07 ސެޕްޓެމްބަރ

September 07, 2020 17
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން، ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު ގޮވައިލި މައްސަލައިގެ ތަހުގީގު ފުލުހުން ކުރާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން އެ ޗެނަލުން މިވަގުތަށް އުޒުރުވެރި ވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2020 12
ރައީސަށް ގެއްލުންދޭން ބުނި މީހާގެ ބަންދަށް 15 ދުވަސް

ޓީވީ ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެއްލުންދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

September 06, 2020 50
ރައީސަށް ގެއްލުންދޭން ބުނި މީހާ ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދޭން ޓީވީ ޕްރޮގްރާމެއްގައި ގޮވާލި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

04 ސެޕްޓެމްބަރ

September 04, 2020 48
ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ބަލަނީ

ޗެނަލް-13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

30 އޯގަސްޓް

August 30, 2020 105
ވަހީދު ޕޮލިހަށް ހާޒިރުކުރުމުން ފާޑުވިދާޅުވީ ރައީސަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމާ ގުޅިގެން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2020 22
ހެލްތުގެ އޮޑިޓުގެ މައްސަލަ ފުލުހުން/އޭސީސީން ބަލަނީ

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތުތަކުގެ ތެރެއިން ފާހަގަވި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް މިއަދު އަންގަވައިފި އެވެ.

09 އޯގަސްޓް

August 09, 2020 34
"ރިލްވާން މައްސަލައިގައި ކުރެވެން ހުރިކަމެއް ކުރިން"

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް އޭރު ވެސް އޮންނާނީ ކޮށްފައި ކަމަށް، އެ ހާދިސާ ހިނގި އިރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2020 100
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަން ހޯއްދެވީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރައިލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށް ބުނެ ރިލްވާންގެ އާއިލާ އިން މި ސަރުކާރަށް މިއަދު ފާޑުކިޔައިފި އެވެ.

20 ޖުލައި

July 20, 2020 54
މިއީ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް: އަލީ ވަހީދު

އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށާއި އިންސާފުވެރި ތަހުގީގެއްގައި، ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2020 14
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް

ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

12 ޖުލައި

July 12, 2020 16
ތުހުމަތުތަކެއްކޮށް ޓޫރިޒަމްގެ މުވައްޒަފަކު އިސްތިއުފާދީފި

ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވާ ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ސިވިލް ސާވިސް...

July 12, 2020 7
ޖިންސީ ގޯނާގެ ތުހުމަތުވާ މީހުން ވަކިކުރަން ގޮވާލައިފި

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި މިއަދު...

09 ޖުލައި

July 09, 2020 77
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.

06 ޖުލައި

July 06, 2020 3
"ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއް ނޫން"

ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މިހާރަށް ވުރެ ވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ފުލުހުން ހެދުން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2020 7
އިންސާފުގެ ފެށުން ގުޅެނީ ފުލުހުންގެ ޚިދުމަތާ: ރައީސް

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވަނީ އަދުލް އިންސާފު ގާއިމުކުރަން ކަމަށާއި އެކަމުގެ ފެށުން ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

July 05, 2020 11
އަވަހަށް ހަގީގަތް ހާމަނުކުރާނަމަ ވާނީ ބަދުނާމު: ރައީސް

ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަ ނުކުރާ ނަމަ އޭގެ ބަދުނާމު އެޅޭނީ ފުލުހުންނާއި ސަރުކާރުގެ ބޮލުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

July 05, 2020 4
ރައީސް ފުލުހުންނަށް: ކުޑަކުދިންގެ މައްސަލައަށް ސަމާލުވޭ

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި...

23 ޖޫން

June 23, 2020 30
ފުލުހުންގެ އަގު ވައްޓާލުމަކީ އިސްލާހެއް ނޫން: ރައީސް

ފުލުހުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާހު ކުރަން ކުރާ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2020 4
ކޮވިޑް-19: ފުލުހުންގެ ދައުރު މުހިންމު: ރައީސް

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަނީ ވަރަށް މުހިންމު އެކަމަކު ނުރައްކާތެރި މަސައްކަތްތަކެއް ކަމަށް ރައީސް...

March 29, 2020 21
ފުލުހުންނަކީ އިތުބާރު އޮތް ބަޔަކަށް ހަދާނަން: ރައީސް

ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ...

17 ފެބުރުއަރީ

February 17, 2020 28
ރައީސްގެ ކާރުކޮޅަށް އެޅުނީ ގަހަށް ޖެހި ފެން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުން އިފްތިތާހު ކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް، އެމަނިކުފާނުގެ ކާރުކޮޅަށް ބަޔަކު ގަސްދުގައި ފެން ޖެހީ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2020 59
ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލައިފި

މަގުމަތީގައި މަޑުކޮށްގެން އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް އިމާރާތަކުން ފެން އެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

18 ޖެނުއަރީ

January 18, 2020 34
ރޭޕް މައްސަލަ ރަނގަޅަށް ބަލަން ރައީސް އެދިވަޑައިގެންފި

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަށްވި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގެންފި އެވެ.

27 ނޮވެމްބަރ

November 27, 2019 9
ކުޑަކުއްޖާ އަށް އަނިޔާކުރި މައްސަލަ ބަލަން ޓާސްކްފޯހެއް

ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ އާއި ދީނީގޮތުން ހަރުކަށި ވިސްނުންތަކުގެ ތެރެއިން ފެންމަތިވި ކަންކަން ބެލުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސް...

November 27, 2019 35
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައި ގެނައި އިސްލާހު އެއްކޮށް...

17 ނޮވެމްބަރ

November 17, 2019 31
ސަރުކާރަށް އެއް އަހަރު، 100 ދޭން ޖެހޭ ތިން ކަމެއް

ރައީސް ކަމަށް އިބްރާހިމް މުހަންމަދު ސޯލިހު ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަރަށް ގިނަ ކަންތައްތަކަކަށް ވައުދުވެ ވަޑައިގަތެވެ. އޭގެ ތެރެއިން އެމަނިކުފާނު ކޮންމެހެން ވެސް ކުރައްވަން ފަހަށް ޖެހިވަޑައިނުގަތް އެއް ކަމަކީ ނޫސްވެރިކަމުގެ މިނިވަން ކަމެވެ. މިނިވަން ޖުޑީޝަރީއެއް އުފެއްދުމާއި ޒުވާނުންގެ ފަރާތުން ހިނގާ ނޭދެވޭ...