14 މާޗް

March 14, 2019 22
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް

ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދެރަ ގޮތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވ. ކެޔޮދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

13 މާޗް

March 13, 2019 84
ކެމްޕެއިނަށް ރަސްމީލޯންޗު ބޭނުންކުރަނީ ސަލާމަތީ ސަބަބަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2019 50
ވޯޓު ނުދީފި ނަމަ ވެރިކަމުގެ ނިޒާމް ގަޑުބަޑުވާނެ:ނަޝީދު

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ...

March 12, 2019 41
އެންމެ ބޮޑެތި ވައުދުތަކަށް ހުރަސް އެޅިފައި!

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭރުގެ އިދިކޮޅުން އެންމެ ވަރުގައަަށް ވީ ވައުދަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދައި އެފައިސާ ރައްޔިތުންނަށް...

10 މާޗް

March 10, 2019 24
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

09 މާޗް

March 09, 2019 145
ބިލްތަކުގެ މައްސަލައިގައި ގާސިމް ރައީސަށް ރައްދު ދީފި

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދަނީ ވައުދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ރައްދު ދެއްވައިފި އެވެ.

March 09, 2019 74
މަޖިލިސް ހިނގީ ވައުދުވީ ގޮތަކަށް ނޫން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ހިނގާފައި ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ނޫން ކަަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް...

March 09, 2019 90
ނަޝީދަކީ އަޅުގަނޑު ގަބޫލުކުރާ ރައީސެއް ނޫން: ގާސިމް

އެމްޑީޕީގެ ރައީސަކީ މުހައްމަދު ނަޝީދު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ޕާޓީގެ ރައީސެއް ކަމަށް ބަލައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމްހޫރީ ޕާޓީ...

08 މާޗް

March 08, 2019 38
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް: ނަަޝީދު

އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހަށް އައްޑޫގެ ދާއިރާތައް ތަމްސީލު ކުރަން އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އިދިކޮޅު ޕީޕީއެމްގެ އައްޑޫގެ ހުރިހާ ސަޕޯޓަރުން ވެސް...

March 08, 2019 65
އައްޑު އަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް...

06 މާޗް

March 06, 2019 67
ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

March 06, 2019 25
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް...

03 މާޗް

March 03, 2019 26
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

26 ފެބުރުއަރީ

February 26, 2019 41
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2019 80
ރައީސް ވަޑައިގަންނަވާ، ފައިސާނެގި މެމްބަރުން ދައްކާނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި ނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2019 38
މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭނީ ރައީސަށް: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ލިބެން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019 80
ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ:ނަޝީދު

ހިލާފު އުފެދޭ ފަދަ ވާހަކަތައް ދައްކައި ނަފުރަތު އުފައްދަން ކުރާ ކަންތައްތަކީ ހިނގަން ދޫކޮށްގެން ތިބޭނެ ކަންތައްތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 17
ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، މިއަދު ވިދާޅުވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2019 34
މަޖިލީހުގައި މުހިއްމު ދައުރު އަދާކުރެވޭނީ އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިއްމު ދަައުރެއް އަދާކުރެވޭނީ އެމްޑީޕީ އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2019 49
"މަޖިލީހަށް ވާދަކުރުމުގައި އެއްބަސްވުމާ ޚިލާފުވެއްޖެ"

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވަކިވަކިން ވާދަކުރަން ނިންމުމަކީ ކޯލިޝަން ސަރުކާރު އުފެއްދުމަށް އެކުލަވައިލި އެއްބަސްވުމާ ޚިލާފުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019 40
ކުރީގެ ރައީސުންނާ ދެކޮޅު އިސްލާހު ތަސްދީގެއްނުކުރާނަން

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2019 106
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށިއިރު ވެސް އޮތް ބިރަކީ ކޯލިޝަން ސަރުކާރަކަށް ވުމެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ރޫޅި، "މިތުރުން، ހަތުރުންނަށް" ވެދާނެ ކަމުގެ ނުތަނަވަސްކަމެވެ. ތަފާތު ފިކުރު ގުޅިގެން އުފައްދާ ސަރުކާރުތަކުގައި، އެ ނޫން ގޮތެއް އާ ގާނޫނުއަސާސީއާ އެކު ވޭތުވެދިޔަ 10 އަހަރު، ތަޖުރިބާއެއް ނުކުރެ އެވެ.

21 ޖެނުއަރީ

January 21, 2019 36
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް

ސަރުކާރު ކޯލިޝަންގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ...

January 21, 2019 168
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިގެން ކާމިޔާބީ ހޯދަން ސަރުކާރު ކޯލިޝަނުން ވީ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ތެދުވުމުން، އެކަމަށް...

19 ޖެނުއަރީ

January 19, 2019 129
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި، ވަކި ބަޔަކު ހޮވުމަށް އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައިވާ ކަމަށް އެ ޕްރައިމަރީން ނާކާމިޔާވި، މިހާރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

January 19, 2019 38
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު

އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

January 19, 2019 60
އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ: ރައީސް

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ...

18 ޖެނުއަރީ

January 18, 2019 54
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބޭނުންވާ ބޭފުޅުންނަށް ހުރަސް އެޅުމަށް ހިންގާ ކަންކަމަކީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެކޮޅު ހައްދަވައިފި އެވެ.