13 ނޮވެމްބަރ

November 13, 2019 18
ސިޔާސީ މަގާމްތައް ގިނައެއް ނުވާނެ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތައް ގިނަ ނުވާނެ ކަަމަަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2019 1
ހާއްސަ އިނާމު 39 ފަރާތަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު މި އަހަރު 39 ފަރާތަކަށް ދޭން ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

31 އޮކްޓޯބަރ

October 31, 2019 8
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކޮށްފި

ހުސެއިން ފިޔާޒް މޫސާ، އިންފޮމޭޝަން ކޮމިޝަނަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019
ގައުމީ އިނާމު މިއަހަރު 26 ބޭފުޅަކަށް

މި އަހަރުގެ ގައުމީ އިނާމު 26 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

21 އޮކްޓޯބަރ

October 21, 2019 39
އޭސީސީން ސުވާލުކުރާތީ މިނިސްޓަރު ސަމީރު ޝަކުވާކުރެއްވި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގުޅުއްވައި ނުރުހުން ފާޅުކުރެއްވި ކަމަށް އެ ކޮމިޝަނުގެ އާ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2019 30
އިންޓަނެޓްގެ އަގު މި އަހަރު ހެެޔޮކުރަން ޕްލޭނަކު ނެތް

ސަރުކާރުގެ އެކްޝަން ޕްްލޭނުގައި އިންޓަނެޓް އަގު ހެޔޮކުރުމުގެ މަސައްކަތް މި އަހަރަށް ކަނޑައަޅާފައި ނެތުމުން، އެކަން މި އަހަރުގެ ތެރޭގައި ނުވާނެ ކަމަށް ބެލެވެން ފަށައިިފި އެވެ. އެކަމަކު ރައީސް އޮފީހުން ބުނީ އެކަމާ ބެހޭ ގޮތުން ޓެލެކޮމް ކުންފުނިތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ކުރާ މަޝްވަރާތައް އަދިވެސް ނުނިމޭ ކަމަށެވެ.

08 އޮކްޓޯބަރ

October 08, 2019 20
ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް ރައީސަށް

އިސްލާމްދީނަށް ފުރައްސާރަކޮށް ފާޅުގައި ގިނަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.

06 އޮކްޓޯބަރ

October 06, 2019 5
ބޮޑުފޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް

އަސާސީ ޚިދުމަތްތައް ނުލިބި އއ. ބޮޑުފޮޅުދޫ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، ކައުންސިލުން ހިއްސާކޮށް ހައްލު ހޯދައިދޭން މިއަދު އެދެފި އެވެ.

03 އޮކްޓޯބަރ

October 03, 2019 41
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ބާރު އޮތީ ރައީސްއޮފީހަށް

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2019 31
ބިރު ތަޖުރިބާ ކުރެވިއްޖެ، ހަރުކަށި ފިކުރު ހުއްޓުވައިދީ

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލަ އިން ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ވިދާޅުވެ ދެއްވައި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުތަކުން މަސައްކަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ގޮވާލައްވައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2019 61
ކެމިކަލް ގުދަންތައް ބަދަލުކުރަން ރައީސް އަންގަވައިފި

މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް، މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 52
ބިދޭސީންގެ މައްސަލާގައި އަހަރު ދުވަހުން ނަތީޖާ ފެންނާނެ: ރައީސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން ލިބެން ޖެހޭ އަދަދު ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއް ސަރުކާރަށް ލިބެން ޖެހޭ ކަމަށާއި އެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2019 6
ރައީސް، މީދު އާއި އަލިފުއްޓަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރ. މީދު އާއި އަލިފުއްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2019 26
ތަހުގީގާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ: ރައީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

05 ސެޕްޓެމްބަރ

September 05, 2019 4
ރައީސް، މިލަދު އާއި ކުޑަފަރީ އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. މިލަދު އާއ ކުޑަފަރީ އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ވަޑައިގެންފި އެވެ.

02 ސެޕްޓެމްބަރ

September 02, 2019 2
އިންޑިއާ ކަނޑުގެ ރައްކާތެރިކަން މުހިއްމު: ރައީސް

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖެ އާއި ސްރީ ލަންކާގެ ތަރައްގީ އާއި ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2019 7
ރައީސާ ބައްދަލުވުން: ދަރިވަރުންގެ އުއްމީދު ހަގީގަތަކަށް

މިދިޔަ ހަފުތާގައި މާފަންނު މަދަރުސާގައި ގައުމިއްޔަތު ކިޔަވައިދިނުމަށް ފަހު ދަރިވަރުންގެ ގާތު ޓީޗަރު އަހާލީ ބައްދަލުކުރަން އެންމެ ބޭނުންވާ މީހަކީ ކާކުތޯ އެވެ. ހުރިހާ ދަރިވަރުންގެ ޖަވާބަކަށް ވެސް ވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

20 އޯގަސްޓް

August 20, 2019 17
ރައީސާ ދެކޮޅަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުން އަދި ނުދާ ކަމަށް އެ ކޮމިޝަނުން މިއަދު...

18 އޯގަސްޓް

August 18, 2019 46
ރައީސަށް ފައިސާ ދިން ވާހަކައަކީ ދޮގެއް: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2019 1
މުގްރިނީ، ރައީސްއާ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް ފެޑްރިކާ މުގްރިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.