29 އޯގަސްޓް

August 29, 2020 33
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު

މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާާޅުވީ އެމަނިކުފާނަށް އެކަމުން އަސަރުކޮށްގެން ކަމަށް ބުނެ އިދިކޮޅު ހަރަކާތުން މިއަދު...

August 29, 2020 80
އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިވަގުތު ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު އެއްވެ މުޒާހަރާ ނުކުރާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާ މެދު ރައީސް އިބްރާހީމް...

28 އޯގަސްޓް

August 28, 2020 37
ހަޒާނާ ހުސްވިޔަސް ފައިދާއެއް ނުކުރި: ޑރ. ވަހީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރި ޚަރަދުތަކާއެކު، ދައުލަތުގެ ހަޒާނާ ހުސްވިޔަސް އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ވަހީދު މި ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2020 66
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު

މަހަކު އެއް ބިލިއަން ރުފިޔާ ޗާޕުކޮށްގެން މި ސަރުކާރު ހިފަހައްޓަން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފައިސާ ދޫކުރުމަކީ ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2020 33
ޕާޓީތަކުގެ މަޝްވަރާއަށް ތައްޔާރު: އިދިކޮޅު ކޯލިޝަން

ގައުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތައްޔާރު ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

28 ޖުލައި

July 28, 2020 70
3 މަސް ވީއިރު ވެސް ރައީސް ބައްދަލެއް ނުކުރި: އަދުރޭ

ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް، އެ މަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން އެދިފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2020 17
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު

މި އަހަރުގެ މިނިވަން ދުވަހުގެ ހިތާބުގައި، ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

24 ޖޫން

June 24, 2020 50
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ޖާގަ ކުޑަ ކަމަށް ބުނެ މި ސަރުކާރުން އޮޅުވައިލަނީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

23 މެއި

May 23, 2020 54
ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވާއިރު، މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރޭތޯ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފި އެވެ.

28 އެޕްރީލް

April 28, 2020 53
އިދިކޮޅުން ރައީސަށް: ޔާމީން ގެއަށް ބަދަލުކޮށްދީ

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު އިހުސާންތެރިވެ، އެ މަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

25 މާޗް

March 25, 2020 38
އަބްދުއްރަހީމްގެ ދެ ކޯލެއް މިސްވި: ރައީސް

އިދިިކޮޅު ފަރާތްތަކާ ވާހަކަފުޅުދައްކަވާ ކަމަށާއި އެކަމަކު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) މި ފަހުން ކުރެއްވި ދެ ކޯލެއް މިސްވެފައި އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

13 މާޗް

March 13, 2020 62
ރައީސްގެ ވާހަކަފުޅު ދެކޮޅެއް ނުޖެހޭ: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

26 ފެބުރުއަރީ

February 26, 2020 20
ރިޔާސީ ބަޔާނުގެ ޖަވާބު: ރައްޔިތުން މާޔޫސް ވެފައި!

ސަރުކާރުން ވައުދުވީ ގޮތަށް ގިނަ ސިޔާސަތުތައް ކުރިއަށް ނުދާ ކަމަށާއި އެކަމާ ރައްޔިތުން ތިބީ މާޔޫސް ވެފައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރަށް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުން ދިން ޖަވާބުގައި ބުނެފި އެވެ.

03 ފެބުރުއަރީ

February 03, 2020 16
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

09 ޖެނުއަރީ

January 09, 2020 123
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.

11 ޑިސެމްބަރ

December 11, 2019 28
ރައީސާ އެކު ކުރި މަޝްވަރާތައް ސިއްރެއްގެ ގޮތުގައި!

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަޝްވަރާތައް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.

18 މެއި

May 18, 2019 94
އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކީ ސިޔާސީ ވާހަކަ!

އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް އަލީ އާރިފް، އަދި ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭސީސީގެ ތަހުގީގުގައި ދެ ބޭފުޅުން...

13 މެއި

May 13, 2019 60
ސިޔާސީ ފިކުރަށް ބަލައިގެން ކަނޑައެއް ނުލަން:ތަރުޖަމާން

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

18 މާޗް

March 18, 2019 16
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި

ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

16 މާޗް

March 16, 2019 131
ގާސިމްގެ ނިންމުމަކީ ރައީސަށް އަރުވާ ހަދިޔާއެއް: އަމީން

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ގާސިމް އަރުވާ ހަދިޔާއެއް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ...

10 މާޗް

March 10, 2019 24
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.