24 ސެޕްޓެމްބަރ

September 24, 2019 2
ރައީސް، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރް މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

12 ޖޫން

June 12, 2019 9
ދިވެހި ކްރިކެޓަށް ސަޗިން ހެޔޮއެދުންތައް ފޮނުވައިފި

ދުނިޔޭގެ ކްރިކެޓް ޗާޓުން ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ބުނެފި އެވެ.

09 ޖޫން

June 09, 2019 18
މޯދީ އަށް ހަދިޔާކުރެއްވި ގުޅިން ފަންނުވެރިޔާ އުފަލުން

ގަލުގައި ދިވެހި ޒަމާންވީ ކުރެހުންތައް ކަނޑައިނެގުމުގެ މަސައްކަތްކުރާ، މުހައްމަދު އިމްރާނުގެ އުފެއްދުންތައް އަބަދުވެސް ރައީސް އޮފީހުގައި ހުރެ އެވެ. އެއީ ހަދިޔާގެ ގޮތުގައި ބޭރުގެ އިއްޒަތްތެރިންނަށް އެރުވުމަށެވެ. އިއްޔެ ރާއްޖެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހަދިޔާގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު...

08 ޖޫން

June 08, 2019 18
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ...

June 08, 2019 25
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"

ރާއްޖެ ދެމިއޮންނާނީ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމުގެ ޔަގީން ކަން ދެއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމާއި...

06 ޖޫން

June 06, 2019 14
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް

އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ. އެކަމަކު، އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

June 06, 2019 37
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 26 މިލިއަން ޑޮލަރުގެ ދެ މަޝްރޫއު އިފްތިތާހު ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓްރީން...

June 06, 2019 85
މޯދީގެ ދަތުރުގައި ގިނަ އެއްބަސްވުންތަކުގައި ސޮއިކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރުދުވަހު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ ގިނަ...

24 މެއި

May 24, 2019 7
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.

23 މެއި

May 23, 2019 6
މޯދީ ހޯއްދެވި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މަރުހަބާ ދަންނަވައިފި އެވެ.

08 އެޕްރީލް

April 08, 2019 19
އެމްޑީޕީގެ ކާމިޔާބީއަށް އިންޑިއާ އިން މަރުހަބާ ކިޔައިފި

މަޖިލިސް އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019 19
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2018 10
ރާއްޖެ-އިންޑިއާ ގުޅުމަށް އެމެރިކާއިން މަރުހަބާކިޔައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅާ އެކު، ރާއްޖެ-އިންޑިއާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ވެފައި ވާތީ އެމެރިކާ އިން އިންޑިއާއަށް މަރުހަބާ ކިޔައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 7
ކުރިއަށް އޮތް 4-5 މަހުގައި ބަޖެޓަށް ދައްޗެއް ނެތް

ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިން 200 މިލިއަން ޑޮލަރާ އެކު، ކުރިއަށް އޮތް 4-5 މަސް ދުވަހު އެއްވެސް ދައްޗެއް ނެތި ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 20
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2018 23
ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

14 ޑިސެމްބަރ

December 14, 2018 62
ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރައްވާ ވިސާ އެއްބަސްވުމަކީ، ވިސާއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ލުއިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2018 20
ރައީސް، އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

24 ނޮވެމްބަރ

November 24, 2018 78
މޯދީ ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން: ޚަލީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ގަޑިއިރަށް ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 21
ރާއްޖެ-އިންޑިއާގެ ގުޅުމަކީ މައްސަލައެއް ނޫން: ޗައިނާ

ރާއްޖެއިން އިންޑިއާއާ ގުޅުން ބަދަހިކުރުމަކީ ޗައިނާއާ ދެކޮޅުވެރިވުން ނޫން ކަމަށާއި އެ ގުޅުމަކީ މައްސަލައެއް ނޫން ކަމަށް ޗައިނާ އިން ބުނެފި އެވެ.

16 ނޮވެމްބަރ

November 16, 2018 64
ރަސްމިއްޔާތަށް ބައެއް މަގުތަކާއި ބްރިޖް ބަންދު ކުރަނީ

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު ބައެއް ވަގުތުތަކުގައި ބަންދު ކުރަން ނިންމައިފި އެވެ.