31 ޖެނުއަރީ

January 31, 2019 49
"މަޖިލީހަށް ވާދަކުރުމުގައި އެއްބަސްވުމާ ޚިލާފުވެއްޖެ"

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވަކިވަކިން ވާދަކުރަން ނިންމުމަކީ ކޯލިޝަން ސަރުކާރު އުފެއްދުމަށް އެކުލަވައިލި އެއްބަސްވުމާ ޚިލާފުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019 40
ކުރީގެ ރައީސުންނާ ދެކޮޅު އިސްލާހު ތަސްދީގެއްނުކުރާނަން

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2019 106
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށިއިރު ވެސް އޮތް ބިރަކީ ކޯލިޝަން ސަރުކާރަކަށް ވުމެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ރޫޅި، "މިތުރުން، ހަތުރުންނަށް" ވެދާނެ ކަމުގެ ނުތަނަވަސްކަމެވެ. ތަފާތު ފިކުރު ގުޅިގެން އުފައްދާ ސަރުކާރުތަކުގައި، އެ ނޫން ގޮތެއް އާ ގާނޫނުއަސާސީއާ އެކު ވޭތުވެދިޔަ 10 އަހަރު، ތަޖުރިބާއެއް ނުކުރެ އެވެ.

21 ޖެނުއަރީ

January 21, 2019 36
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް

ސަރުކާރު ކޯލިޝަންގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ...

January 21, 2019 168
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިގެން ކާމިޔާބީ ހޯދަން ސަރުކާރު ކޯލިޝަނުން ވީ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ތެދުވުމުން، އެކަމަށް...

19 ޖެނުއަރީ

January 19, 2019 129
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި، ވަކި ބަޔަކު ހޮވުމަށް އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައިވާ ކަމަށް އެ ޕްރައިމަރީން ނާކާމިޔާވި، މިހާރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

January 19, 2019 38
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު

އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

January 19, 2019 60
އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ: ރައީސް

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ...

18 ޖެނުއަރީ

January 18, 2019 54
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބޭނުންވާ ބޭފުޅުންނަށް ހުރަސް އެޅުމަށް ހިންގާ ކަންކަމަކީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެކޮޅު ހައްދަވައިފި އެވެ.

15 ޖެނުއަރީ

January 15, 2019 168
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި

އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ...

January 15, 2019 26
ނަޝީދަށް ކުރިމަތި ނުލެވޭގޮތް ހެދިޔަކަނުދޭނަން: އެމްޑީޕީ

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށް އެ ޕާޓީން...

10 ޖެނުއަރީ

January 10, 2019 29
އަދިވެސް މި ހިނގަނީ 2008ގެ ވައުދުތައް: ނަޝީދު

ރާއްޖޭގައި އަދިވެސް ހިނގަމުން މި އަންނަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވީ ވައުުދުތައް ކަމަށާއި ރާއްޖެ ބަދަލުވީ އެ ވައުދުތަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2019 34
އަޣުލަބިއްޔަތާ އެކު ރައީސް ވައުދުތައް ފުއްދަވާނެ:ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދައި، ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް "އަކުރުން އަކުރަށް" ފުއްދަވައި ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2018 20
މަޖިލީހާ މެދު ކޯލިޝަން ލީޑަރުން މާދަމާ މަޝްވަރާ ކުރަނީ

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން މާދަމާ ބައްލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމައިފި އެވެ.

18 ޑިސެމްބަރ

December 18, 2018 98
100 ދުވަސް ގުނާނީ ބަންދު ދުވަސް ނުލައި: ސަރުކާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދް މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 80
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި އެވެ.

13 ޑިސެމްބަރ

December 13, 2018 8
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ހުރިހާ ބިލްތައް "ތައްގަނޑު" ޖަހައިގެން މަޖިލީހުން ފާސް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2018 33
ރައީސްގެ ވާހަކަފުޅަށް ގާސިމްގެ ތައުރީފް

މި ސަރުކާރު ހިންގާ ކޯލިޝަން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާކަން ރޭ ހާމަކުރައްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ...

December 11, 2018 53
އެއްވެސް ހާލެއްގައި ކޯލިޝަން ރޫޅެން ރައީސް ބޭނުމެއްނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ކަމަށާއި އެއްވެސް...

09 ޑިސެމްބަރ

December 09, 2018 7
ރައީސް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

08 ޑިސެމްބަރ

December 08, 2018 63
ޑީއޯ ސައްޕެ މާމިގިލީ ދާއިރާ އަށް ވާދަކުރައްވަނީ

އަންނަ އަހަރު މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާއަށް ކުރިމަތިލައްވަން އަހުމަދު ޝަފީގް އިބްރާހީމް މޫސާ (ޑީއޯ ސައްޕެ) ނިންމަވައިފި އެވެ.

04 ޑިސެމްބަރ

December 04, 2018 76
އިއްތިހާދު ދަމަހައްޓަންޖެހޭ، ސަރުކާރު ނުވެއްޓޭނެ:ނަޝީދު

ސަރުކާރު ވެއްޓޭ ގޮތާއި އެކަމުގެ ހިތި އަސަރު އިހްސާސް ކުރެއްވިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ...

December 04, 2018 2
ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ތައްޔާރުކުރި ބިލް ރައްޔިތުންގެ...

03 ޑިސެމްބަރ

December 03, 2018 109
އަސާސީ ގަވާއިދު ބުނާ ގޮތުން ނަޝީދަކަށް ބާރެއް ނެތް!

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިހާރު އެ ޕާޓީގެ އެންމެ އިސް ވެރިޔަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަމަވެސް، ޕާޓީގައި އިސް ރޯލެއް ކުޅުއްވާ ތަން އަދިވެސް ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

02 ޑިސެމްބަރ

December 02, 2018 105
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި

"އަޅުގަނޑުމެން މި އުފައްދަނީ ގައުމީ ރައްޔިތުންގެ ސަރުކާރެއް. މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން. މިއީ މިއަދު މި ގައުމަށް ބޭނުންވެފައި އޮތް ގޮތް،" ހަތަރު ލީޑަރުން "އެއް ގަލަކަށް" އެރުވުމުގެ މަޝްވަރާތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރ. ހުޅުދުއްފާރުގައި ވިދާޅުވި އެވެ.

01 ޑިސެމްބަރ

December 01, 2018 82
އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަކުރަން

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 61 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީން މިހާރު ބޭނުންވެ، އެކަން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހެޅި ނަމަވެސް، މީގެ ކުރިން އެ ޕާޓީން އެއްބަސްވެ ސޮއިކޮށްފައި އޮތީ 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.