08 އެޕްރީލް

April 08, 2019 30
އިސްލާމީ މަރުކަޒުގެ އިމާމުކަން ޝެއިޚް ނަސްރުﷲ އަލީއަށް

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް، ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

24 މާޗް

March 24, 2019 68
100 ދުވަސް ވާނީ އެޕްރީލް 12 ގައި: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 12 އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

21 މާޗް

March 21, 2019 26
ނުހައްގުން ވަޒީފާ އިން ވަކިކުރިކަމުގެ 800 ޝަކުވާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމުގައި، ނުހައްގުން ވަޒީފާ އިން ވަކިކުރި ކަމުގެ 800 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

19 މާޗް

March 19, 2019 1
ތިމާވެއްޓާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވާން ނިންމައިފި

ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.

12 މާޗް

March 12, 2019 23
"ކޯލިޝަން ސަރުކާރަށް އެމްއާރްއެމް އެއްބާރުލުން ދޭނެ"

ކޯލިޝަން ސަރުކާރު ދަމަހައްޓަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެއްބާރުލުން ދޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2019 25
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2019 12
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާ އިިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

28 ޖެނުއަރީ

January 28, 2019 67
ކޮމިޓީތަކުގެ މެމްބަރުންނަށް ދެނީ އެލަވަންސާއި ސެކިއުރިޓީ

ސަރުކާރާ ގުޅޭ ތަފާތު މަސްއޫލިއްޔަތުތައް ހަވާލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނާއި ކޮމިޓީތަކުގެ މެމްބަރުންނަށް ސަރުކާރުން ދެނީ އެލަވަންސާއި ސެކިއުރިޓީ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2019 42
ރައީސަށް ލަފާ އަރުވާ ކޮމެޓީއެއް އެކުލަވާލައިފި

ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި އެތަނަށް މިއަދު މެންބަރުން އައްޔަން...

January 24, 2019 105
މިއީ ރިޔާސީތޯ ނުވަތަ ބަރުލަމާނީތޯ ސާފެއް ނޫން: ރައީސް

ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފު ނުވާ ކަމަށާއި ނިޒާމް ސާފުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް...

23 ޖެނުއަރީ

January 23, 2019 4
ރިޔާސީ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

14 ޖެނުއަރީ

January 14, 2019 14
ގައުމީ އަދި ހާއްސަ އިނާމު ވަކިން ދޭން ލަފާދެއްވައިފި

ގައުމަށް އަގުހުރި ހިދުމަތްކުރާ ފަރާތްތަކަށް ދެއްވާ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު ދެ ރަސްމިއްޔާތެއްގައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިނާމާ ބެހޭ ކޮމެޓީއަށް އިއްޔެ ލަފާދެއްވައިފި އެވެ.

06 ޖެނުއަރީ

January 06, 2019 1
ހައްޔަރީންގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަގުސަދުގައި ބަންދުކޮށް، އެކި ފިޔަވަޅުތައް އަޅައިފައިވާ ފަރާތްތަކާއި، ހުކުމްތައް ކޮށްފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިތުރުކުރައްވައިފި އެވެ.

03 ޖެނުއަރީ

January 03, 2019 17
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު...

January 03, 2019 59
56 ވައުދު ފުއްދައިފި، ނުނިމެނީ 11 ވައުދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި ޖުމްލަ 67 ވައުދުގެ ތެރެއިން 56 ވައުދު ފުއްދާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު...

24 ޑިސެމްބަރ

December 24, 2018 21
މިނިސްޓަރުންގެ ނައިބުންނަށް އަށް ބޭފުޅަކު ހަމަޖައްސައިފި

މިނިސްޓަރުންގެ ނައިބުންގެ މަގާމަށް އަށް ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ އައްޔަން ކުރައްވައިފި އެވެ.

23 ޑިސެމްބަރ

December 23, 2018 16
ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފި

ދެ މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

December 23, 2018 20
ރައީސް އެދިގެން އަދަބު ލުއިކޮށްދޭ ގަވާއިދު އުވާލައިފި

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކުރުމުގައި އަމަލު ކުރަމުން އައި ގަވާއިދު އުވާލައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 32
އިންޑިޔާގެ އެހީއަކުން ގައުމު ދަރަންޏެއް ނުވާނެ: ރައީސް

އިންޑިޔާއިން ރާއްޖެ އަށް ދޭ 1.4 ބިލިއަން ޑޮލަރުގެ އެހީއަކީ، ގައުމު އިތުރަށް ދަރަނިވެރިވާނެ އެއްޗެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2018 32
ތިން ސްޓޭޓް މިނިސްޓަރުން ހަމަޖައްސައިފި

ތިން މިނިސްޓްރީއަކަށް އިތުރު ތިން ސްޓޭޓް މިނިސްޓަރުންނާއި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައިޝަތު މުހަންމަދު ދީދީ މިރޭ އައްޔަން ކުރައްވައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 23
ބިމާ ގުޅޭ ކަންކަމުގެ ބާރު ކައުންސިލްތަކަށް ދެނީ

ބިންތަކާއި ފަޅުތަކާ ގުޅޭ ކަންކަމުގެ ބާރުތައް ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 21
ރައީސް އޮފީހުގެ މިނިސްޓަރަކަށް ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ދެން އައްޔަން ކުރައްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 8
ސީއެސްސީ އަށް އާމިރާ އައްޔަން ކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ މިއަދު އައްޔަން ކުރައްވައިފި އެވެ.