްޖެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހަދިޔާގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު...

08 ޖޫން

June 08, 2019 18
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ...

June 08, 2019 25
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"

ރާއްޖެ ދެމިއޮންނާނީ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމުގެ ޔަގީން ކަން ދެއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމާއި...

06 ޖޫން

June 06, 2019 14
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް

އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ. އެކަމަކު، އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

June 06, 2019 37
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 26 މިލިއަން ޑޮލަރުގެ ދެ މަޝްރޫއު އިފްތިތާހު ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓްރީން...

June 06, 2019 85
މޯދީގެ ދަތުރުގައި ގިނަ އެއްބަސްވުންތަކުގައި ސޮއިކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރުދުވަހު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ ގިނަ...

24 މެއި

May 24, 2019 7
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.

23 މެއި

May 23, 2019 6
މޯދީ ހޯއްދެވި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މަރުހަބާ ދަންނަވައިފި އެވެ.

21 މެއި

May 21, 2019 71
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން

ރިޒާވަށް އެއް މަހުގެ ތެރޭގައި ބޮޑު ބަދަލެއް އައީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް ކަރެންސީ ސްވޮޕްގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

21 އެޕްރީލް

April 21, 2019 25
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް

އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

13 އެޕްރީލް

April 13, 2019 174
މަލިކާ ބެހޭ ގޮތުން ޖާބިރު ވިދާޅުވީ އަމިއްލަ ޚިޔާލެއް

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ވިދާޅުވީ، އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

08 އެޕްރީލް

April 08, 2019 19
އެމްޑީޕީގެ ކާމިޔާބީއަށް އިންޑިއާ އިން މަރުހަބާ ކިޔައިފި

މަޖިލިސް އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2019 6
ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުން ކޮމިޓީއަށް

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަން ނިންމުމާ ގުޅިގެން އެކަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

18 މާޗް

March 18, 2019 7
ސުޝްމާ، ރައީސާ ބައްދަލުކުރައްވައިފި

އިއްޔެ ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

16 މާޗް

March 16, 2019 83
ގައުމުތަކާ ފިތުނަ އުފައްދަން ޖާގައެއް ނުދޭނަން: ރައީސް

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2019 12
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާ އިިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

28 ފެބުރުއަރީ

February 28, 2019 14
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.

16 ފެބުރުއަރީ

February 16, 2019 24
ބޭރުގެ އެހީއަށް ވުރެ މުހިންމީ ފުދުންތެރިކަން: ނަޝީދު

ރާއްޖެއަށް މުހިންމީ ބޭރުގެ އެހީއެއް ނޫން ކަމަށާއި މުހިއްމީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019 19
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

February 12, 2019 20
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ހޯދަނީ

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

February 12, 2019 80
ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ:ނަޝީދު

ހިލާފު އުފެދޭ ފަދަ ވާހަކަތައް ދައްކައި ނަފުރަތު އުފައްދަން ކުރާ ކަންތައްތަކީ ހިނގަން ދޫކޮށްގެން ތިބޭނެ ކަންތައްތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު...

10 ފެބުރުއަރީ

February 10, 2019 13
އެސްބީއައިގެ ޚިދުމަތަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއް

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގެ ދިގު މުއްދަތުގެ ޚިދުމަތަކީ ރާއްޖެ އާއި އިންޑިޔާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2018 10
ރާއްޖެ-އިންޑިއާ ގުޅުމަށް އެމެރިކާއިން މަރުހަބާކިޔައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅާ އެކު، ރާއްޖެ-އިންޑިއާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ވެފައި ވާތީ އެމެރިކާ އިން އިންޑިއާއަށް މަރުހަބާ ކިޔައިފި އެވެ.